އިހްތިރާމުކުރުންމީ، މިހާރު އަހަރުމެންގެތެރޭގައި ވަރަށް ބޮޑަށް ނެތި ގޮސްފައިވާ ކަމެކެވެ. އިޙްތަރާމް އަދާކުރުމަކީ،
އަނެކާ ލަދުގަންނާނެ ފަދަ ކަމެއް ނުވަތަ އެހެން މީހުންގެ ކުރިމަތީގައި އަނެކާގެ ޤަދަރު ކުޑަވެދާފަދަ ކަމެއް ތިމާ ނުކުރުމެވެ. އަދި އިޙްތިރާމު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތަކެއް ކުރުމެވެ. އިޙްތިރާމްއަދާކުރުމަކީ، ތަޙްޛީބުވެފައިވާ އެންމެންގެ ކިބައިގައި ހުންނަންޖެހޭނެ މާތް ސިފައެކެވެ. އިޙްތިރާމް އަދާކުރުމުގެ ގޮތުން ކުރެވިދާނެ ވަރަށްގިނަ ކަންތައްތަކެއް ހުރެއެވެ. އަހަރެމެންގެ މާތްވެގެންވާ އިސްލާމްދީނުގައި އިންސާނާގެ ކަރާމަތާއި އިޙްތިރާމު ދެމެހެއްޓުމަށްޓަކައި ޢަމަލުކުރަންޖެހޭ ގޮތްތަކެއް އަންގަވައިފައިވެއެވެ. މި ސިލްސިލާ އޭނާ ދުނިޔޭގައި ހުންނަ ދުވަސްވަރުން ފެށިގެން މަރުވެ ފަސްދާނުލެވުމަށް ދާންދެން ދެމިއޮވެއެވެ. އިންސާނެއްގެ ޙަޔާތުގައި އޭނާއަށް އިޙްތިރާމު އަދާކުރުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންތައްތައް:

- ސަލާމް ކުރުމާއި، ސަލާމް ބަލައިގަތުން
- ދަޢުވަތެއް ދީފިނަމަ ޢިޖާބަދިނުން
- ނެތިނުބައި ނުމޮށުން، ނުވަތަ މީހާ ނެތްތަނުގައިވެސް އޭނާ ނިކަމެތިކޮށްނުލުން
- ޢަބުރު ދިފާޢުކުރުން
- ޢައިބު ފާޅުނުކުރުން
- ތިމާ އެހެން މީހުންގެތެރޭގައި ނޭފަތް، ނުވަތަ ކަންފަތް، ނުވަތަ އަނގަޔަށް އިނގިލިލުންފަދަ ހަޑިހުތުރު އާދަތަކުން ދުރުހެލިވުން
- ބައްދަލުވެއްޖެނަމަ ވާހަކަދައްކައި، ޙާލު އަޙްވާލު އަހައިލުން
- ތިމާއަށްވުރެ ބޮޑެތިމީހުންގެ މަޖިލިސްތަކުގައި ކަންކަމުގައި ތިމާ އިސްނުނެގުން(ދެކެވޭ ވާހަކައެއްގައި ބައިވެރިވާ މީހެއްގެ ހައިސިއްޔަތުން ޚިޔާލެއް ފާޅުކޮށް، ތިމާއަށް ފެންނަ ލަފައެއްދިނުން މީގެތެރެއަކު ނުހިމެނޭނެއެވެ.)
- މަޖިލިސްތަކުގައި ތިމާއަށްވުރެ ބޮޑެތި މީހުންނަށްވުރެ މަޑުން ވާހަކަދެއްކުން
- ތިމާއަށްވުރެ ބޮޑެތި މީހުންނަށް ތަންދިނުން
- ތިމާއުޅޭ ތާކަށް މީހަކު އަތުވެއްޖެނަމަ ރީތިކޮށް ވާހަކަދައްކައި، އިށީންނާނެތަނެއް ދައްކައި، މަރުޙަބާކިޔުން
- ތިމާއަށްވުރެ ބޮޑުމީހެއްގެ އޮފީހަށް ނުވަތަ ގެއަށް ގޮސް އިށީންނާނެ ތަނެއް ނުދައްކަނީސް، ތިމާ ހިތުހުރި ތަނެއްގައި ނުއިށީނުން
- މަޤާމުގެ ގޮތުން ތިމާ މަތިކަމުގައި ވީނަމަވެސް ތިމާގެ މައިންބަފައިން، އުސްތާޛުން ފަދަ މީސްމީހުންނާ މުޢާމަލާތުކުރާއިރު، ތިމާއަކީ އެމީހުންނަށް ވުރެ މަތީ މީހަކުކަމުގައި ހީކުރެވޭ ގޮތަށް ކަންތައް ނުބެހެއްޓުން
- ތިމާގެ ގާތަށް މީހަކު ކަމަކު ނުވަތަ އެހީއަކަށް އެދިގެން އައިސްފިނަމަ އެކަމެއް ވެވެންއޮތް އެންމެ ރަނގަޅަކަށް ކޮށްދިނުން
- މަރުވުމަށްފަހު:
- ޖަނާޒާގައި ބައިވެރިވުން
- ތަޢުރީފްގެ ބަސްބުނުން
- ހެޔޮ ދުޢާކުރުން

މިފަދަ ކަންތައް ކުރުމަކީ، އެހެންމީހުންގެ ކުރިމަތީގައި ތިމާގެ ޤަދަރު އުފުލި އެހެންމީހުން ތިމާއަށް އިޙްތިރާމުކޮށް ޤަދަރުކުރާނެ ކަންތަކެވެ. ނަމަވެސް ހިތާމަޔަކީ، އަޅުގަނޑުންމެންނަށް މިގޮތައް ކަންތައް ނުކުރެވޭތީއެވެ.

Post a Comment