އޮފީހަށް ހާޒިރުނުވާ ދުވަސްތަކަށާއި ގަޑިލާރި ކައުންސިލަރުންގެ މުސާރައިން އުނިކުރަން އެންގުމުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭއި)ން އެކަމާ ދެކޮޅު ހަދައިފި އެވެ.
މާލިއްޔަތު ކޮމެޓީން އެންމެ ފަހުން ފާސްކުރި މުސާރައިގެ އޮނިގަނޑުގައިވާ ގޮތުން ކައުންސިލަރުން އޮފީހަށް ނުނިކުންނަވާ ދުވަސްތަކަށާއި ގަޑިޖެހިގެން އޮފީހަށް އަންނަ ދުވަސްތަކަށް މުސާރައިން އުނިކުރެވޭނެ އެވެ.
އެ ނިންމުމާ ގުޅިގެން އެލްޖީއޭ އިން ދެކޭ ގޮތް އަންގާ މާލިއްޔަތު ކޮމެޓީ އަށް ވަނީ ސިޓީއެއް ފޮނުވައިފަ އެވެ. އެ ސިޓީ ކޮމެޓީ އަށް އިއްވަވަމުން މުގައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ އޯވަ ޓައިމްގެ ގޮތުގައި ކައުންސިލަރުންނަށް ފައިސާ ނުދޭ ނަމަ ކައުންސިލަރުންގެ މުސާރަ އިން ގަނޑިލާރި އާއި އޮފީީހަށް ނުނިކުންނަ ދުވަހަށް ފައިސާ އުނިނުކުރަން އެލްޖީއޭގެ ބޯޑުން ނިންމާފަވާ ކަމަށެވެ.
ނާޒިމް ވިދާޅުވި ގޮތުގައި ގާނޫނު އަސާސީ އާއި ގާނޫނުތަކުން ބާރު ލިބިގެން ރައްޔިތުންގެ މަޖިލީހުން ނިންމާ ކަންތައްތައް އެލްޖީއޭ އަށް "ބޮލާލާ" ޖެހިދާނެ ކަމާ މެދު ސުވާލު އުފެދެ އެވެ.
"އެހެންކަމުން މިކަމުގައި އަޅުގަނޑުމެން ގޮތްތަކެއް ނިންމަން ޖެހޭ،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންނަށް އޯވަ ޓައިމް ދިނުމަކީ ކުރާ ކަމެއް ނޫން ކަމަށެވެ. އަދި ސިޔާސީ މީހުންގެ ހުރިހާ ވަގުތެއް ވެސް އެކަމަށް ހާއްސަކޮށް ގެން ތިބޭ ބައެއް ކަމަަށާއި މުސާރަ ވެސް ކަނޑައަޅާފައި ވަނީ އެކަންކަމަށް ރިއާޔަތް ކުރުމަށް ފަހުގައި ކަމަށް ނާޒިމް ވިދާޅުވި އެވެ.
"ކޮންމެ ރަށެއްގައި ފަސް ކައުންސިލަރުން ތިއްބަވާއިރު އެބޭފުޅުންނަކީ އެހާ ބިޒީ ބޭފުޅުންނަކަށް ވެސް ނުވާނެ. އެހެންވީމާ އެބޭފުޅުންނަށް އޯވަ ޓައިމް ފައިސާއެއް އިތުރަށް ދޭކަށް އަޅުގަނޑުމެންގެ އޮނިގަނޑެއްގައި ވެސް ފާސްކޮށްފައެއް ނޯންނާނެ،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެކަން މީގެ ކުރިން ވެސް އެލްޖީއޭ އަށް ވާނީ އަންގާފަ އެވެ.
މެންބަރުންގެ ލަފާގެ މަތިން ކޮމެޓީން ނިންމީ އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބަލައި އެކަމާ މެދު ގޮތްތަކެއް ކަނޑައަޅަން އެހެން ދުވަހަކަށް އެޖެންޑާ ކުރުމަށެވެ. އަދި ސަރުކާރުގެ މާލީ ހާލަތު އޮޅުންފިލުވުމަށް ކަމާ ގުޅޭ އިދާރާތަކުގެ ބޭފުޅުން ކޮމެޓީ އަށް ހާޒިރުކުރެވޭތޯ މަސައްކަތްކުރައްވަމުން އަންނަ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

Post a Comment