މައި ޞަފްޙާ » » ލ. ކުނަހަންދޫގައި މަސްބޭނުމުގެ ޢީދެއް

ލ. ކުނަހަންދޫގައި މަސްބޭނުމުގެ ޢީދެއް

Thursday, March 21, 2013 | 2:18 AM



ކުނަހަންދޫ ބަނދަރު

ލ. ކުނަހަންދޫގެ ބަނދަރު ހެދުމުގެ މަސައްކަތް ސަރުކާރުން ޙަވާލުކޮށްފައިވާ އެމް.ޓީ.ސީ.ސީގެ ފަރާތުން އިއްޔެގެ ވަގުތެއްގައި އެރަށު ބަނދަރު ހެދުމަށްޓަކައިވާންޖެހޭ ތައްޔާރީތައް
ވުމުގެ ގޮތުންކުރިން ކޮނެފައިވާ ޞަރަޙައްދަށް އޮއިދެމޭގޮތަށް ކޮނެފައިވާ ކޯރު ބަންދުކޮށްލުމާއި ގުޅިގެން ވަރަށް ގިނަ ޢަދަދެއްގެ މެކުނުތަކެއް ބަނދަރު ތެރޭގައި ވަނީ ތާށިވެފައެވެ. އަދި މިހާރު އެރަށުގެ ރައްޔިތުން ނިކުމެ މަސްބާނަން ފަށައިފިއެވެ. މިކަމުގައި އިސްކޮށް ޙަރަކާތްތެރިވި އެރަށު، ސިމާދު އާދަމް / އިރުމަތީއާގެ އިސްދޫ ލައިވަށް މަޢުލޫމާތު ދެއްވަމުން ބުނީ" މިއީ އެމީހުންގެ ޙަޔާތުގައި އައި މަސްބޭނުމުގެ ބޮޑު ޢީދެއްކަމަށާއި، މިކަމުގައި ހުރިހާ ޢުމުރެއްގެ ދެޖިންސުގެ މީހުން ބައިވެރިވަމުންދާތީ ރަށުތެރެއިން ފެންނަނީ ވަރަށްވެސް އުފާވެރި މަންޒަރެއްކަމަށެވެ." އަދި މަޢުލޫމާތުދިން އެހެން މީހަކު ނަން ނުޖެހުމަށްއެދި ބުނީ" މިއީ ވަރަށް މަޖާ ކަމެއްކަމަށާއި، މިއީ ދާއިމީ ކަމަކަށް ނުވާތީ މިދެދުވަސް މިހޭދަވަނީ މިކަމުގައި ކަމަށެވެ." އޭނާ ބުނިގޮތުގައި އޭނާ އެކަނިވެސް މި ދެދުވަހުން 70 އަށްވުރެ ގިނަ މެކުނު ބާނާފައި ވާނެކަމަށެވެ.

ކުނަހަންދޫ ބަނދަރު

މިސައިޓަށް މަޢުލޫމާތު ދެއްވި އެރަށު ކައުންސިލް މެންބަރ އަޙްމަދު ޙާފިޡު ވިދާޅުވީ" މިދެދުވަހުން ގާތްގަނޑަކަށް 900 އެއްހާ މަސް ރަށަށް ބާނާފައި ވާނެކަމަށެވެ." މިކަމުގައި ރަށުގެ ވަރަށް ގިނަޢަދަދެއްގެ މީހުން ޙަރަކާތްތެރިވަމުން ދިޔަތަން މިސައިޓުގެ އެޑިޓަރަށްވެސްވަނީ ފެނިފައެވެ. ހަވީރު ވަރަށް ބާރަށް ވިދާ ގުގުރުމުގެ އިތުރަށް ބޯކޮށް ވާރޭވެހެން ފެށުމުން އެތަނުގައި ތިބި ގިނަ ޢަދަދެއްގެ ކުޑަކުދިންތައް ގެއަށްދިޔަކަން ފާހަގަކުރެވެއެވެ. ނަމަވެސް އިރުއޮއްސި އަނދިރިވެގެން ދިޔަ ވަގުތުވެސް ގިނަޢަދަދެއްގެ ބަޔަކު އެޞަރަޙައްދުގައި މަސްބޭނުމުގައި ޙަރަކާތްތެރިވަމުން ދިޔަތަންވަނީ ފެނިފައެވެ    
Share this article :

Post a Comment

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews