މައި ޞަފްޙާ » » ހުނިރޮށި

ހުނިރޮށި

Saturday, May 11, 2013 | 8:15 PM


އެއްދުވަހަކު އަޅުގަނޑުގެ ރައްޓެއްސަކާއެކު ހޮޓަލަކަށް ވަނީމެވެ. އަދި ވޭޓަރަށް ގޮވާ ގެނައުމަށްފަހު އެތަނުން ލިބެންހުރީ ކޮންއެއްޗެއްތޯ ސުވާލުކުރަންފަށައިފީމެވެ. އެއީ ހެނދުނުގެ ވަގުތަށްވާތީ ހުނިލީ ރޮށްޓާއި، މަސްހުނި ލިބިދާނެތޯ ސުވާލުކުރުމުން                
ވޭޓަރ: މިތާ ހުނި ރޮށި ނުހުންނަނީ
ރަޙްމަތްތެރިޔާ: އެހެންވިއްޔާ ހުނިލީރޮށި ތައްޔާރުކުރެވިދާނެތަ؟
ވޭޓަރ: ހުނި ރޮށި މިތާ ނުހުންނަނީ، މިތާ ނުހަދަނީ އެވައްތަރު
ރަޙްމަތްތެރިޔާ: އެހެންވިއްޔާ އާދައިގެ ރޮށްޓާއި، މަސްހުނި ގެނޭ، އޯޑަރ ދިނުމަށްފަހު އަޅުގަނޑުމެންގެ އަމިއްލަ ވާހަކައެއްގައި ތިއްބާ ކުއްލިއަކަށް ކައިރީގައި ޖެހިގެން ހުރިމޭޒަށް ހުނިލީ ރޮށްޓާއި، މަސްހުނި ގެނައިތަން ރަޙްމަތްތެރިޔާއަށް ފެނިއްޖެއެވެ. އަވަސް އަވަހަށް ވޭޓަރަށް ގޮވާ ގެނައުމަށްފަހު ސުވާލުކުރަން ފަށައިފިއެވެ.                       
ރަޙްމަތްތެރިޔާ: ބަލަ ކަލޭ ބުނީމެއްނު މިތާ ހުނިލީ ރޮށި ނުހަދައޭ ތިހިރަ މޭޒުގެ މީހުންނަށް ކަލޭތި ގެނެސްދިނީ ކޮން އެއްޗެއް                                    
 ވޭޓަރ: ކުޑަކޮށް ހިނިއައިސްފަ ކަލޭ ދިވެހި ނޭނގޭދޯ؟ އޭ ހުނިލީރޮށި ނޫނޭ، އެކިޔަނީ ޑިސްކް، ކަލޭ ދިވެހި ދަސްކުރަން ބޭނުން                                     
މިހާހިސާބުން އަޅުގަނޑަށްވެސް ނުހުރެވިގެން ވޭޓަރ ދެއްކި ވާހަކައަށް އެއްޗެއް ބުނެފީމެވެ. އޭނަ ކުޑަކޮށް ހިތްހަމަ ނުޖެހިހުރެ ނެގި އޯޑަރ ބަދަލުކޮށް އަޅުގަނޑުމެންނަށްވެސް ފަހުން ގެނައީ އަޅުގަނޑުމެން ކިޔާގޮތުންނަމަ " ހުނީލީރޮށްޓާއި، މަސްހުންޏެވެ." އޭނަގެ ބަހުރުވައިންނަމަ "ޑިސްކް، މަސްހުންޏެވެ. " ކޮންމެއަކަސް ހުނިލީ ރޮށި ޑިސްކަށްވީއެވެ. ޥޭޓަރ ބުނިގޮތުންނަމަ އަޅުގަނޑުމެންނަށް ދިވެހި ބަސްވެސް ނޭނގުނީއެވެ. ދިވެހިބަހުން ހަމަޔަށް ވާހަކަދަށްކަން ނޭނގޭމީހަކު އަޅުގަނޑުމެން ދިވެހި ދަސްކުރަން ނަޞޭޙަތްތެރިވީއެވެ.               

Share this article :

Post a Comment

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews