`
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ފޮނަދޫ
ދިވެހިރާއްޖެ.
28
މާރޗް 2011 ގައިބޭއްވުނު އަތޮޅުކައުންސިލްގެ ހަތްވަނަ ޖަލްސާގެ ޔައުމިއްޔާ
2011 މާރޗް 28 ވީ ހޯމަ ދުވަހު ހެނދުނު 09:00 ގައި އަތޮޅު ކައުންސިލްގެ ހަތްވަނަ
ޖަލްސާ އަތޮޅުއޮފީހުގެ ޖަލްސާކުރާމާލަމުގައި ބޭއްވުނެވެ. މި ޖަލްސާގެ ރިޔާސަތު
ބެލެހެއްޓީ އަޅުގަނޑެވެ. އަތޮޅު ކައުންސިލް ގައި ތިއްބެވި 7 މެމްބަރުންވެސް
ޖަލްސާއަށް ޙާޟިރުވެ ވަޑައިގެން ތިއްބެވުމާއެކު ޖަލްސާ ފެށުމުގެ ގޮތުން ޖަލްސާގެ ޙާޟިރީއާ ޖަލްސާގެ
އެޖެންޑާ މެމްބަރުންނަށް އިއްވުމަށްފަހު އެއްވެސް އިސްލާޙަކާ ނުލާ މެމްބަރުންގެ
އިއްތިފާގުން އެޖެންޑާ ފާސްކޮށް އެޖެންޑާގައިވާގޮތުގެމަތިން
ކުރިއަށްގެންދެވުނެވެ. 09:00 ގައި ފެށުނު މި ޖަލްސާ ނިމުނީ 10:40 ގައެވެ . ޖަލްސާގެ ސެކްރެޓޭރިއެޓް
ބެލެހެއްޓީ އ.އެޑްމިނިސްޓްރޭޓިވް އޮފިސަރ މޫނިސާ ޖައުހަރީ އެވެ.
ޖަލްސާއަށް ހުށަހެޅުނު މައްސަލަތަކާއި ނިންމުނުގޮތް
މި ޖަލްސާއަށް އެޖެންޑާ ކުރެވިފައިވަނީ
2 މައްސަލައެވެ.
1.
އަތޮޅު ކައުންސިލްގެ ބަޖެޓްފާސްކުރުން.
އަތޮޅު ކައުންސިލްގެ އިދާރާއަށް މިއަހަރަށް ފިނޭންސް
މިނިސްޓްރީން ދެއްވާފައިވާ ބަޖެޓް ފާސްކުރުމަށްޓަކައި ބަޖެޓާބެހޭ ގޮތުން ބައެއް
މަޢުލޫމާތު މެމްބަރުންނަށް އެރުވުމަށްފަހު އިސްލާހެއް އޮތްނަމަ ހުށަހެޅުއްވުމަށް
މެމްބަރުންނަށް ފުރުޞަތު އެރުވުމުން ހުރިހާމެމްބަރުންވެސް
މަޝްވަރާކުރެއްވުމަށްފަހު އިއްތިފާޤުވީ މިބަޖެޓަކީ އަތޮޅު ކައުންސިލަށް މިއަހަރަށް
ސަރުކާރުން ކަނޑައެޅުއްވި ބަޖެޓްކަމަށްވުމާއެކު އެކި އެކި އައިޓަމްތަކުގައި
ހުރިފައިސާ އެއް އައިޓަމުން ފައިސާ ހުސްވުމުން އަނެއް އައިޓަމަށް ބަދަލުކުރުމަކީ
ކައުންސިލުން ބޭނުންވެއްޖެ ހިނދެއްގައި ކުރެވިދާނެކަމަކަށްވާތީ އެއްވެސް އިސްލާޙަކާ ނުލާ މިބަޖެޓް
ފާސްކުރުމަށެވެ. އެހެންކަމުން ކައުންސިލްގެ ހުރިހާ މެމްބަރުންގެ އިއްތިފާޤުން
އަތޮޅު ކައުންސިލްގެ ބަޖެޓް ފާސްކުރެއްވިއެވެ.
