މާކަނަޔަކު ކަރެއް ބޮލެއް ނެތޭ.......!!!މި ވާހަކަ އަކީ ކުރީ ޒަމާނުގައި ހިނގާފައިވާ ޙާދިސާއެއް ކަމަށް ތުންތުންމަތިން ދެކެވޭ ވާހަކައަކަށް ބިނާކޮށް، ލިޔެފައިވާ ވާހަކައެވެ. ނަމަވެސް ބޭނުންކޮށްފައިވާ ނަންތަކަކީ އަސްލު ނަންތަކެއް ނޫނެވެ.
________________________________________
ރާއްޖެ ދެކެފައިވާ ބަނޑުހައި ހޫނުކަމުގެ ދުވަސްތައް ތަހައްމަލުކޮށްފައިވާ ރައްޔިތުން ތަކެއް އެދުވަސްވަރު ރާއްޖޭގެ ގިނަ ރައްތަކުގައި ދިރިއުޅުނެވެ. ދުވަސްވަރަކީ ވަރަށް މަދުން ނޫނީ ކެއުމުގެ މައިގަނޑު 3 ބާވަތް ކަމަށް ވާ ހަނޑޫ، ހަކުރު އަދި ފުށް ރާއްޖެތެރޭގެ ރަށްރަށުގައި ނުގެންގުޅޭ ދުވަސްވަރެވެ. އާދެ! މިހާރުގެ ޒުވާނުންގެ ބަހުރުވައިން ނަމަ، އެސްޓީއޯ ރޭޓުން ކާޑު ދޫކުރަމުން ދިޔަ ދުވަސްވަރެވެ.
ހައްވަ އާއި އާދަނަކީ ރަށުގެ އެހެން މީހުނެކޭ ވެސް އެއްގޮތަށް ދަނޑުވެރިކަން ކޮށްގެން އެމީހުންގެ ބަނޑުފުރާނަ މުއްތިކޮށް އަދި ދިރިއުޅުމުގެ ބޭނުންތައް ފުއްދަމުން އައި ދެމަފިރިންނެވެ. އާދަނުގެ އާދަ އަކީ ކޮންމެ ދުވަހަކުވެސް ފަތިހު ފަތިސް ނަމާދުން އަވަދިވެގެން ދަނޑަށް ދިއުމެވެ. ނަމަވެސް ދަނޑަށް ދިއުމުގެ ކުރިން އާދަނު ކޮންމެދުވަހަކު ވެސް ހަނދާން ނައްތާނުލާ ވަރަށް ފަރުވާތެރިކަމާއި އެކު ކުރަމުން އަންނަ އެއްކަމެއް އޮވެއެވެ. އެއީ މެންދުރާއި ރޭގަނޑުގެ ނާސްތާ އަށް ވާ ވަރަށް ހަނޑޫ ކާޑް ފޮށިން ނަގާ އާދަނުގެ އަނބި ހައްވަ އާއި ހަވާލުކުރުމެވެ. އަދި ގެއަށް އެނބުރި އައިސް ކާޑުފޮށިން ކާޑް މަދުވޭތޯ ބެލުމެވެ. މިހެން އުޅުމުގެ ތެރޭގައި އާދަނަށް ކާޑް ފޮށިން ކާޑް މަދުވާ ކަމަށް ފާހަގަ ކުރެއްވިއްޖެއެވެ. މިހެންވެ މި ވަނީ ކީއްތޯ ބަލާނެ ރަނގަޅު ގޮތެއް ސިކުނޑީގައި ރާވާލުމަށް ފަހު އެރޭ އޮއްސުނު އިރާއި އެކު އުތުރު އެނދަށްއަރާއޮށޯވެނިދައިފިއެވެ.
އަނެއް ދުވަހު ފަތިހު ފަތިސްނަމާދުން ނިމިގެން ބަދިގެ އަށް ވަދެ ކާޑު ފޮށިން އެ ދުވަހަށް ބޭނުންވާ ވަރަށް ހަނޑޫ ނަގާ ތަގަރި އަކަށް އަޅައި ބަދިގޭ މެދުތެރޭ ބަހައްޓައިފިއެވެ. އެއަށް ފަހު އާދަނު ގެންގުޅޭ ކުޑަވަރެއްގެ ސުތުލި ގޯންޏަކަށް ބޮޑުވަޅި އަކާއި ފެންފުޅިއެއް ލައިގެން ގޯނިކޮނޑަށް އެއްލައިގެން މާމަގުން އުތުރަށް ދަނޑާ ދިމާލަށް އަވަސް ފިޔަވަޅުތަކެއް އަޅަމުން ހިނގައްޖެއެވެ.
ހައްވަ ހެނދުނު ބަދިގެއަށް ވަންތަނާ އާދައިގެ މަތިން މިއަދުވެސް ހައްވަގެ މަންމަ އައިސް ގޭގައި ކާނެ އެއްވެސް އެއްޗެއް ނެތްވާހަކަ އާއި ކޮއްކޮމެން ތިބީ ބަނޑަށް ކަމަށް ބުނުމުން މިއަދުވެސް އެއްކަލަ ކާޑު ފޮށިން ހަނޑޫ ލާއްސެއް ނަގާ ދިނުމަށް ފަހު ދުވަހުގެ މަސައްކަތައިގެން މަސްއޫލުވެއްޖެއެވެ.
މެންދުރުގެ އެންމެ ހޫނުގަދަ ވަގުތެވެ. އާދަނު މެންދުރަށް މަސައްކަތް ހުއްޓުމަށް ފަހު ގެއައް އައި އިރު މީހާ ހުރީ ދާހިއްލާ ފޯވެފައެވެ. ލައިގެން ހުރި ކުކުޅުބިސް ކުލައިގެ ގަންޖުފަރާހުގެ މޭމައްޗަށް ފައިބާފައި ހުރި ރަތްކުޅުތަކުން ވަރަށް މަޖާކޮށް ގަދަޔަށް ދުފާލާފައިވާ ކަން ދޭހަކޮށްދެއެވެ. އަތުގައި އޮތް ގޯނި ގޭ އަސްކެނީގައި ހުރި ކޮޅުފިލާ ގޮނޑިއެއްގެ މަތީގައި ބެހެއްޓުމަށް ފަހު ފުރަތަމަ ވެސް ބަދިގެއަށް ވަދެ އެއްކަލަ ކާޑް ފޮށީގެ މަތިނަގާ ހަނޑޫ އަޅާފަހުރި ޖާޑި ބަލާލިއެވެ. އެއާއި އެކު ދެލޯ މުދުނަށް އަރުވައިގެން ހުރެ މާކަނަޔަކު ކަރެއް ބޮލެއް ނެތޭގޮވާ ހަޅޭ ލަވަމުން ބަދިގެއިން ނިކުމެއްޖެއެވެ. ހައްވަ ވެސް ކުޑަސޮރު ނިންދަވަން އެތެރެގޭ ތެރޭގައި އިނދެފައި އެއް އަތުން ލިބާސް ކޮށިކޮށްލައިގެން ކުޑަ ސޮރު ކޮނޑުމަތީގައި އަޅައިގެން ދެފަޔަށް ލެވުނުހާ ބާރެއްލާފައި ބަދިގެ ފަރާތަށް ނިކުމެއްޖެއެވެ. އޭރުވެސް އާދަނު ދިޔައީ އަޑު ގެ ކޮޅަށް މާކަނަޔަކު ކަރެއް ބޮލެއް ނެތޭގޮވާ ހަޅޭލަވަމުންނެވެ.
ހައްވަ: އާދަނާ ކޮން ހަޅޭކެއްތަ ތިވަނީ...
އާދަނު: އަޅެ ފަހެ ހައްވާ މީހަކު ހައިރާނެއް ނުވާނެތަ ، މާކަނަޔަކު ކަރެއް ބޮލެއް ނެތޭ....
ހައްވަ: ކޮން މާކަނަޔެއްތަ..؟؟؟ އަނެއްކާ މަގޭ އާދަނު މޮޔަ ގޮވަން ފެށީތަ...؟؟؟
ހައްވަގެ ވާހަކަތަކުން އާދަނުގެ ރުޅިގަނޑު ދިއަޔީ ހައްތާހާ ގަދަވަމުންނެވެ.
އާދަނު: މަ މޮޔަވީކީ އެއް ނޫނޭ، އެކަމަކު މަގޭ އަތްފައި ކޮށައިގެން ނިތްކުރިން ދާއޮހޮރުވައިގެން ކޮށްފަ ހުރި ބުރަ މަސައްކަތް މީހުން ވަގަށް ގެންގޮސް ހުސްކޮށްފިއޭ... މާކަނަޔަކު ކަރެއް ބޮލެއް ނެތޭ..... ހައްވަ ނިކަން ބަލާލަބަލާށޭ ހަމަ މާކަނަޔަކު ކަރެއް ބޮލެއް ނެތޭ...؟؟؟
ހައްވަ : ކޮން މާކަނަޔެއް ތަ...؟؟؟ މީހަކު އަންތަރީހެއް ނުވާނެތަ...؟؟؟
އާދަނު އައި ގަދަ ރުޅީގައި ހައްވަގެ އަތުގައި ހިފައިގެން ބަދިގެއަށް ވަދެ ހުޅުވާފައި ހުރި ކާޑު ފޮށީގެ އެތެރޭ ހަނޑޫ އަޅާފައި ހުރި ޖާޑި ހައްވަ އަށް ދައްކައިފިއެވެ. ހަމަ އެއާއި އެކު ހައްވަ ގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. އާދަނު ބުނީ ހަމަ ތެދެކެވެ. މާކަނަޔަކު ކަރެއް ބޮލެއް ނެތެވެ. ހައްވަ ހިނިގަނޑު މައިތިރި ކުރަމުން ވާހަކަދެއްކިއެވެ. އާދަނާ މަށަށް ކިހިނެއްތަ އެނގެނީ އާދަނު މަށަށް ހަނޑޫ ނަގައިދިނުމަށް ފަހު ހަނޑޫ ބާލިދީގެ ހަނޑޫތައް އެއްވަރުކޮށްލާފަ އޭގެ މަތީގަ މާކަނަލެއް ކުރެހިކަމެއް. މަންމަ އައިމަ ހަނޑޫ ލާއްސެއް ދޭންވެގެން މަ ހަނޑޫ ނެގިން ބާލިދީއިން، އެކަމަކު މަށަކަށް ނޭނގެ ހަނޑޫ ނެގި އިރަކު މި ނެގުނީ ކުރަހާފަ އިން މާކަނާގެ ކަރާއި ބޮލާއި ދިމާއިން ކަމެއް... ހައްވަގެ ވާހަކަތައް އިވުމުން އާދަނުވެސް ފިނި ނޭވައެއް ދޫކޮށްލުމަށްފަހު ގިފިއްޔާ ދިމާއަށް ހިނގައި ގަތެވެ. އަދި ހައްވަ ވެސް ދުވަހުގެ މަސައްކަތަށް އެނބުރުނެވެ.
ނިމުނީ....

Post a Comment