އުނގަންނައިދިނުމުގެ ފެންވަރު މިހާރު މިހުރި ދަރަޖައަށް ފުޅާވެ ތަރަށްޤީވީ ދާދި މިދާކަށް ދުވަހުއެވެ.
ބާރަށް ފެތުރިގަތް ސައިލެއްހެން ތަޢުލީމުދިނުން ރާއްޖޭގެ ހަތަރުބިތަށް ފެތުރިގަތީ މިޖީލުގަ އެވެ. އެދުރުގެތަކާއި މަކުތަބުތައް ކަފުންކޮށް ސުކޫލުތަކާއި، މަދުރަސާތަކާއި، މަރުކަޒުތަކާއި، ކޮލެޖުތައް ވުޖޫދަށް އައީ ނިސްބަތުން ދާދިމިދާކަށްދުވަހުއެވެ.
އެހެނެއްކަމަކު އުނގަންނައިދިނުމަކީ އިހުވެސް ކޮށް އުޅުނުކަމެކެވެ. ދިވެހީން ލޯބިކުޅަ ކަމެކެވެ.
އިހުތިބީންވެސް އެކަމަށް ޚާއްޞަ ސަމާލުކަމެއްދީގެން ކޮށްއުޅުނު ކަމެކެވެ. އޭރުގެ ފެންވަރުންނެވެ. އެ ޒަމާނާ ގުޅޭގޮތުންނެވެ. އޭރުގެ ދަރިވަރަކަށް ޒާތްޒާތުގެ ލޮޖީތަކާއި، ޒަމްތަކާއި، މިކްސްތަކަކީ، ކޮންއެއްޗެއްކަމެއް ނޭނގޭނެ އެވެ. ކޮމްޕިއުޓަރު އަދި އޭރު ނުހައްދަވަތެވެ. ކަންމިހެން އޮތަސް އިސްލާމީ ދިވެހި މުޖުތަމަޢުގައި ފަރުދެއްގެ ގޮތުންނާއި ޖަމާޢަތުގެ ބައިވެރިއެއްގެ ގޮތުން ފަތިގަނޑުފިރުކައިލެވޭވަރު ހަމަ ކޮންމެދިވެއްސަކުމެ ކުރެ އެވެ. އުނގެނުމަށްޓަކައި އޭރުގެ ފެންވަރުން ބުރަ މަސައްކަތްތަކެއްކޮށްގެންނެވެ.
މިގޮތުން މަޚުރަޖަށް ނުފެތުނަސް ފަރިތަކޮށް ޤުރުއާންކިޔަވާށާއި، ނަމާދުކުރަން އޭރުގެ ދަރިވަރުންނަށް އެނގޭނެ އެވެ. ޞަލަވާތް ފާތިޙާ ކިޔަވާށާއި، ދެ ޙަދަޘުން ތާހިރުވާން އެނގޭނެ އެވެ. ރީތި ރާގުރާގުގައި، މައުލޫދުކިޔާން ދަންނަ ބަޔަކުވެސް އުޅެތެވެ. މިއީ އެންމެ މަތީ ފަންތީގެ ޢިލްމު ލިބިފައި ތިބޭ ދަރިވަރުންކަމުގައި ބަލަމާ ހިނގާށެވެ.
ނަކަތްގެލައްވާ ނިމުމުން ޙަސަނަށްވެސް ރަށުގެ މަކުތަބަށް ވަންނަންޖެހިއްޖެ އެވެ. މުންޑުބުރިއަކާ ގަންޖުފަރާހެއް ލައިގެން ތުނި ފޮތަކާ ފަންސުރުބުރި އެއް ހިފައިގެން ގޮސް މަކުތަބަށް ވަދެއްޖެ އެވެ. އެދުރުބެ ކުރާށޭ ބުނިކަމެއް ނަމަ ލަސްވުމެއް، ފަސްޖެހުމެއްނެތި، ކުރެ އެވެ. ކަމެއް ނުކުރާށޭ ބުނެފިނަމަ އެކަމެއް ނުކުރެތެވެ. ވުމާއެކު ޙަސަނު މި ލައްވާލީ ރަނގަޅުކުދިންގެ ބައިގަ އެވެ. ބަސްއަހާކުދިންގެ ފަޅީގަ އެވެ.
ކިޔަވާހިތްވާލެއް ބޮޑުކަމުން، ނޫނީ މަކުތަބަށް ގޮސް އުނގެނުމެއް އޮތް ޝައުގެއްގެ މަތިވެރިކަމުން ތޯއްޗެކެވެ. ޖެހިގެން އައިދުވަހު މަކުތަބަށް ދާންޖެހޭ ގަޑީގެ އެއްގަޑިއިރު ކުރިން ގެފިއްޔަށް ފެންވަރަން ވަދެއްޖެ އެވެ.
ފެންވަރަންވަދެ ގިނައިރުވުމުން ޙަސަނުގެ މަންމަ ގޮވާލި އެވެ. ގަޑިޖެހެން ގާތްވެއްޖެ އެވެ. ނަމަވެސް ޖަވާބެއް ނުލިބުނެވެ. ނުވިތާކަށް ނުކުންނަގޮތެއްވެސް ނުވި އެވެ. އައިރުޅިން ލައިގެން ހުރި ލިބާހުން ދަރެއް ހިފާލުމަށްފަހު މަންމަ ހިނގައިގަތެވެ. ޙަސަނު ނެރޭށެވެ. ދަމުން އެބަ ކިޔައެވެ. ޙަސަނާ އެވެ. ތިތަނުން ނިކުންނަން އުޅޭށެވެ. ފަހެ ތިއުޅެނީ ތި ތަނުގައި އަލުން ވަޅެއް ބަހައްޓަންހެއްޔެވެ؟ ނޫންނަމަ މިހާރު ހުރި ވަޅު ތަޅާ ތިރިކުރަން ހެއްޔެވެ؟ ނުކުންނާށެވެ. ހަމަ މިހާރު ނުކުންނާށެވެ! މި ގޮވެލިފައްޗެއްގޮވަމުން ހުރެ ގިފިއްޔަށް ވަންނަ ދޮރު ކައިރިއަށް ލެފިލި އެވެ.
ދޮރާ ހަމަވިއިރަށް ދޮރުގައި އެއްޗަކުން ޖެހި އަޑު އިވިއްޖެ އެވެ. އަޑާއެކު ދެންފެނުނީ ދޮރު ހުޅުވުނު ތަނެވެ. އޭރު ޙަސަނު ދުވެފައި ވަޅާދިމާއަށް ދެއެވެ. ދާނި ހިފައިގެންނެވެ. ދުވެފައިގޮސް ވަޅުމަތީ ދާނި ބޭއްވުމަށްފަހު އަޅާ އިތިކޮށް ދޮރާ ދިމާއަށް އެބަ ދުއްވައިގަތެވެ. ބުޅަލު ބުޑުގައި އުނބުންޖެހީމާ ދުވާ ބީދައިންނެވެ. އެހެނަސް ދޮރާ ހަމައަށް އާދެވެންވާއިރަށް ދޮރުފަތް ލެއްޕި އިހުހުރި ގޮތަށް ރުޖޫޢަވެއްޖެ އެވެ. ދޮރު ބަހައްޓައިފައި ހުރީ އޮލަނބަކަށް ނޫނެވެ. އަރިއަށެވެ. ވުމާއެކު ޙަސަނަށް ޖެހެނީ އަނެއްކާވެސް ދާނިދަނޑިން ދޮރު ހުޅުވާށެވެ. އަދި ވަޅުމަތީ ދާނި ބޭއްވުމަށްފަހުއިހުބުނިފަދައިން ދޮރުން ނިކުމެވޭތޯ މަސައްކަތްކުރާށެވެ.
މި ސަކަރާތެއްގައި ޙަސަނު އުޅޭތަން ބަލަން މަންމަ އާގަމަ ވެފައި އެބަހުއްޓެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ލިބުނު ކުޑަހިނދުކޮޅުގައި ތަންވަޅު ބަލައިފައި ހުޝިޔާރުކަމާއެކު ގިފިލި ތެރެއަށް ދެމިގަތެވެ. ލޮނދި ހިކައެއް ހެންނެވެ. މަންމަ ވަނުމުން ޙަސަނުގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ޖަހަމުން އައި ރޭސް މެދުކަނޑާލުމަށްފަހު ހުއްޓިއްޖެ އެވެ. އަދި ރުންކުރު ގޮތަކަށް އެބަބުނެ އެވެ. މިހާރު އެއޮއް ގަޑިޖެހެނީ އެވެ. މި އަދު ޤުރުއާން ވެސް އޮންނާނެ އެވެ. މިއުޅެނީ ވުޟޫގެއްލުވާ ނުލައި މި ގިފިލި ތެރެއިން ނުނިކުމެވިގެންނެވެ. ވުޟޫ މިއަކީ ހާދަ ފަސޭހައިން ގެއްލޭ އެއްޗެކެވެ. ނާފަހެ ވުޟޫއަކާ ދެ ދޮރަކާ އޮތީ ކޮން ގުޅުމެއްހެއްޔެވެ؟ އެކަމަކު އެދުރުބެ ބުނާގޮތުން ދެ ދޮރުންކުރެ ދޮރެއްގައި އަތްލައިފިނަމަ އެ ވުޟޫގެއްލުނީ އެވެ. ތަޢުލީމުއްދިޔާނާ ފޮތުގައިވެސް އެހެން އެބައޮތެވެ. އެކަމަކު މިގޭގައި މިހުންނަނީ އެންމެ ދެ ދޮރެވެ. އެ ދެދޮރުގައި އަތްނުލައި އުޅެވޭނެ ހެއްޔެވެ؟ ބަލަން ނުހުރެ އެ ދޮރުފަތް ހުޅުވައިގެން އަހުރެން މިތަނުން ނެރެދެން އުޅޭށެވެ. ނޫންނަމަ ގަޑިޖެހިދާނެ އެވެ.
ދަރިފުޅު މިކުރާ މަސައްކަތުގެ ޙަޤީޤަތް މޭރުންވުމުން މަންމަ ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ. އެކަމަކު ކޮށްފާނެ ސުވާލުތަކުގެ ފުންކަމަށްޓަކައި ތައްބައްދައިގެން ހުރެ ދޮރުހުޅުވައިދިނެވެ. ރަނގަޅަށް އޮޅިފައިވާ ބަރަންޏެއްފަދައިން ދަރިފުޅަށް އަރާފައިވާ އޮޅުންގަނޑު ފިލުވައިދޭނޭ ޙިކުމަތެއް ތަދުބީރުވޭތޯ ބޯ ގާނަން ފެއްޓި އެވެ.

Post a Comment