2.
ލޯންޗް ބޭނުންކުރުމުގެ ޤަވާޢިދު ފާސްކުރުން.
ކައުންސިލްގެ އިދާރާގެ ލޯންޗް ކުއްޔަށްދިނުމުގައި ޢަމަލު
ކުރުމަށް އެކުލަވާލި ޤަވާއިދު މި ޖަލްސާގައި ފާސްކުރެވޭވަރަށްވުރެ ގިނައިން އިސްލާޙް
ކުރަންޖެހޭ ކަންތައް ހުރުމާއެކު ދެން އޮންނަ ޖަލްސާއެއްގައި އެޤަވާޢިދު
ފާސްކުރުމަށްޓަކައި އަލުން އެޤަވާޢިދު ރިވިޔުކުރުމަށް ހުރިހާމެމްބަރުންގެ
އިއްތިފާޤުން ފާސްކުރެވުނެވެ. އަދި އެ ޤަވާޢިދު އެކުލަވާލުމަށްޓަކައި ކޮމިޓީ
އެކުލަވާލެވިފައިވަނީ އިސްދޫ ދާއިރާގެ ދެމެމްބަރުން ހުވާކުރެއްވުމުގެ ކުރިން ކަމަށްވުމާއެކު
އެދާއިރާގެ ބޭފުޅަކުވެސް ކޮމިޓީއަށް އިތުރު ކުރުމަށް ފެންނާތީ އިސްދޫ ދާއިރާގެ
މެމްބަރު އިބްރާހީމް ޙަމީދު ކޮމިޓީއަށް އިތުރު ކުރެއްވުމަށް މާވަށު ދާއިރާގެ
މެމްބަރު އަޙުމަދު މުޢިއްޒު ހުށަހެޅުއްވި އެވެ. އެ ހުށަހެޅުއްވުމަށް މާވަށު
ދާއިރާގެ މެމްބަރު މުމްތާޒު ފަހުމީ ތާޢިދު ކުރެއްވިއެވެ. މިހުށަހެޅުއްވުމަށް
ވޯޓަށް އެހުމުން ހުރިހާމެމްބަރުންގެ އިއްތިފާޤުން ކައުންސިލްގެ ލޯންޗް
ބޭނުންކުރުމުގެ ޤަވާޢިދު އެކުލަވާލާ ކޮމިޓީއަށް އިސްދޫ ދާއިރާގެ މެމްބަރު
އިބްރާހީމް ޙަމީދު އައްޔަން ކުރެވުނެވެ.
3.
ކައުންސިލް އިދާރާގެ ކުޅިވަރު ފެންޑާގައި ހުރި ޚަތިމްތަކާމެދު ޢަމަލު ކުރާނެ
ގޮތެއް ނިންމުން. ( މިމައްސަލަ އެޖެންޑާކުރުމަށް އެދި ހުށަހަޅުއްވާފައިވަނީ މާވަށު
ދާއިރާގެ މެމްބަރު އަޙުމަދު މުޢިއްޒު )
މިއިދާރާގެ ފެންޑާގައި
ބަހައްޓާފައިހުރި ޚަތިމް ތަކަކީ އެއާ އެކަށީގެންވާ ގޮތަށްވުރެ އިހާނެތިކޮށް
ބެހެއްޓިފައިވާ އެއްޗަކަށް ވާތީ އަދި އެޚަތިމްތައް އެތާ ހުންނަތާ މިހާރުވެސް ގިނަދުވަސްތަކެއްވެފައިވާތީ
އެ ޚަތިމްތައް ރަށްރަށަށް ބެހުމާމެދު މެމްބަރުންނަށް ފެންނަ ގޮތަކާމެދު
މަޝްވަރާކުރެވުނެވެ. ޚަތިމްތަކަކީ ކުށް ލިޔެވިފައި ހުރުމުން އެ ރަށްރަށަށް ނުބެހުމަށް
އިސްލާމިކް އެފެއާޒުން އަންގަވައިގެން ބަހައްޓާފައި ހުރިއެއްޗަކަށްވުމާއެކު
އިސްލާމިކް އެފެއާޒަށް ލިޔެ އެބޭފުޅުންގެ ބަހެއް ހޯދުމަށްފަހުގައި ނޫނީ ރަށްރަށަށް
ބެހުމަށް ނުފެނަކަމުގައި ގަމުދާއިރާގެ މެމްބަރ މުޙައްމަދު ފާއިދު ހުށަހެޅުއްވުމުން
މިހުށަހެޅުއްވުމަށް ހުރިހާމެމްބަރުންވެސް ތާއީދު ކޮށް މިމައްސަލަ ދެން އޮންނަ
ޖަލްސާއެއްގައި މަޢުލޫމާތު އޮޅުން ފިލުވުމަށްފަހު ހުށަހެޅުމަށް ފަސްކުރެވުނެވެ. އަދި
އިސްލާމިކް އެފެއާޒުން ޚަތިމްތައް ބެހުމަށް ހުއްދަލިބިއްޖެނަމަ ނޮވެލްޓީ
ބުކްޝޮޕުން ދޫކުރާ ޚަތިމްތަކުގައި ހުރި ކުއްތައް ފާހަގަކޮށް އެ އިސްލާޙް
ކުރެވިފައިވާ ލިޔުން ހޯދާ އެއާއެކު ބެހުމަށް ނިންމާ މިގޮތަށް ހުރިހާމެމްބަރުންގެ
އިއްތިފާޤުން ފާސްކުރެއްވިއެވެ.
4.
ގާދޫ މީހުންގެ ތެރެއިން އެހެންރަށަކަށް ދިރިއުޅުން ބަދަލުކުރުމަށް ބޭނުންވާ
ފަރާތްތަކަށް އެފުރުޞަތު ފަހިކޮށްދިނުން. ( މިމައްސަލަ އެޖެންޑާކުރުމަށް އެދި
ހުށަހަޅުއްވާފައިވަނީ މާވަށު ދާއިރާގެ މެމްބަރު އަޙުމަދު މުޢިއްޒު )
ގާދޫއާއި މުންޑޫ އަކީ މަދު މީސްކޮޅެއް ދިރިއުޅޭ ރަށްރަށަށް
ވުމާއެކު އަދި މިހާރުވެސް ގާދޫ މީހުންގެ ތެރެއިން ގިނަ ބަޔަކު ފޮނަދޫއަށް
ދިރިއުޅުން ބަދަލުކޮށްފައިވާތީއާއި ، އެރަށުގައިތިބި މީހުންގެ ތެރެއިން ގިނަ
ބަޔަކު މިހާރުވެސް ފޮނަދޫން ގޯތި ހޯދުމަށްއެދި ފޯމު ހުށަހަޅާފައިވާތީއާއި ، ފޯމު ހުށަނާޅާ ތިބި
މީހުންގެތެރޭގައިވެސް ބަދަލުވުމަށް ބޭނުންވެ އެކަމުގެ ޝައުޤުވެރިކަން ހުރި ގިނަފަރާތްތަކެއް ތިބިކަން ފާހަގަކުރެވޭތީ ރަށް
ބަދަލުވާން ބޭނުންވާ ފަރާތްތަކަށް އެކަމުގެ މަގުފަހިކޮށްދިނުމަށްޓަކައި އަތޮޅު
ކައުންސިލަށް ފޯރުކޮށްދެވޭނީ ކޮންކަހަލަ އެހީތެރިކަމެއްތޯ މެމްބަރުންގެ މެދުގައި
މަޝްވަރާކުރެވުނެވެ. އެއްފަސްކުރުމުގެ ސިޔާސަތަކީ ސަރުކާރުގެ ސިޔާސަތަށްވުމާއެކު
ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީއާ
ވާހަކަދައްކައިގެން އެބޭފުޅުންނަށް ވެދެވޭނީ ކޮންކަންތައް ތަކެއްތޯ
އޮޅުންފިލުވުމަކީ މުހިންމު ކަމެއްކަމުގައި މެމްބަރުން ފާހަގަކުރެއވިއެވެ. ހުރިހާމެމްބަރުންގެ އިއްތިފާޤުން ފާސްކުރެއްވީ ގާދޫގެ
މީހުންނާ ބައްދަލުކޮށް ރަށް ބަދަލުވުމަށް އެދޭފަރާތްތަކުން އެކަމަށްއެދި
ހުށަހެޅުމަށް އެންގުމަށްފަހު ފޮނަދޫ ކައުންސިލާއި، ގަމުގެ ކައުންސިލާ ބައްދަލުކޮށް
މިކަމުގައި މަޝްވަރާކުރުމަށެވެ.
5.
އަތޮޅު ކައުންސިލްގެ ހަތަރުވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ޔައުމިއްޔާ
މެންބަރުންނަށް ހުށަހަޅާ އިސްލާހެއް އޮތްތޯއެހުނެވެ. ޔައުމިއްޔާއަށް އެއްވެސް
އިސްލާހެއް ހުށަނޭޅި ހާޟިރުވެތިއްބެވި މެންބަރުންގެ އިއްތިފާގުން ޔައުމިއްޔާ
ފާސްކުރެވުނެވެ
6.
17 މާރޗް 2011 ގައި ބޭއްވުނު ކުއްލި ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ޔައުމިއްޔާ
މެންބަރުންނަށް ހުށަހަޅާ އިސްލާހެއް އޮތްތޯއެހުނެވެ. ޔައުމިއްޔާއަށް އެއްވެސް
އިސްލާހެއް ހުށަނޭޅި ހާޟިރުވެތިއްބެވި މެންބަރުންގެ އިއްތިފާގުން ޔައުމިއްޔާ
ފާސްކުރެވުނެވެ
7.
20 މާރޗް 2011 ގައި ބޭއްވުނު ކުއްލި ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ޔައުމިއްޔާ
މެންބަރުންނަށް ހުށަހަޅާ އިސްލާހެއް އޮތްތޯއެހުނެވެ. ޔައުމިއްޔާއަށް އެއްވެސް
އިސްލާހެއް ހުށަނޭޅި ހާޟިރުވެތިއްބެވި މެންބަރުންގެ އިއްތިފާގުން ޔައުމިއްޔާ
ފާސްކުރެވުނެވެ
އިބްރާހީމް އަނީސް
ކައުންސިލްގެ ރައީސް
ކައުންސިލްގެ މެމްބަރުން
|
·
ގަމުދާއިރާގެ
މެމްބަރ އަލްފާޟިލް މުޙައްމަދު ފާއިދު
|
·
|
|
·
އިސްދޫ
ދާއިރާގެ މެމްބަރ އަލްފާޟިލް
އިބްރާހީމް ޙަމީދު
|
·
|
|
·
އިސްދޫ
ދާއިރާގެ މެމްބަރ އަލްފާޟިލް އަޙުމަދު
އާޞިފް
|
·
|
|
·
ގަމުދާއިރާގެ
މެމްބަރ އަލްފާޟިލް މުޙައްމަދު
ރަޝީދު
|
·
|
|
·
ފޮނަދޫ
ދާއިރާގެ މެމްބަރ އަލްފާޟިލް ޝާހީން އިސްމާޢީލް
|
·
|
|
މާވަށު ދާއިރާގެ މެމްބަރ އަލްފާޟިލް
މުމްތާޒު ފަހުމީ
|
·
|
|
މާވަށު ދާއިރާގެ މެމްބަރ އަލްފާޟިލް އަޙުމަދު މުއިއްޒު
|
·
|

Post a Comment