ލައިފް ބޯއީ

Thursday, March 21, 2013 | 11:13 PM



 ލިޔުނީ: ޢާމިރު

އަލަށް ލައިފް ބޯއީ ބްރޭންޑްގެ ސައިބޯނި ނިކުތް ދުވަސްވަރެވެ. ސައިބޯނި އިޝްތިހާރު ޝަހީ އަށް ފެނުނީ ނޫހަކުންނެވެ.

އޭނާ ގޮތް ބަލާލުމުގެ ގޮތުން ސައިބޯންޏެއް ގަތުމަށްފަހު ފެންވަރަން ފާޚާނާ އަށް ވަނެވެ. ސައިބޯނި ގައިގައި އުނގުޅައިލި އިރު މުޅި ފާޚާނާގައި ލައިފް ބޯއީގެ މީރުވަސް ހިފައިފިއެވެ. ޝަހީ ފެންވަރަން ހުރެގެން ސައިބޯނި ކަމުދާތީ ލަވަކިޔަން ފެށިއެވެ.
ޝަހީގެ މަންމައަށް ފާޚާނާއިން ހޭ އަޑާއި ވާހަކަ ދައްކާ ކަހަލަ އަޑެއް އިވެން ފެށިއެވެ. މަންމަ އެކަމާ ވަރަށް ކަންބޮޑުވެގެން ހުރެ ދޮރުގައި ޓަކިޖަހާލާފައި ގޮވާލިއެވެ. "މިއަދު ފާޚާނާގައި ވާހަކަ ތިދައްކަނީކާކާހެއްޔެވެ؟"

 "ލައިފް ބޯއީ އާ" ޝަހީ މަޖާވެފައި ބުންޏެވެ. މަންމަގެ ގާތަށް ވަރަށް ރުޅި އަތުވެއްޖެއެވެ. ލަދުވެސް ނުގަންނަ ކުއްޖާ ފުޅެކެވެ. ލައިފް ބޯއީ އާއި އެކު ފެންވަރަނީހެއްޔެވެ؟ މަންމަ ހުރީ ޝަހީ ފާޚާނާގެ ދޮރު ހުޅުވާނެ އިރަކަށް އިންތިޒާރު ކޮށްގެންނެވެ. ވަރުގަދަ ދަނޑި ބުރިއެއްވެސް އަތަށް ހެޔޮވަރުކޮށްގެންނެވެ. އެހެން ހުރެ އަމިއްލައަށް ވާހަކަވެސް އެބަ ދައްކައެވެ. ޝަހީ ފާޚާނާގެ ދޮރު ހުޅުވާލައިފިއެވެ. މަންމަ ދަނޑިބުރި ތައްޔާރުކޮށްލީ ދެން ނިކުންނަ ޝަހީގެ ލައިފް ބޯއީއަށް ވާންހުރި މީހާގެ ގައިގައި ޖެހުމަށެވެ.

ނަމަވެސް އޭނާ އެއް ނުނިކުތެވެ. ފާޚާނާ ބަލާ ޗެކުކުރިއިރުވެސް މީހަކު ނުފެނުނެވެ. ޝަހީ ގާތު މަންމަ އެހިއެވެ. "ލައިފް ބޯއީ ކޮބާ ހެއްޔެވެ؟" ޝަހީ ސައިބޯނި ދައްކާލިއެވެ. މަންމަގެ ރުޅިގަނޑު އެއްފަހަރުން ފިނިވިއެވެ. އަދި ހެމުން ހެމުން ބޭރަށް ނިކުތެވެ.
Share this article :

Post a Comment

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews