![]() |
| ކުރީގެ މަންޒަރެއް ދަކުވަިދޭ ފޮޓޯއެއް: އިސްދޫ ލައިވް. ކޮމް |
މި ވާހަކައަކީ، ދިވެހިބަހުގެ މަޝްހޫރު އުސްތާޛު ހ. އާމުލީގޭ އަލްފާޟިލް ޢަބްދުﷲ ޞާދިޤް ލިޔުއްވާ 2009 ވަނަ އަހަރު ޗާޕްކޮށްގެން ނެރެފައިވާ ވާހަކައެކެވެ. މިއީ ރާއްޖޭގައި ހިނގާފައިވާ ޙަޤީގީ ކަންތައްތަކެއް ހިމެނޭ ވާހަކައެއްކަމަށް ބައެއްމީހުން ތުންތުންމަތިން ކިޔާއުޅެއެވެ.
ކޮންމެއަކަސް މިކަމުގައި ގޮތް ނިންމަވާނީ މިވާހަކަ ވިދާޅުވާ ބޭފުޅުންނެވެ. މިވާހަކަ ލިޔުމުގައި ބަލާފައިވާނީ ޢަބްދުﷲ ޞާދިޤް ލިޔުއްވި ގޮތަށް ޢިބާރާތްތައް ގެންނާށެވެ. މިއީ ކުރީގައި ލިޔެފައިވާ ވާހަކައަކަށްވާތީ، ބައެއް ބަސްބަސް ކުރީގެ ގޮތަށް ހުރުމުން ކިޔާމީހުންނަށް އުނދަގޫވެދާނެތީ މިވާހަކަ ދަންނަވާލީއެވެ. ވާހަކައާއިގެން ކުރިޔަށް ވަޑައިގަންނަވާށެވެ. ރައިވެރި ޢަލީގެ ޙަޔާތުގެ ކުރީކޮޅު
މަރޮށީ ދޮންޢީސާ އަޙްމަދުގެ ޢަލީއަކީ، ވަރަށް ކުޑަދުވަހުއްސުރެ، މުސްކުޅި މަޔަކު ބަލަންޖެހިފައިވާ ކުއްޖެކެވެ. ވީމާ، އޭނާއަކީ، ރުއްއަރައިގެންއުޅޭ ކުއްޖެކެވެ. އޭނާ ތަނަކުން ވައްކަމެއް ނުކުރެއެވެ. މީހަކަށް ނުދަރައެވެ. އޭނާގެ އޯގާވެރި މަންމަގެ ހަރުދަނާކަމުން ލިބޭއެތިކޮޅު ހަމަޖައްސާ ހަދަނީއެވެ. އޭނާގެ މަންމައަކީ، އެރަށު ކަޅު ޙަސަން މުޙައްމަދުގެ އާމިނައެވެ. ޢުމުރުން ވިހި އަހަރު ވީމާ ޢަލީ ގާތުގައި އޭނާގެ މަންމަ ބުނެފިއެވެ. ކަލޭ ތިޔަގެންނަ ރާފޮދު ކައްކާނެ ދަރުކޮޅުވެސް މިވަގުތު ޙާލުހުރިގޮތުން މަންމައަކަށް ނުހޯދެއެވެ. ވީމާ، ދަރިފުޅު މީހަކާ އިންނާށެވެ. މިކަމާ ޢަލީ ވަރަށް ފިކުރު ބޮޑުވެ ހިތާމަކުރަމުން ބޭރަށް ހިނގައްޖެއެވެ. މިގޮސް އެކަނި ތަނެއްގައިހުރެ ފިކުރު ކުރަނީއެވެ. "އަހަރެން މީހަކާ އިނީމާ، އަހަރެންގެ މަންމައާއި ވަކިވާންޖެހިދާނެއެވެ. މިޚިޔާލު މާބޮޑުވެފައި ހައްތާވެސް ހިތައްއަރަނީ، މީހަކާ ނުއިނުމަށެވެ. ދެން އަނެއްކާ ހިތައްއަރަނީ، މިއީ މޮޔަކަމެކެވެ. މަންމަ ބުނުއްވިކަމެއް ނުކުރީމާ މަށަކީ، ބަސްނާހާ ދަރިއަކަށް ވެދާނެއެވެ. ވީމާ، މަންމަ ބުނުއްވިކަންތައް ކުރާނީއެވެ." ހީކޮށްފައި ޢަލީ ދެކުނު އަވަށަށް ހިނގައްޖެއެވެ. ގޮސް އެއަވަށު މޫސާކޮއިގެ ސަކީނާކޮޔާ، މިވާހަކަދައްކައި، ދެމީހުން އެއްބަސްވެއްޖެއެވެ. މިސަކީނާއަކީ، މައިބަފައިން މަރުވެ، ބެލެނިވެރިއަކުނެތި،ބިކަހިނގާ ކުއްޖެކެވެ.
