ކަހަފް ސޫރަތުގެ މާތްކަމާއި ބެހޭގޮތުން އެތައް
ޙަދީޘްތަކެއް ވާރިދުވެގެންވެއެވެ. އޭގެ ތެރެއިން ބައެއް ޙަދީޘްތަކަކީ
ޞައްޙަ ޙަދީޘްތަކުގައިވީއިރު ޞައްޙަނޫން ޙަދީޘްތައްވެސް އެބަހުއްޓެވެ.
އޭގެތެރެއިން ޞައްޙަ ބައެއްޙަދީޘް ތިރީގައި ހިމަނާލަމެވެ.
عن أبي الدرداء أن النبي صلى الله عليه وسلم قال : “مَنْ حَفِظَ عَشْرَ
آيَاتٍ مِنْ أَوَّلِ سُورَةِ الْكَهْفِ عُصِمَ مِنَ الدَّجَّالِ” وفي رواية
“من آخر سورة الكهف” [ رواه مسلم ]
އަބުއްދަރުދާ ރަޟިޔަ ﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ މުޙަމައްދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ކަހަފު ސޫރަތުގެ ފުރަތަމަ ދިހަ އާޔަތް ހިތުދަސްކޮށްފި މީހާކު ދައްޖާލުގެ ކިބައިން ރައްކާތެރިވެގެންވެއެވެ.” އަދި ބައެއް ރިވާޔަތްތަކުގައި “ކަހަފު ސޫރަތުގެ ފަހު ދިހައާޔަތް…” މިފަދައިންވެސް ވާރިދުވެގެންވެއެވެ.

އަދިވެސް ރިވާވެގެންވެއެވެ. وقال رسول الله صلى الله عليه وسلم : “مَنْ
حَفِظَ عَشْرَ آيَاتٍ مِنْ أَوَّلِ سُورَةِ الْكَهْفِ عُصِمَ مِنْ
“فِتْنَةِ” الدَّجَّالِ” [ صححه الألباني في سلسلة الأحاديث الصحيحة / 582 ]
ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ކަހަފު ސޫރަތުގެ ފުރަތަމަ ދިހަ އާޔަތް ހިތުދަސްކޮށްފި މީހާ ދައްޖާލުގެ “ފިތުނައި” ރައްކާތެރިވެގެންވެއެވެ.”
ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ކަހަފު ސޫރަތުގެ ފުރަތަމަ ދިހަ އާޔަތް ހިތުދަސްކޮށްފި މީހާ ދައްޖާލުގެ “ފިތުނައި” ރައްކާތެރިވެގެންވެއެވެ.”
وقال صلى الله عليه وسلم : “مَنْ قَرَأَ سُورَةَ “الْكَهْفِ” فِي يَوْمِ
الْجُمُعَةِ أَضَاءَ لَهُ مِنَ النُّورِ مَا بَيْنَ الْجُمُعَتَيْنِ” [
صححه الألباني في صحيح الترغيب والترهيب / 736 ]
ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. “ހުކުރު ދުވަހުގެ ކަހަފް ސޫރަތް ކިޔަވައިފިމީހާއަށް ދެން ޖެހިގެން އަންނަ ހުކުރާއި ހަމައަށް އަލިކޮށްދެނިވި ނޫރެއް ލެއްވިގެންވެއެވެ.”
ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. “ހުކުރު ދުވަހުގެ ކަހަފް ސޫރަތް ކިޔަވައިފިމީހާއަށް ދެން ޖެހިގެން އަންނަ ހުކުރާއި ހަމައަށް އަލިކޮށްދެނިވި ނޫރެއް ލެއްވިގެންވެއެވެ.”
ކަހަފު ސޫރަތުގައި މަތިވެރިވެގެންވާ އެތައް އަމުރުފުޅުތަކަކާއި އިހުގެ
އުންމަތްތަކުގެ ވާހަކަތައް މާތް ﷲ ވަނީ ބަޔާންކުރައްވާފައެވެ.
ހަމައެފަދައިން ހުކުރު ދުވަހަކީ މާތްވެގެންވާ ދުވަހެއްކަން ޞައްޙަ
ޙަދީޘްތަކުން ޡާބިތުވެގެންވެއެވެ. ވީމާ މިފަދަ ހެޔޮކަމުގެ ފުރުޞަތުތައް
ގެއްލިގެންދިޔަ ނުދޭށެވެ.
ލިޔުނީ:ޑރ. ޢިޔާޟް ޢަބްދުއްލަޠީފް

Post a Comment