މައި ޞަފްޙާ » » ސްކޫލުން ދަސްވި އެއްޗެހި

ސްކޫލުން ދަސްވި އެއްޗެހި

Tuesday, April 23, 2013 | 12:00 AM

‏‏ގްރޭޑް ދޭއްގައިއުޅޭ ދަރިފުޅުބަލައި މަދަރުސާދޮށަށްދިޔަ މަންމައެކެވެ. ކުދިންނެރޭ ރަނގަބީލު ޖެހުމާއެކު ވަދެ ދަރިފުޅުގޮވައިގެން ނިކުމެވުނީމައި!                          
މަންމަ:  "ކޯއްޗެއްތަ ކިޔެވީ މިއަދު؟"                                 
ދަރިފުޅު: "ވަރަށް ބައިވަރު އެއްޗެހި ކިޔެވިން"                            
މަންމަ:  (ހީނލާފައި) "އެހެންދޯ! ތިހައި ބައވަރު އެއްޗެހި ކިޔެވިއްޔާ ހަނދާން ހުންނާނެބާ؟"
ދަރިފުޅު: " ލައްބަ! ހަނދާންހުންނާނެއެއްނު! އަދި އެނގޭތަ މަންމައަށް؟ އެންމެ މަޖަލީ ދިވެހި ގަޑީގައޭ"                                                  
މަންމަ: "އެހެންތަ؟ ދެން ކޮން އެއްޗިއްސެކޯ މިދަސްވީ؟ ހަމައެކަނި މަޖާކުރިޔަކަސް ކަމަކުނުދާނެއެއްނު ދޯ؟"                                          
ދަރިފުޅު: "ދަސްކުރީމޭ! އެއްކަލަ.... މަންމައަށް އެނގެއެއްނު ގިނަކުރާގޮތް؟ އަޅުގަނޑަށް ނޭނގުނީ ދަރިންހަދާގޮތް އެކަނި! އެކަމަކު މިހާރު އެނގޭ!"                     
މިއަޑު އިވިފައި ސިއްސައިގެން ގޮސް މަންމަގެ އަތުގައި އޮތް ދަބަސްވެސް ދޫނުވީ ކިރިޔާއެވެ. ވަގުތުން ހުރި ފިޔަވަޅު މައްޗަށް ހުއްޓިފައި، ނިކަން ނުރުހިފައި ދެލޯ ބޮޑުކޮށްލަމުން، "ކީކޭ؟" "ކާކު ކިޔައިދިން އެއްޗެއްތިއީ؟ އޭން؟"                                 
ދަރިފުޅު: "މުދައްރިސެއްނު! ކިހިނެއްތަވީ؟"                             
ދަރިފުޅުގެ ޖަވާބުން މަންމަގެ ރުޅިގަނޑު ހައްތާވީ ގަދައެވެ. އާނ އެހެންނަ މުދައްރިސެއްކަމަކު އެކަހަލަ ވާހަކަ ދައްކައިގެން ނުވާނެތާއެވެ. ކޮންމެއަކަށް ކުރިޔަށްވުރެ އަޑަށް ބާރުލާފައި!    
މަންމަ: "ކޮން މުދައްރިސެއްހޭ؟ ކިޔާބަލަ އެކީގޮތަށް!"                       
ދަރިފުޅު: "ކީއްވެގެންތަ މަންމަ ހާދަ ރުޅިއެއް ތިއަންނަނީ؟ މުދައްރިސް ބުނީ ދަރިން ހަދާނީ، "ދަރި" މިބަހުގެ ފަހަތަށް ނޫނު ސުކުން ލައިގެންނޯ! އޭރުން އެ ގިނަވީނު! އޭރުންކިޔާނީ "ދަރިން"ނޭ އެހެންބުނީ!"                                          
Share this article :

Post a Comment

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews