އެއްދުވަހަކު އަޅުގަނޑުގެ ރައްޓެއްސަކާ މަގުމަތިން ބައްދަލުވެގެން ޙާލު އަހްވާލު އޮޅުންފިލުވާލިތަނާ އަޅުގަނޑުގެ ދޮންބޭބެގެ ނަންބަރުލިބިދާނެތޯ ރަޙްމަތްތެރިޔާ އަޅުގަނޑާ ސުވާލުކުރިއެވެ. އަޅުގަނޑުވެސް އާނއެކޭ ނަމްބަރު ލިބިދާނޭ ފޯނުގަ ޖަހަންވީނޫންހޭ ބުނުމުން
ރަހްމަތްތެރިޔާ: ކުޑަކޮށް ހިނިއައިސްފަހުރެ މަގޭ ފޯނު މިއޮތީ މީގަ ތިނަންބަރު ޖަހާބަލަ ކަލޭމެން ޒުވާނުން ތިކަހަލަ ކަންތަކަށް މޮޅުވާނީ، ބޭބެމެންނަށް އެނގޭނީ އެކޮޅުން ވާހަކަ ދެއްކީމަ ވާހަކަ ދައްކަން
އަޅުގަނޑު: އޭނަ ފޯނު ދިނުމުން ނަމްބަރު ޖަހާލުމަށްފަހު ޑައިލްފިތައް ފިތާލާފަ އަން މިއޮތީ ދޮންބެއަށް ގުޅާފަ އެހެން ބުނުމަށްފަހު ރަޙްމަތްތެރިޔާ އަތަށް ފޯނު ދީފީމެވެ. ހަމަ ދިނުމާއެކު ފޯނު ކަންފަތުގަޖަހާ އިރުކޮޅެއްފަހުން ވާހަކަ ދަށްކަންފެށިއެވެ. އޭނަ ކިޔަނީ ހަމަ އެކަނި ލައްބަ، ލައްބަ، ލައްބަ މިގޮތަށް 3 ފަހަރު ކިޔުމަށްފަހު ފޯނު ކަނޑާލައިފިއެވެ. އޭނަ ފޯނު ކަނޑާލުމުން
އަޅުގަނޑު: ކޮބާ ކީކޭތަ ދޮންބެ ބުނީ؟ މާލޭގަ އެބަހުރިތަ؟
ރަޙްމަތްތެރިޔާ: ނޭނގެ ކިހިނެއްތަ ކަމެއް ސާފުވާނީ ފޯނު ނެގީ އޭނަގެ އަންހެނުން
އަޅުގަނޑު: ދެން އެހެންވިއްޔާ ދޮންބެގެ އަންހެނުންބުނީ ކޯކޭތަ؟
ރަޙްމަތްތެރިޔާ: އޭނަ ދޮގުހެދީ ބުނީ، ” ތިޔަގުޅުއްވި ފޯނުމިވަގުތުވަނީ ނިއްވާލާފަ، ނޫނީ ގުޅޭ ޞަރަޙައްދުން ބޭރުގަ، ފަހުން ގުޅުއްވުން އެދެން،” އޭނަ ކޮންމެ އެއްޗެއްކިޔަސް މަ ބުނީ ލައްބައޭ ބަލަ މަށަށްވެސް އެވަރު އެނގެޔޭ ނިއްވާލާފަ އޮންނަ ފޯނަކުން އަންހެނަކު ވާހަކައެއް ނުދައްކާނެކަން އެންނޫނަސް މަށަކީވެސް މޮޔައެން ނޫންވިއްޔަ އޮޅުވާލެވޭނީވެސް އޮޅުވާލެވޭ ވަރުގެ މީހުނަށް މިހެންބުނެ ރަހުމަތްތެރިޔާ ފޯން ޖީބަށް ލައިފިއެވެ.

Post a Comment