| މަރުކަޒުގެ ކެންޓީނުން ބަޔަކު ޚިދުމަތް ހޯދަނީ، މުވައްޒަފުން ޚިދުމަތްދެނީ، ފޮޓޯ އާދަން މޫސާ |
"ހެލްތު ޓްރަސްޓް ފަންޑް" އަށް ފައިސާހޯދުމުގެ ބޭނުމުގައި އިސްދޫ ޞިއްޙީމަރުކަޒުގައިތިބި މުވައްޒަފުން އިންތިޒާމުކޮށްގެން އިސްދޫ ޞިއްޙީމަރު ގޯތިތެރޭގައި ކެންޓީނެއް ހަދައިފިއެވެ. މިކެންޓީނުގެ ޚިދުމަތް ދެނީ މިއަދު ހަވީރު 4:00 ވަންދެން ކަމަށް އިސްދޫ ޞިއްޙީމަރުކަޒުން ވާހަކަދެއްކެވި އޮފިޝަލް ވިދާޅުވިއެވެ. މިކެންޓީނަށް ގިނަ ޢަދަދެއްގެ މީހުން ޒިޔާރަތްކުރަމުން ގެންދާކަން އެ އޮފިޝަލް ފާހަގަކުރެއްވިއެވެ. "މިތަނަށް ވަރަށް ގިނަމީހުން އެބަ އާދޭ ވަރަށް ހިތް ހަމަޖެހޭ އެހެންވީމަ، ޢާއްމުންގެ މިހާބޮޑު ތަރުޙީބެއް ލިބުނީމަ" އޭނަ ފާހަގަ ކުރިއެވެ. މިތަނުން ތަފާތު ބާވަތްތަކުގެ ހެދިކާޔާއި، ފަނި، އަދި ސައިގެ އިތުރުން ކޮފީވެސް ލިބެން ހުރިކަން ފާހަގަކުރެވެއެވެ. އަވަހަށް ޒިޔާރަތް ކުރައްވާ ފަންޑަށް ފައިސާއެއްދެއްވުމަކީ، ހެޔޮކަން އިތުރުވާކަމެއްކަން ވިސްނަވާށެވެ.
| މަރުކަޒުގެ މުވައްޒަފުންވެސް ފޮއްޓަށް ފައިސާލަނީ:ފޮޓޯ އާދަން މޫސާ |
| ޞިއްޙީ މަރުކަޒުތެރޭގައި ފަންޑުފޮށި ބަހައްޓާފައި:ފޮޓޯ އާދަން މޫސާ |
| ޞިއްޙީމަރުކަޒު ގޯތިތެރޭގައި ކެންޓީނު ހެދުމަށް ޖަހާފައިވާ ކުޑައެއް:ފޮޓޯ އާދަން މޫސާ |
Post a Comment