ހަމަނިދި ނުނިދުމުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ބާރު ދަށްވާކަމަށް ދިރާސާ އަކުން ދައްކައިފި އެވެ.
އިނގިރޭސި ވިލާތުގައި ކުރި ދިރާސާއަކުން ދައްކާގޮތުން ހަ ގަޑީރަށްވުރެ މަދުން ނިދާމީހުންގެ ޖީންތަކަށް ބަދަލުތަކެއް އާދެ އެވެ.
މިގޮތުން ހަ ގަޑީރަށްވުރެ މަދުން ނިދާމީހުންނަށް ހަކުރު ބައްޔާއި، ހިތުގެ ބަލިތަކާއި، ފަލަ ބަލި ނުވަތަ “އޮބޭސިޓީ” އަށް ވާރުތަވާ ވުމާއި ހަމަށް ނުނިދުމާ ގުޅުން ހުރިކަމަށްވެސް އެ ދިރާސާއިން ދައްކަ އެވެ.
މިގޮތުން ހަ ގަޑީރަށްވުރެ މަދުން ނިދާމީހުންނަށް ހަކުރު ބައްޔާއި، ހިތުގެ ބަލިތަކާއި، ފަލަ ބަލި ނުވަތަ “އޮބޭސިޓީ” އަށް ވާރުތަވާ ވުމާއި ހަމަށް ނުނިދުމާ ގުޅުން ހުރިކަމަށްވެސް އެ ދިރާސާއިން ދައްކަ އެވެ.
މި ދިރާސާ ހެދުމަށް އިނގިރޭސި ވިލާތުގެ ސައިންސުވެރިންވަނީ 26 މީހަކު
ހައްފްތާއެއް ވަނދެން 10 ގަޑީރަށްވުރެ ގިނައިރު ނިދުމުމަށްފަހު، ލޭގެ
ސާންޕަލް ނައިގެންނާއި، ހަމަ އެމީހުން ހަފްތާއެއް ވަންދެން 6 ގަޑީރަށްވުރެ
މަދުން ނިދުމުންވެސް ލޭގެ ސާންޕަލް ނައިގެން ތަހުލީލުތަކެއް ކޮށްފަ އެވެ.
ނިދީގެ ސަބަބުން، ހަށިގަނޑުގެ ދިޔަަވަރަށާއި، ގުދުރަތުން ހަށިގަނޑުގައި ލައްވާފައިވާ “ގަޑި” އަށް ބަދަލުތަކެއް އާދެ އެވެ.
ދިފާއީ ނިޒާމް
ހަމަ ނިދި ނުނިދުމުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމުގެ މަސައްކަތްތައް ބަލިކަށިވެ، ކަނޑޮބުވުމާއި ‘ޑިޕްރެޝަން ފަދަ ބަލިތަކަށްވެސް މަގުފަހިވެ އެވެ.
ހަމަ ނިދި ނުނިދުމުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމުގެ މަސައްކަތްތައް ބަލިކަށިވެ، ކަނޑޮބުވުމާއި ‘ޑިޕްރެޝަން ފަދަ ބަލިތަކަށްވެސް މަގުފަހިވެ އެވެ.
“ވަރަށް ސާފުކަމެއް އެއީ ނިދުމަކީ ހަށިގަނޑުގެ ސެލްތައް އަލުން
އުފެއްދުމަށާއި. ހަށިގަނޑުގެ ފަންގްޝަންތައް ރަނގަޅަށް މަސައްކަތްކުރުމަށް
އެހީވެދޭކަމެއް. ހަށިގަނޑުގެ ސެލްތައް އަލުން އުފެދުމަށް ހުރަސްއެޅޭނަމަ
އެކަމަކީ މީހާގެ ދުޅަހެޔޮ ކަމަށްވެސް އެޅޭ ހުރަހެއް” މި ރިސާޗު ހެދުމުގައި
އިސްކޮށް މަސައްކަތް ކުރައްވާފައިވާ ޕްރޮފެސަރ ސްމިތް ވިދާޅުވުފައިވެ އެވެ.
އަދި އޭނާ ވިދާޅުވެފައިވަނީ އާންމު ދިރިއުޅުމުގައި އުޅޭ މީހުން
ބައެއްފަހަރު، ސްކޫލު ކުއްޖަކަށްވުރެވެސް މަދުން ނިދާކަން ފާހަގަވެފައިވާ
ކަމަށެވެ.
މިދިރާސާ ތަކުގެ އަލީގައި މަދުން ނިދުމުގެ ސަބަބުން ހަށިގަނޑަށް ދިމާވާ
މައްސަލަތަކަށް ހައްލެއް ގެނެވޭނެގޮތްތަށްވެސް ހޯދުމަށް ސައިންސުވެރިން
އަންނަނީ މަސައްކަތްކުރަމުންނެވެ.

Post a Comment