ދެންއައި ރަޖަބުމަހުގެ ހަތްވަނަރޭ މިދެ މިސްކީނުންގެ އައު ކައިވެނި، އެމަހުގެ ސާދަވާ ހުކުރުވިލޭރޭ ކުރުމަށް ޤަޞްދުކޮށް ނިންމައިފިއެވެ. ދެން ޢަލީ ކައިވެނިކޮށް ނިންމުމަށް މަންމައާއި ވާހަކަދައްކައި ހަމަޖައްސައިފިއެވެ.
ސާދަވީ ހުކުރުވިލޭރޭ ދެހެކީން ހޯދައި ސަކީނާގާތަށް ފޮނުވައި ރަންރުހޭބަސް ހޯދައި ވަލީއަށް ބެލިއިރުގައި ވަލީވެރިއެއް ނެތުމާއެކު، ދިހައެއްޖެހިމާ ނައިބު ގެޔަށްގޮސް ވަލީނެތް ކައިވެނީގެ ވަލީ އޮންނަންވީ ފަރާތުން ވަލީހޯދައިގެން މިކައިވެނި ކޮށްފިއެވެ. ދެން ނައިބުގެއިން އައިސްފައި ކައިވެނި ބަތުގެކަންތައް ޢަލީއަށް ލިބިފައިހުރި މިންވަރުން އަވަށްތެރީންނާއި ރައްޓެހީންނަށްދީ ނިންމައިފިއެވެ. ހުކުރުދުވަހުގެ ފަސްވަނަ ސާޢަތުގައި، ސަކީނާކޮއި ގެއަށް ގެނެސްފިއެވެ. ގެޔަށް ގެނެވުމާ އެކުގައި، ތަޅުލާތަނެއް ހުރިނަމަ އެތަނެއްގެ ތަޅުގަދަނޑި ސަކީނާގެ އަތަށް ޢަލީގެ މަންމަ ދީނިންމައިފިއެވެ. ސަކީނާ މިތަޅުދަނޑީގައި ހިފައި ތަންތަން ހުޅުވައި ބަލައި އޭނާއަށް ފެންނަ ހެޔޮ ބަދަލެއް، ގެނެސް ހަމަޖައްސައި ގޭގެ ވެރިއެއްގެ ގޮތުގައި އުޅެން ފަށައިފިއެވެ. ދެދުވަހެއް ވީފަހުން ސަކީނާ، ޢަލީގެ މަންމަ ގާތުގައި ބުނަނީ، " މަންމާއެވެ. އެއްގޮތަކަށްވެސް މަންމަ ބަދިގެއަށްވަދެ އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެއެވެ. އަހަރެން ގަދަވެ ސަލާމަތުން ހުރިއްޔާ ހުރިހައި ކަމެއްވެސް ކުރާނަމެވެ. މަންމަ ދެއިރު ފެންވަރައި ސާފު ޠާހިރުވެ ނަމާދުކޮށް އަޅުކަންކޮށްލައިގެން އިންނަނިކޮށް އެވީއެވެ."(ނުނިމޭ)

Post a Comment