![]() |
| މަންދު ކޮލެޖްގެ އިޝްތިހާރެއް |
މަންދު ކޮލެޖްގެ ފަރާތުން ހިންގާ ކޯސްތަކާއި، އެކޯސްތަކުގައި ބައިވެރި ވުމުގެ ފުރުޞަތު ދަރިވަރުންނަށް
ލިބޭނެ ގޮތުގެ މަޢުލޫމާތު ވީހާވެސް ފުޅާ ދާއިރާއެއްގައި މީހުންނަށް ފޯރުކޮށްދިނުމަށް އެކޮލެޖުން ހިންގާ ސިލްސިލާ ޕްރޮގްރާމުތަކުގެ ތެރެއިން މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް މިރޭ ލ. އިސްދޫ ކަލައިދޫ ސްކޫލުގައި ކުރިޔަށް ގެންދަން
ރާވާފައިވާކަމުގެ މަޢުލޫމާތު މިސައިޓަށް ވަނީ ލިބިފައެވެ. އަދި މީގެ އިތުރުން އެކޮލެޖާއިބެހޭ ގިނަ މަޢުލޫމާތުތައް ހިމެނޭ ލީފްލެޓް އިސްދޫގައި މީހުން ދިރިއުޅޭ ގެތަކަށް ފޯރުކޮށްދިނުމަށް އެކޮލެޖުގެ ބަޔަކު މިއަދުވަނީ އިސްދޫގެ ގެތަކަށް"ޑޯޓް ޑޯ" ޖައްސާފައެވެ. މިކަމުގައި ޙަރަކާތްތެރެވި މީހުންކުރެން އަހާލުމުން އެމީހުން ބުނީ" މިއަދު ހަވީރު 4:00 ގައި އިސްދޫ ސްކޫލް ޞަރަޙައްދުގައި މަޢުލޫމާތު ދިނުމުގެ އިވެންޓެއް ބާއްވަން ރޭވިނަމަވެސް މޫސުން ތަންނުދިނުމުން އެކަންތައް ކުރިޔަށް ގެންދެވޭގޮތް ނުވީ" ކަމަށެވެ. މަންދު ކޮލެޖްގެ ފަރާތުން މިއަހަރު ހިންގާ ބައެއް ކޯސްތައް ހައްދުންމަތީ ގަމުގައި މިއަންނަ މަސްތެރޭ ފަށާގޮތަށް މިހާރުވަނީ ނިމިފައެވެ. މިއީ އަތޮޅުގައި ތިބެގެން ކިޔެވުމުގެ ފުރުޞަތު ލިބިގެން ދާނެކަމެކެވެ. އިސްދޫ ކަލައިދޫ ސްކޫލުގައި ބާއްވާ ބައްދަލުވުން އޮންނާނީ މިރޭ 8:00 ގައިކަމަށްވަނީ މަޢުލޫމާތު ލިބިފައެވެ.

Post a Comment