 |
| ފޮޓޯ: މުޙައްމަދު ފަޒީލް، ލ. މާބައިދޫ |
ލ. މާބައިދޫ ކައުންސިލްގެ ރައީސް ދިރިއުޅުއްވާގެ، ލ. މާބައިދޫ ބުލޫހައުސް ގެއަށް ބަޔަކުވަދެ ކައުންސިލްގެ ރައީސްގެ ސައިކަލަށް ބޮޑެތި ގެއްލުންތަކެއްދީފިއެވެ. މިދިން ގެއްލުމުގެތެރޭގައި ސައިކަލުގެ މަޑި ވަނީ ހަތަރުތަނުން ވަރަށް ބޮޑަށް ކަފާލައިފައެވެ. މިކަން ކޮށްފައިވަނީ 31 މެއި 2013 ވަނަ ދުވަހުގެރޭ ދަންވަރުގެ ވަގުތުގައިކަމަށް މިސައިޓަށް މަޢުލޫމާތުދިން އެރަށު މީހަކު ބުންޏެވެ. މިކަމުގެ އިތުރު ތަފްޞީލް ހޯދުމަށް ކައުންސިލްގެ ރައީސް އިބްރާހީމް ޝަރީފަށް ގުޅުމުން ފޯނަށް ޖަވާބުނުދެއްވާތީ ތަފްޞީލް ލިބޭގޮތެއް ނުވިއެވެ. މިކަން ކުރީ ކޮން ސަބަބަކާހެދިކަމެއް، އަދި މިމައްސަލަ ފުލުހުންނަށް ހުށެހެޅިކަންވަނީ ކަށަވަރުވާގޮތް ނުވެފައެވެ. މި ޢަމަލު ހިންގީ ކޮންބަޔެއްކަންވެސް އަދި މިހާތަނަށްވަނީ ނޭނގިފައެވެ. ކައުންސިލްގެ ރައީސަކީ އެމް.ޑީ.ޕީއަށް ނިސްބަތްވާ ބޭފުޅެކެވެ. ނަމަވެސް ރަށުގެ ތަރައްޤީގެ ކަންކަމުގައި ސިޔާސީ ފިކުރު ނުގެންގުޅުއްވާކަން ފާހަގަކުރެވޭކަމަށް އެރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ. ލ. މާބައިދޫގައި ފުލުހުން ނުތިބޭކަމާއި، އެރަށުގައި ފުލުހުން ބޭތިއްބުމަށް ކައުންސިލްގެ ރައީސް ވަރަށް މަސައްކަތް ކުރާކަމަށް ރަށުގެ ޢާއްމުރައްޔިތުން ފާހަގަކުރެއެވެ.
Post a Comment