މައި ޞަފްޙާ » , » މި ސައިޓް ބައްލަވާ ބޭފުޅުންނަށް

މި ސައިޓް ބައްލަވާ ބޭފުޅުންނަށް

Sunday, June 23, 2013 | 1:03 AM

މުޅިރާއްޖެ ފާލަމަކުން ގުޅާލާފައިވާ މަންޒަރު ދައްކައިދޭ، މާދިރީއެއް:ފޮޓޯ އިސްދޫ ލައިވް.ކޮމް
ކިޔުންތެރިންނަށް، ތިޔައިން ކޮންމެ ބޭފުޅަކީވެސް އެކި ސައިޓްތަކުން ތަފާތު އެއްޗެހި ކިޔާ، ގިނަ މަޢުލޫމާތުތަކެއް ހުރި، ދިރިއުޅުމުގައިވެސް ތަފާތު ތަޖްރިބާތަކެއް ކޮށްފައިވާ، އަދި މިހާރުވެސް ތަޖްރިބާތަކެއް ކުރަމުންދާ ބޭފުޅުންނެވެ. ނަމަވެސް ހިތާމަޔަކީ، ތިޔަބޭފުޅުންގެ ޢިލްމާއި، ހުނަރާއި، ލިބިފައިވާ ޤާބިލްކަމާއި، ތަޖުރިބާ އެހެންމީހުންނާއި ޙިއްޞާނުކުރައްވާތީއެވެ. ސަބަބެއްކަމަށްވަނީ، އެފުރުޞަތުވެސް އެންމެންނަށް ފަހިވެފައި ނެތުމެވެ. ނަމަވެސް އަޅުގަނޑުމެންގެ މިސައިޓަކީ، ތިޔައިން ކޮންމެ ބޭފުޅަކަށްވެސް މިދާއިރާއިން ކުރިޔަށްދިއުމަށްއޮތް ރަނުގެ ފުރުޞަތެކެވެ. ކުރައްވަންޖެހޭ ކަމަކީ، ތިޔަބޭފުޅުންގެ ލިޔުންތައް މިސައިޓް ބައްލަވާ ބޭފުޅުންނަށް ޙިއްޞާކުރުމެވެ. މިކަން ކުރުމަށްޓަކައި ލިޔުން ތައްޔާރުކުރެއްވުމަށްފަހު ސީދާ އަޅުގަނޑުމެންނަށް މެއިލް ކޮށްގެންވެސް ސައިޓަށް ލެވިދާނެއެވެ. ނުވަތަ ތިޔައިން ކޮންމެބޭފުޅަކީވެސް މިސައިޓުގެ ލިޔުންތެރިޔަކަށް ވެވިދާނެއެވެ. އެކަމަށްޓަކައި ޖީ. މެއިލްއެއް ހުޅުވުމަށްފަހު އަޅުގަނޑުމެންގެ ސައިޓަށް މެއިލްކޮށް ލުމުން އެފުރުޞަތު އެހުޅުވުނީއެވެ. މިގޮތަށް މެއިލް ފޮނުއްވާއިރު ކޮންބޭފުޅެއްކަން އެނގޭނެ ގޮތަށް އަދި ގުޅޭނެ ނަމްބަރެއްވެސް ޖެއްސެވުމުން މިކަމަށް އަވަސްކަމެއް ލިބިގެން ދާނެއެވެ. މިއީ ތިޔަބޭފުޅުންގެ ސައިޓެކެވެ. މިސައިޓްގައި ހުންނަންވާނީ، ތިޔަބޭފުޅުންގެ ތަނަސް ޚިޔާލުފުޅުތަކާއި، ލިޔުންތަކެވެ. މިފުރުޞަތުގެ ބޭނުން އަވަހަށް ކުރައްވާށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ސައިޓްގެ އެޑިޓަރ އަދި މަސްޢޫލުވެރިޔާ އިބްރާހީމް ހަމީދު 9685454 އާއި ގުޅުއްވާށެވެ. މިވަގުތަކީ، މިސައިޓުގެ ޓެމްޕްލެޓް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ވަގުތަކަށް ވާތީ އިތުރު ލިޔުންތައް ތިޔަބޭފުޅުންނާއި ޙިއްޞާކުރުން މަޑުޖެހިފައިވަނީއެވެ. އެކަމަށްޓަކައި ނިހާޔަތައް މަޢާފަށް އެދެމެވެ. ޝުކުރިއްޔާ!                                     
Share this article :

Post a Comment

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews