މައި ޞަފްޙާ » » ހުސްވެރިން

ހުސްވެރިން

Thursday, March 28, 2013 | 1:52 PM


ދާދި ފަހަކުން މާލެއިން ވަޑައިގަތް ޢިއްޒަތްތެރިޔަކު ކުރެއްވި ސުވާލަށް ރަށުގެ ޢާއްމު ފަރުދަކު ދިން ޖަވާބުން މިހާރު މީހުން ހޭލުންތެރިވެ، ތަންދޮރު އޮޅުންފިލާފައިވާ މިންވަރު ހާމަވެގެން ދިޔައެވެ. އެ މަޖިލީހުގައި ނަސީބަކުން
އަޅުގަނޑަށްވެސް އިނދެވުނެވެ. އެތަނުގައި ރޭގަނޑުގެ ކެއުމަށް އިންސާފުކުރަމުން ދިޔައިރު، ކައިރީގައި އިނދެގެން ނިޒާރު (އަސްލު ނަމެއްނޫން) މިވާހަކަ ކިޔައިދެމުން ގެންދިޔައީ މުޙައްމަދު (އަސްލު ނަމެއްނޫން) ކުރި ސުވާލަކާއި ގުޅިގެންނެވެ.
މާލެއިން ވަޑައިގަތް ބޭފުޅާގެ ނަމަކީ މުޙައްމަދު އެވެ. ރަށުމީހާއަށް ކިޔަނީ ނިޒާރުއެވެ.
މުޙައްމަދު: މިހާރު މިރަށުގެ ރައްޔިތުން ޢާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތަކީ ކޮބާ؟
ނިޒާރު: އަސްތާ ތިވާހަކަ ދެއްކޭކަށް ނެތްތާ މިހާރު މިރަށުގައި ތިބީ ހުސް ވެރިންވިއްޔާ އެހެންވީމާ މަސައްކަތް ކުރާކަށް ނުޖެހޭނެ އެންމެންނަށްވެސް މުސާރަ ލިބިދާނެހެން ހީވަނީ
މުޙައްމަދު: އެޔޯ ހުރިހާމީހުން ވެރިންނަކަށް ނުވާނެދޯ؟ ތިބުނަނީ ކައުންސިލަރުންގެ ވާހަކަދޯ؟
ނިޒާރު: ނޫން، ނޫން ތިޔަހެން ވިދާޅުނުވޭ އަޅުގަނޑު މިހެން މިދެންނެވީ އަޅުގަނޑުމެން ކުޑައިރު ތިއްބެވި ވެރިންނަށްވުރެ ގިނަ ވެރިން މިހާރު މިރަށުގައިވެސް އެބަތިބި، އެހެންވެ
މުޙައްމަދު: ކޮބައިތޯ ތިޔަ ބުނާ އެއްޗެއް އަޅުގަނޑަކަށް ސާފެއްނުވި، ތަންކޮޅެއް ތިލަކޮށްލަ ދީބަލަ މިހާރު ތިދަނީ މާފުނުން އަޑިނުފެންނަ ހިސާބުން ނިކަން ކަރުތާފެނަށް، ނުވަތަ ކަކޫތާފެނަށް ތިލަކޮށްލަދީބަލަ
ނިޒާރު: އާނ އަޑުއައްސަވާ އެކަން ވީގޮތަކީ، މިރަށަށް ވެރިމީހާ ވަޑައިގަތުމުން އެތަނަށްދިޔަ ހުރިހާ އެންމެންނަށްވެސް ވެރިކަން ދެއްވީ އެމީހުން މައްސަލަ ޖެއްސީމައޭ ކިޔަނީ        
މުޙައްމަދު: ނޭނގުނު ތިކިޔާއެއްޗެއް ނިކަން ސާފުކޮށްދީބަލަ
ނިޒާރު: ލައްބަ އެތަނަށް އެންމެ ފުރަތަމަ ދެވުނީ ރަށުގެ ފިރިހެނުންނަށް ހަމަ ދެވުމާއިއެކު ވެރިޔާ ވިދާޅުވީ، ތީ މިރަށުގެ ހުރިހާ، "ފިރިހެންވެރިން" ހޭ؟ ދެން ދިޔައީ އަންހެނުން އެމީހުން ގޮސް މައްސަލަ ޖެއްސީ ފިރިހެނުންނަށްވެސް ވެރިކަން ދެއްވިގޮތަށް ތިމަންނާމެންނަށްވެސް ވެރިކަމެއް ދެއްވަންވީނޫންތޯ؟ ވިދާޅުވި، ތީ މިރަށުގެ "އަންހެން ވެރިންނޭ" ދެން ރަށުގައިއުޅޭ މަހަށްދާމީހުން މަހުންއައިގޮތަށް އެމީހުންވެސް ދިޔައީ އެތަނަށް ދިޔައިމަ އެމީހުންނަށް ދެއްވީ "މަސްވެރިން"ނޭ ކިޔާފަ ދެން ދިޔައީ ވިޔަފާރި ކުރާ މީހުން އެއީ" ވިޔަފާރި ވެރިން" ނޭ އެތަނަށް ރަށުގެ ކުޑަކުދިން ދިޔައިމަ އެމީހުންނަށްވެސް ވެރިކަމެއްދިން އެއީ، "ކުދިވެރިން" އޮޑި ދޯނި ފަހަރު ދުއްވާ މީހުނަށް ދިނީ، "އޮޑިވެރިން" ނޭ ދަނޑު ތަކަށް ޒިޔާރަތް ކޮށްފަ އެތާ މަސައްކަތް ކުރާ މީހުނަށް"ދަނޑުވެރިން"ނޭ ވިދާޅުވެ މަޤާމު ދެއްވީ ރާބާލަން ރުކަށްދާ މީހުންނަކީ"ރާވެރިން" މީހުން މީހުނާ ކައިވެނިކުރާއިރު އެތަނަށް ހެކިންގެ ގޮތުގަ ދާ މީހުންނަކީ،" ހެކިވެރިން"ނޭ އަދި ކޮބައިތޯ އެތާނގަ ހުރި ވަލީ ދިންމީހާޔަކީވެސް ހަމަ ވެރިޔެއް އެއީ" ވަލީ ވެރިން" ގިރުނބާއަޅައިގެން ކަނބުރުގެ މަސައްކަތް ކުރަންތިބި ބަޔަކު ފެނިގެން ވިދާޅުވީ"ކަނބުރުވެރިން"ނޭ ކަންކަން ނުކުރެވިގެން އުޅޭ ބަޔަކަށް ދެއްވީ "ޢުޒުރުވެރިން" ބޮލިހިލާ މީހުނަށް ދެއްވީ" ފަރުވެރިން" މުދާބަހާ ތަނަކަށް ދެވުނުއިރު އޭގެ ޙައްޤުވާ މީހުން އެތާ ތިބިތަންފެނިފަ ވިދާޅުވީ އެއީ" ބެހެނިވެރިން" ނޭ ސުކޫލަށް ކުދިންގެންދާތީ އެކަމާ ޙަވާލުވެގެން އުޅޭމީހުންނަށް ދެއްވީ" ބެލެނި ވެރިން" ނޭ އަދި ކޮބާ ހޮވައިގެން ގެނައި މާވަހަރެއް ބަހަން އުޅެނިކޮށް އެތަނަށް ދެވުނީމަ ވިދާޅުވީ އެ ހޮވި މީހުންނަކީ އޭގެ " ޙައްޤުވެރިން" ނޭ މީހުންނަށް މަކަރާތް ޙިލަތްހަދާ އުޅޭމީހުންނަށް ދެއްވީ "މަކަރުވެރިން" ތިމާވަރުގެ މިހަކު ނެތިގެން އަމިއްލަޔަށް ތިމާ ފެނިގެން އުޅޭމީހުންނަށް ދެއްވީ" ކިބުރު ވެރިން" ނޭ މިހެންގޮސް ނަން ކިޔަންވެސް ނޭނގޭހާ ގިނަ ވެރިން މިރަށުގައި އެބަތިބި  މިކިޔާދިނީ މީގެތެރެއިން ބައެއް ވެރިންގެ ނަންތައް އަދި މިރަށަށް އަންނަ ކޮންމެ މީހަކީވެސް މިރަށަށް ހަމަ އެރުމާއެކު ވެރިޔެއް އެއީ، "ދަތުރުވެރިން" ނުވަތަ "ފަތުރުވެރިން" މިހުރިހާ ވެރިން ތިއްބާ އަނެއްކާ އެންމެ ފަހުން އިހަކަށްދުވަހުބަޔަކު މައްސަލަޖެއްސީމަ އެމީހުނަށްވެސް ދެއްވީހަމަ ވެރިކަންއެއީ"ޒިންމާދާރުވެރިން"          
މުޙައްމަދު: ތީހަމަ ތެދެއް މިރަށުގައި މިތިބީ ހުސްވެރިން ވެރިޔަކަށް ނުވަނީ ހަމައެކަނި ވަޑާން ކުރާމީހާދޯ؟
ނިޒާރު: އާ މީއަޅެ ދޮގެއްތޯ؟


Share this article :

Post a Comment

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews