މައި ޞަފްޙާ » » ހިތުން ކިޔުން

ހިތުން ކިޔުން

Sunday, June 2, 2013 | 6:06 AM

ޤުރުއާން ކިޔެވުމުގެ މުބާރާތެއްގައި ބައިވެރިވި ކުއްޖަކު ކިޔަވަންޖެހެނީ ނުބަލައެވެ. އެހެން ގޮތަކަށް ބުނާނަމަ ހިތުންނެވެ. ކުއްޖާގެ ނަން ހަމަ ގޮވާލުމާއެކު ރީތިކޮށް ހިނގާފައައިސް ގުރުއަތު ނަންބަރު ނެގިއެވެ. އަދި އެއަށްފަހު ކިޔަވާކުދިން އިށީންނުމަށް ޚާއްޞަކޮށްފައިވާ ގޮނޑީގައި އިށީންނިއެވެ.
ފަނޑިޔާރު: ކުއްޖާ ކިޔަވަންޖެހެނީ ސޫރަރަތުލް ފާތިޙާކަން މުޅި ހޯލަށް އިޢުލާނު ކުރިއެވެ. އަދި ދަރިވަރު ކިޔެވުން ކުރިޔަށް ގެންދިއުމަށް އެދުނެވެ. ނަމަވެސް ފަނޑިޔާރު ތަކުރާރުކޮށް ސުވާލުކުރުމުންވެސް ދަރިވަރުގެ ކިޔެވުމުގެ އަޑެއް ނުއިވުނެވެ.
ފަނޑިޔާރު: ކޮށްކޮއަށް މިސޫރަތް ކިޔަވަން އެނގޭތަ؟
ދަރިވަރު: ލައްބަ އެނގޭތީ ނޫންތޯ އަޅުގަނޑު މިކިޔެވީ
ފަނޑިޔާރު: ދެން ކީއްވެ އެހެންވިއްޔާ ކިޔެވި އަޑުނީވުނީ؟
ދަރިވަރު: ހިތުން ކިޔަވާއިރު އަޑެއް ނީވޭނެ ނޫންތޯ؟ ހޯލުގަ ތިބި އެންމެން ބާރަށް ހޭންފެށިއެވެ.
ފަނޑިޔާރު: ކުޑަކޮށް ހިތް ހަމަ ނުޖެހި ހުންނަވާ ބުނުއްވީ ހިތުން ކިޔެވިއެއްކަމަކު މުބާރާތުގައި ކިޔަވާއިރު އެހެން މީހުންނަށް އަޑު އިވެން ވާނެކަމަށެވެ. މާކްސް ދެވޭނީ އޭރުންނެވެ.
ދަރިވަރު: ފަނޑިޔާރު ވިދާޅުވީމެއްނޫންތޯ؟ މުބާރާތް ފެށިއިރު 100 މާކްސް ދެއްވައިފީމޭ ދެން ކުދިންގެ ކިޔެވުމަށްބަލާ މާކްސް އުނިކުރައްވާނީއޭ
ފަނޑިޔާރު: އެކަމު ތިގޮތަށް އަޑު ނީއްވާ ކިޔެވީމަ ކިހިނެއް މާކްސް އުނިކުރާނީ؟
ދަރިވަރު: ތިޔައީ ފަނޑިޔާރުގެ ކަމެއް އަޅުގަނޑުގެ ކިޔެވުމަށް މާކްސް އުނިނުކުރައްވާކަމަށްވާނަމަ މިހާރު އަޅުގަނޑަށް އެލިބުނީ 100 މާކްސް އެކުގަ ނޫންތޯ؟
ފަނޑިޔާރު: ދެން އެންމެ ރަނގަޅު ދެން ހަދަންވީގޮތް އެނގޭނީ މިތާ މިތިއްބެވި ފަނޑިޔާރުންނަށް
Share this article :

Post a Comment

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews