ދިވެހި ރައްޔިތުންގެ ވަޠަނީ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަމުގެ މަޢުލޫމާތު ވަރަށް އިތުބާރު ހުރި ގޮތަކަށް މިސައިޓަށް ވަނީ ލިބިފައެވެ. މި މަސައްކަތުގައި އިސްވެ އުޅުއްވަނީ
ލ. އަތޮޅަށް ނިސްބަޔްވާ ނަގާ ކިޔާ ބަޔެއްކަމާއި، އެ ޕާޓީގެ އަސާސީ ޤަވާޢިދު އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިޔަށް ދާކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. މިކަމުގެ އިތުރު ތަފްޞީލް ހޯދާލުމަށް މިކަމުގައި އިސްކޮށް އުޅުއްވާ ބޭފުޅުންގެ ތެރެއިން ބޭފުޅަކަށް ގުޅާލުމުން ވިދާޅުވީ" ތިކަމަކީ ހިނގަމުންދާ ކަމެއް، އަދި ތިކަމުގެ މަޝްވަރާ ބައްދަލުވުންތައް މިހާރު މިދަނީ ބާއްވަމުން، މާލޭގައިތިބޭ ސިޔާސީ މީހުން ޖަހާހާ ބެރަށް ނަށާބަޔަކަށް، މި ލާމު އަތޮޅުގެ މީހުން ވިޔަކަ ނުދޭނަން، އިރާދަކުރެއްވިއްޔާ، ޕީ.ޕީ.އެމް ގެ ޕްރައިމަރީގައި ޢުމަރު ނާކާމިޔާބު ވެއްޖެނަމަ މިޕާޓީ ވުޖޫދަށް އަންނާނެ، އެނގިދާނެތާ އެމީހުން މި ޕީ.ޕީ.އެމްގެ ހުރިހާ ގުނަވަންތަކެއް ހިޞޯރުކޮށްގެން ޕްރައިމަރީ ކާމިޔާބުކުރުމުން ދެންވާގޮތްވެސް" އޭނާ ވިދާޅުވިއެވެ. މިވާހަކަތަައް ޙިއްޞާކުރެއްވި އިރު ހުންނެވީ ވަރަށް ހިތްހަމަ ނުޖެހިކަން ފާހަގަ ކުރެވެއެވެ. މިހާތަނަށް ތިބިފައިވާ މަޢުލޫމާތަށް ބަލާއިރު މިކަމުގައި ޤާނޫނީ ވަކީލުންގެ އިތުރުން މި އަތޮޅުގައި ތިއްބެވި ވަރަށް ޢިލްމީ ބޭފުޅުންވެސް ހިމެނެއެވެ. މިއީ ޕީ.ޕ.އެމްގެ މެޖޯރިޓީ އޮންނަ ލ. އަތޮޅުގެ މީހުން އިސްވެ ތިބެގެން ކުރިޔަށް ގެންދާ ކަމަކަށްވާތީ މި ރިޔާސީ ޕްރައިމަރީގެ ނަތީޖާ ދައްކާ ގޮތަކުން މި ޕާޓީ ވުޖޫދަށް އަންނާނެކަމަށް އެފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް މިކަމުގައި އުޅުއްވާ ފަރާތްތަކުންވަނީ އެބޭފުޅުންގެ ނަންތައް އަދި ހާމަ ނުކުރުމަށް އެދިފައެވެ.މި ޕާޓީ އުފެއްދުމުގައި އިސްކޮށް ޙަރަކާތްތެރިވާ ފަރާތްތަކުން ލ. ގަމުގައި ބައްދަލުވުމެއް ކުރިޔަށް ގެންދަނިކޮށް ގަމުގައި ހުންނަ މި ސައިޓުގެ މުރާސިލަށްވަނީ އެތަނަށް ދެވިފައެވެ.
މައި ޞަފްޙާ »
ޚަބަރު
» ދިވެހި ރައްޔިތުންގެ ވަޠަނީ ޕާޓީ އުފެއްދުމުގެ މަސައްކަތް ފަށައިފި
ދިވެހި ރައްޔިތުންގެ ވަޠަނީ ޕާޓީ އުފެއްދުމުގެ މަސައްކަތް ފަށައިފި
Thursday, March 28, 2013 | 11:35 AM
Labels:
ޚަބަރު

Post a Comment