މައި ޞަފްޙާ » » ޕީޕީއެމްގެ ޕްރައިމަރީ ބާތިލްކޮށްދިނުމަށް އެދި އުމަރުގެ އަމިއްލަ ނަމުގައި ސިވިލްކޯޓަށް މައްސަލަ ހުށައަޅައިފި

ޕީޕީއެމްގެ ޕްރައިމަރީ ބާތިލްކޮށްދިނުމަށް އެދި އުމަރުގެ އަމިއްލަ ނަމުގައި ސިވިލްކޯޓަށް މައްސަލަ ހުށައަޅައިފި

Monday, May 6, 2013 | 2:14 PM


ޕީޕީއެމްގެ ޕްރައިމަރީ ބާޠިލްކޮށްދިނުމަށް އެދި، ޕްރައިމަރީގައި ވާދަކުރެއްވި، އުމަރު ނަސީރުގެ ފަރާތުން އޭނާގެ އަމިއްލަނަމުގައި، މިމަހުގެ 5 ވަނަ ދުވަހު ސިވިލްކޯޓަށް، މައްސަލަ ހުށަހަޅައިފިއެވެ.
މީގެކުރިން، ޕީޕީއެމްގެ ޕްރައިމަރީ، ބާޠިލް ކޮށްދިނުމަށް އެދި، ސިވިލްކޯޓަށް، ރަހުމާ ހުށަހެޅި މައްސަލަވަނީ، އެމައްސަލަ ހުށައެޅުމުގެ އިހްތިޔާރު ރަހުމާ އަށް ލިބިގެން ނުވާކަމަށްބުނެ ކޯޓުން ބޭރުކޮށްލާފައެވެ.
ރަހުމާ އަށް މައްސަލަ ހުށައެޅުމުގެ އިޚްތިޔާރު ލިބިގެން ނުވާކަމަށްބުނެ، ކޯޓުން ބޭރުކޮށްލި މައްސަލަ ސިވިލްކޯޓަށް ހުޅަހަޅަމުން ބުނެފައިވަނީ "ޕީޕީއެމްގެ ޕްރައިމަރީގައި ޤާނޫނާއި ޚިލާފަށް ޕާޓީގެ ދަފްދަރުގައި ހިމެނިފައި ނުވާ މީހުންނަށް ވޯޓްލުމުގެ ފުރުސަތު ދީފައިވާތީ، ޕީޕީއެމްގެ ޢާއްމު މެންބަރުންގެ ޙައްޤަށް ގެއްލުންވެފައިވާކަމުގައެވެ. އެހެންކަމުން ޕީޕީއެމުން ބޭއްވި ޕްރައިމަރީއަކީ، ޞައްޙަ ޕްރައިމަރީއެއްކަމަށް ބެލެވޭނެ ޖާގަނެތްކަމަށާއި، އެހެންވެ މިޕްރައިމަރިއަކީ، ބާޠިލް ޕްރައިމަރީއެއްކަމަށް ކަނޑައަޅައިދިނުމަށް އެދޭކަމަށްށެވެ."
ސިވިލް ކޯޓުން ރަހުމާގެ ދަޢުވާ ބޭރުކޮށްލުމުގައި ކުރި ޙުކުމްގައި ބުނެފައިވަނީ"ދަޢުވާ ހުށަހެޅުއްވި ރަހުމާ އަމިއްލަ ހައިސިއްޔަތުން ހުށަހަޅާފައިވާ ދަޢުވާއެއް ކަމުގައިވާއިރު ރަހުމާގެ މުޅި ދަޢުވާ އާއި ދާޢުވާގައި އެދޭ ކަން ކަން ބިނާވެގެން ވަނީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގެ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންނާއި ކަމަށްވާތީ އެދިވަޑައިގެންނެވިގޮތަށް އެމައްސަލަ ނިންމެވެން ނެތްކަމަށް ކަނޑައަޅާކަމަށެވެ."
ޕީޕީއެމްގެ ޕްރައިމަރީ ބާޠިލްކޮށްދިނުމަށް ރަހުމާހުށަހެޅި މައްސަލަ ކޯޓުން ބޭރު ކޮށްލުމުން ޕްރައިމަރީގައި ވާދަކުރެއްވި އުމަރު ނަސީރު އޭނާގެ އަމިއްލަނަމުގައި ކޯޓަށް މައްސަލަ ހުށަހެޅުއްވި އިރު އުމަރުވަނީ ޕީޕީ އެމުން ވަކިކުރަން ނިންމާފައެވެ.

Share this article :

Post a Comment

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews