ޕެރިސް (މެއި 19) - އިންގްލެންޑްގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް ޕްރޮފެޝަނަލް ކެރިއަރުގައި ކުޅުނު ފަހު މެޗުގައި، ބްރެސްޓް އަތުން ޕެރިސް ސެއިންޓް ޖެމެއިން (ޕީއެސްޖީ) 3-1 އިން ފްރާންސް ލީގުގައި ރޭ މޮޅުވެއްޖެ އެވެ.
މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑާއި އޭސީ މިލާން އަދި އެމެރިކާގެ ލޮސް އެންޖެލަސް ގެލެކްސީ އަށް ކުރިން ކުޅުނު ބެކަމްގެ ކެރިއަރުގެ ފަހު މެޗަށް ޕީއެސްޖީގެ ކޯޗު ކާލޯ އެންޗަލޮޓީ ވަނީ އޭނާ އަށް ކެޕްޓަން ބޭންޑް ދީފަ އެވެ. ޕީއެސްޖީ އަށް ލީގުގައި ބާކީ އެއް މެޗު އޮތް ނަމަވެސް، އެ މެޗުގައި ބެކަމް ކުޅޭނެ ކަމަކަށް ނުބެލެވެ އެވެ. އޭގެ އެއް ސަބަބަކީ ލޯރިއެންއާ ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗު ޓާފް ދަނޑެއްގައި ކުޅެންޖެހޭތީ އެވެ.
"ޕީއެސްޖީ އަށް އަދި އެބައޮތް ރަސްމީ އެއް މެޗު. އެކަމަކު އެ މެޗު ކުޅެނީ ޕްލާސްޓިކް ޓާފެއްގައި. އަހަންނަށް މީގެ އަހަރުތަކެއް ކުރިން ބޮޑު އަނިޔާއެއްވީ ޕްލާސްޓިކް ޓާފެއްގައި ކުޅެގެން. އެހެންވީމަ ނޭނގެ އަހަރެން އެ މެޗުގައި ފެންނާނެ ކަމެއް،" ރޭގެ މެޗަށް ފަހު ބެކަމް ބުންޏެވެ.
ޕީއެސްޖީގެ ރައީސް ނަސީރު އަލް ޚަލާފީ ވިދާޅުވީ ރޭގެ މެޗަކީ ބެކަމްގެ ކެރިއަރުގެ ފަހު މެޗު ކަމަށެވެ.
"ކޯޗަށް އެނގޭނީ ކުޅުވާނެ ކުޅުންތެރިއެއް. އެކަމަކު އަހަރެން ގަބޫލްކުރާ ގޮތުގައި މިއީ ބެކަމްގެ ފަހު މެޗު،" ޚަލާފީ ވިދާޅުވި އެވެ.
ނަވާރަ އަހަރަށް ފަހު ފްރާންސް ލީގުގެ ޗެމްޕިއަންކަން މި ސީޒަނުގައި ހޯދި ޕީއެސްޖީ ރޭގެ މެޗުން މޮޅުވީ ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗް ޖެހި ދެ ލަނޑާއި ބްލައިސް މަޓުއިޑީ ޖެހި ލަނޑުންނެވެ. މި މެޗަށް ފަހު ޕީއެސްޖީން ވަނީ ލީގު އައްޑަނަ އުފުލާލައިފަ އެވެ.
މެޗުގެ 83 ވަނަ މިނިޓުގައި ބެކަމް ބަދަލުކުރުމުން، ސަޕޯޓަރުން ވަނީ އޭނާ އަށް ހޫނު ތަރުހީބެއް ދީފަ އެވެ. ބެކަމް ދަނޑުން ފޭބިއިރު އޭނާ އަށް ހުރީ ރޮވިފަ އެވެ.
ބެކަމް ބުނީ ފަހު މެޗުގައި ކެޕްޓަން ބޭންޑް އެޅުމުގެ ފުރުސަތު ދިނީތީ ޕީއެސްޖީ އަށް ޝުކުރުވެރިވާ ކަމަށެވެ.
"މި މެޗުގައި ޕީއެސްޖީގެ ކެޕްޓަން ބޭންޑް އަހަންނަށް ދޭން ނިންމި ވާހަކަ ކޯޗު ބުނުމުން ވަރަށް އުފާވި. މިއީ ވަރަށް ހާއްސަ ކަމެއް. ޕީއެސްޖީގެ ސަޕޯޓަރުންނަށް މުހިންމު މެޗުގައި އަހަންނަށް ކެޕްޓަން ބޭންޑް ދިނީމަ ވަރަށް އުފާވި. މިކަމަށް އަހަރެން އަބަދު ވެސް ޝުކުރުވެރިވާނަން،" ބެކަމް ބުންޏެވެ.
ބެކަމް ދަނޑުމަތީގައި މަޝްހޫރުކަން ހޯދީ އޭނާގެ މޮޅު ހިލޭޖެހުންތަކުންނެވެ. ޔުނައިޓެޑާ އެކު ބެކަމް ވަނީ އިނގިރޭސި ލީގު ހަ ފަހަރު، އަދި 1999 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ދެ ފަހަރު އެފްއޭ ކަޕް ހޯދި އެވެ.
ޔުނައިޓެޑް ދޫކޮށް ބެކަމް ރެއާލަށް 2003 ވަނަ އަހަރު ބަދަލުވެ، އޭނާ ވަނީ ރެއާލާ އެކު ސްޕެއިން ލީގު ހޯދައިފަ އެވެ. އެމެރިކާގެ ގެލެކްސީ އަށް ބެކަމް ބަދަލުވީ 2007 ވަނަ އަހަރު އެވެ. ގެލެކްސީއާ އެކު ބެކަމް އެމްއެލްއެސް ކަޕް ދެ ފަހަރު ކާމިޔާބުކުރި އެވެ. އަދި އެ ކްލަބަށް ކުޅުނުއިރު އޭނާ ވަނީ ލޯނެއްގެ ދަށުން މިލާނަށް ދެ ފަހަރެއްގެ މަތިން ކުޅެފަ އެވެ.
ބެކަމް ވަނީ އިންގްލެންޑްގެ ގައުމީ ޓީމަށް 115 މެޗު ކުޅެފަ އެވެ. އިންގްލެންޑްގެ ކެޕްޓަންކަންކޮށް، އޭނާ ވަނީ ތިން ވޯލްޑް ކަޕްގައި އެ ގައުމު ތަމްސީލްކޮށްފަ އެވެ.
ބެކަމް އަކީ ދަނޑުން ބޭރުގައި ބައިނަލްއަގުވާމީ ގޮތުން އެންމެ ބޮޑު މަޝްހޫރު ކަމެއް ހޯދި އެއް ކުޅުންތެރިއާ އެވެ. މާކެޓިންގެ ދާއިރާ އިން ބެކަމްގެ މަގްބޫލުކަން ބޮޑުވެ، އޭނާ އަށް ވަނީ ސްޕޮންސާޝިޕްތަކުން ބޮޑު އާމްދަނީއެއް ލިބިފަ އެވެ. – އޭއެފްޕީ

Post a Comment