ބައިނަލްއަޤްވާމީ އަންހެނުންގެދުވަސް ފާހަގަކުރުމުގެ ގޮތުން ހައްދުންމަތީ އިސްދޫގައި ޚާއްޞަ ފުޓުބޯޅަމެޗެއް މިއަދު ކުޅެފިއެވެ. މިމެޗް ގައި ބައްދަލުކުރީ އިސްދޫ އުތުރު އަވަށުގެ އަންހެނުންގެތެރެއިން ހޮވާލެވުނު ޓީމަކާއި، އިސްދޫ ދެކުނު އަވަށު އަންހެނުންގެ ތެރެއިން ހޮވާލެވުނު ޓީމަކާއި ދެމެދުގައެވެ. މިމެޗް ކުޅެފައިވަނީ އިސްދޫ ދެކުނު އަވަށު ފުޓުބޯޅަ ދަނޑުގައެވެ. މިމެޗް 1 ލަނޑު 0 ލަނޑުން ކާމިޔާބު ކޮށްފައިވަނީ އިސްދޫ އުތުރު އަވަށުގެ ޓީމުންނެވެ. މިމެޗްގައިޖެހި ހަމައެކަނި ލަނޑު ޖަހާފައިވަނީ އިސްދޫ ކަނީރުވިލާ ޢާއިޝަތު އާދަމްއެވެ. މި މެޗް އިންތިޒާމު ކުރުމުގައި އިސްކޮށް ޙަރަކާތްތެރިވި ފަރާތަކުން ނަން ހާމަ ނުކުރެއްވުމަށް އެދިވަޑައިގެން މި ސައިޓަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ މެޗެއްކަމަށާއި، މިމެޗްގެ ސަބަބުން ދެއަވަށުގެ އެކުވެރިކަން އިތުރަށް ބަދަހިވެގެން ހިގައްޖެކަމަށެވެ. އަދި އަންހެނުންގެ ފުޓްބޯޅައަށް ގިނަ ބަޔަކު ޝައުޤުވެރިވާކަންވެސް ފާހަގަ ކުރެވިއްޖެކަމަށެވެ. އަޅުގަނޑުމެންގެ އެދުމަކީވެސް މިފަދަ ޙަރަކާތްތަކުގެ ސަބަބުން ދެއަވަށުގެ ދެމެދުގައި އުފެދިފަިވާ ވާދަވެރިކަން ނައްތާލެވި އެއްބައިވަންތަ ބައެއްގެ ގޮތުގައި އުޅެ ރަށުގެ ތަރަށްޤީއަށް ފަހި ފުރުޞަތުތަކެއް ލިބިގެން ދިއުމެވެ.
މައި ޞަފްޙާ »
ކުޅިވަރު
» ޚާއްޞަ ފުޓްބޯޅަމެޗެއް ކުޅެފި
ޚާއްޞަ ފުޓްބޯޅަމެޗެއް ކުޅެފި
Friday, March 8, 2013 | 11:03 AM
Labels:
ކުޅިވަރު

Post a Comment