އަތޮޅުތެރެއިން މާލެގޮސް ތިބިބަޔަކަށް ދިމާވި ކަމެކެވެ. ފިރިމީހާ އޮފީހުގައި އަވަދިނެތިވެ އުޅެނިކޮށް އަނބިގޮއްޔެ ގުޅައިފިއެވެ.
އަނބިމީހާ: ފޯނަށް ކިހިނެއް ހަދައިގެންތަ ތިއުޅެނީ؟ ބައްޕަ ތިފޯނަށް، ގުޅާގުޅާ ނުގުޅިގެން ދެންމެ މަށަށް ގުޅައިފި!
ފިރިމީހާ: އާނ! ރޭންޖް ނުލިބެނީކަމަށް ތިވާނީ! ކިހިނެކޭވީ!
އަނބިމީހާ: ބައްޕަ ބުނީ ބޯޓުން ފޮނުވީމޯ ފޮށިގަނޑެއް! އޭގަ އެއްދަޅު މަދުވާނެޔޯ! އެދަޅު ދޭށޯ ބުޑުބޭބެ މެންގެއަށް!
ފިރިމީހާ: ކީކޭ؟ އެއްދަޅު މަދޭ؟ ދެނޯ؟ މަދު ދަޅެއް މަކިހިނެއްތަ ހޯދަނީ؟
އަނބިމީހާ: ފޮށިގަނޑު ގެނެސްގެން ބެލީމާ އެނގެނޭއެއްނު!
ފިރިމީހާ: ދެން އަނެއްކާ އަނެއްވާހަކަ! ފޮށިގަނޑުން މަދުދަޅެއް ކިހިނެއްހޭ ހޯދާނީ؟ ބެލިޔަސް އެނގޭނީ އެއްދަޅު މަދު ކަމެއްނު؟
އަނބިމީހާ: ރަނގަޅޭ! ބައްޕަ ބުނީ މަދު އެއްމެ ދަޅެކޭ ފޮނުވީ! އެދަޅުގެ މަތިނަގައިގެން ބެލީމަ އެނގޭނެއެއް ނޫންތަ؟
ފިރިމީހާ: އަޖައިބެއް! ނެތްދަޅެއްގެ މަތި ކިހިނެއްތަ ނަގަނީ؟
އަނބިމީހާ: ފޮށިގަނޑުގަ ވާނެއެއްނޫންތަ؟ މަށަކަށް ނޭނގެ ތިކިޔާއެއްޗެއް! ބަލައިދާންމަސައް ކަތައްތަ ތިހެން ތިކިޔަނީ؟
ފިރިމީހާ: ބަލައި ނުދާކަށް ނޫން! މަ މިކިޔާ އެއްޗަކީ.... ތިބުނީ ނޫންހޭ ބައްޕަ ގުޅާފަ ބުންޏޭ އެއްދަޅު މަދުވާނެއޭ؟ އެހެން ވީމަ ފޮށިގަނޑަކު އެދަޅެއް ނޯންނާނެއެއްނު؟
އަނބިމީހާ: މާތްކަލާނގެއާއި ވަކީލު، ބައްޕަ ބުނީ ކަނަމަދު ދަޅެއްގެ ވާހަކައޭ، ހެހެހެހެ

Post a Comment