މައި ޞަފްޙާ » » އިޓަލީގެ ކުރީގެ ބޮޑުވަޒީރު އަވަހާރަވުމާ ގުޅިގެން، އެގައުމުގެ ރައީސަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

އިޓަލީގެ ކުރީގެ ބޮޑުވަޒީރު އަވަހާރަވުމާ ގުޅިގެން، އެގައުމުގެ ރައީސަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

Friday, May 10, 2013 | 1:53 AM

އިޓަލީގެ ކުރީގެ ބޮޑުވަޒީރު ގިއުލިއޯ އެންޑްރިއޯޓީ އަވަހާރަވުމާ ގުޅިގެން، އެގައުމުގެ ރައީސް ޖިއޯޖިއޯ ނަޕޮލިޓާނޯއަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. 

އިޓަލީގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، އެގައުމުގެ ކުރީގެ ބޮޑުވަޒީރު ގިއުލިއޯ އެންޑްރިއޯޓީ އަވަހާރަވި ޚަބަރު އެއްސެވީ، ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެފައިވެއެވެ. އަދި ބޮޑުވަޒީރު އެންޑްރިއޯޓީއަކީ އިޓަލީއަށް އެކި ރޮނގުރޮނގުން ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްގެ ގޮތުގައި އަބަދުވެސް ހަނދާން ކުރެވޭނެ ކަމުގައި ވިދާޅުވެފައިވެއެވެ. ޚާއްސަ ގޮތެއްގައި، އެމަނިކުފާނުގެ ދިގު ސިޔާސީ ޙަޔާތްޕުޅުގައި، އެގައުމަށް ޑިމޮކްރަސީ ގެންނެވުމަށްޓަކައި، ބޮޑުވަޒީރު ގިއުލިއޯ އެންޑްރިއޯޓީ ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާކަން ރައީސް ފާހަގަ ކުރައްވާފައިވެއެވެ.                         

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އިޓަލީގެ ރައީސަށާއި، އެގައުމުގެ ސަރުކާރަށާއި، ރައްޔިތުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި ބޮޑުވަޒީރު ގިއުލިއޯ އެންޑްރިއޯޓީގެ އާއިލާގެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާގެ އިޚްލާސްތެރި ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައިވެއެވެ.
Share this article :

Post a Comment

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews