ލ. ފޮނަދޫ މެދު އަވަށު މިސްކިތުގައި މިއަދު މެންދުރު ނަމާދު ވަގުތު ނުވަނީސް 11:50 ހުގައި މެންދުރު ނަމާދު ވަގުތު ވީކަމަށް ހީކޮށް އިމާމުމީހާ ބަންގި ގޮވައިފިއެވެ. އަދި 12:10 ގައި ދެވަނަ ބަންގި ގޮވުމަށްފަހު 12:35 ގައި ތިންވަނަ ބަންގިވެސްވަނީ ގޮވައިފައެވެ. މި މިސްކިތުގެ އިމާމަކަށް ހުންނަނީ، ޢަބްދުލްކަރީމް ކިޔާ ލޯފަން މީހަކަށްވާތީ، ބޮޑަށް ޤަބޫލުކުރެވެނީ މިއީ އޮޅިގެން ހިނގާފައިވާ ކަމެއް ކަމަށެވެ. އަދި މިއީ މިފަދަކަމެއް މި އިމާމުގެ ފަރާތުން ފެނުނު ފުރަތަމަ ފަހަރު ކަމަށްވެސް އެރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ. ކޮންމެއަކަސް މިސްކިތުގައި ބަންގި ގޮވަންޖެހެނީ ވަގުތު ޖެހުމުންކަން އެންމެންނަށްވެސް އެނގެއެވެ. މިއީ އިންސާނުންނަށްވީތީ ދިމާވާނެ ކަންތައްތަކެވެ. ދެރަކަމަކީ، މިކަންކަމާމެދު މީހުން ސަމާލު ނުވާކަމެވެ. ދަންނަބޭކަލުންނަށްވެސް ކުށްކުރެވޭކަމާއި، ހުރިހާ އިންސާނުންނަކީވެސް، ކުށް ކުރެވޭ ބަޔެއްކަން ހަނދާކުރަން ވާނެއެވެ. އަޅުގަނޑުމެން އެދެނީ މިފަދަ ކަންތައްތައް ތަކުރާރު ނުވުމެވެ. މިވާހަކަ މިގެނެސްދިނީ މިފަދަ ކަންތަކާމެދު މީހުން ހޭލުންތެރިވެ ވަގުތަށް ސަމާލުކަންދިނުމަށް ހަނދާންކޮށްދިނުމުގެ ބޭނުމުގައެވެ.
މައި ޞަފްޙާ »
މަޢުލޫމާތު
» މެންދުރު ވަގުތު މިސްކިތުން ތިންބަންގި ގޮވައިފި
މެންދުރު ވަގުތު މިސްކިތުން ތިންބަންގި ގޮވައިފި
Friday, June 7, 2013 | 7:38 AM
Labels:
މަޢުލޫމާތު

Post a Comment