ގެޔަކީ މައްޗަންގޮޅީގެ މާފަންނާ ގުޅުނު ހިސާބުގެ ގެއެކެވެ. ދުވަސްވަރަކީ ގާތްގަނޑަކަށް މުހައްމަދު ފަރީދުގެ ރަސްކަމުގެ ފަހުކޮޅެވެ
ހަސަންފުޅު އިރު އޮއްސުނުތަނާ އާދައިގެ މަތީން ގެޔަށް އަތުވެއްޖެ އެވެ. އަވަސް އަވަހަށް ގިފިއްޔަށްވެދެ ފެން ވަރައިގެން ނިކުންނަށް ވާއިރަށް ހަލީމާ ފުޅު ސައި ހަދައި ދީފިއެވެ. ސައިބޯން އިށީންތަނާ ތިން އަހަރަށް ދާ ކުޑަކުޑަ ލަތީފާ ދުވެލާފައި އައިސް ބައްޕަގެ އުގަށް އެރިއެވެ
އަހަރެންވެސް ސައިބޯނަން ”އޭނާ ތުއްތުއަޑަކުން ގޮވާލިއެވެ. ދެބަފައިން ސައިބޮއި ނިމުމުން ހަލީމާފުޅު ލަތީފާ ގޮވައިގެން ގިފިއްޔަށްވަދެ ރީތިކޮށްލައިގެން ނިކުމެ އޭނާ ނިންދަވައިފިއެވެ. އޭރު ހަސަން ފުޅު ބޭރުގައި ހުރި ޖޭމްގަހުގައި އެލުވާފައިވާ ބޮޑު އުދޯލީގައި އޮތެވެ. ހަލީމާފުޅުވެސް ލަތީފާ ނިދުމުން ނިކުމެ ދެމީހުން ދިރިއުޅުމާބެހޭ ކަންކަމާ މަސްވަރާ ކޮށްލަން ތިބެފައި 8:30 ހާއިރު ގެޔަށްވަދެ ރޭގަނޑުގެ ކެއުމަށް ތައްޔާރު ކޮށްލިއެވެ. ދެމީހުން ވަރަށް ހަމަ ޖެހިލައިގެން ތިބެ ކައިނިމިގެން ތަށިތައް ހިފައިގެން ހަލީމާފުޅު ދިޔައީ ގިފިލީ ވަޅުދޮށަށް އެތަކެތި ދޮންނާށެވެ. ހަސަން ފުޅު ދުފާތަބައް ނަގައިގެން ފޯއްކޮޅެއް އަގަޔަށްލީތަނާ ގިފިލިން ވަރަށް ބާރަށް ގޮވާލި އަޑު އިވުނެވެ.
” އަސްތާ ހަސަން ފުޅާ މަގޭ ދަރިފުޅު ލަތީފާ މަރުވަނީއޭ.. އަވަހަށް އާދެބަލާ! ”
ހަސަން ފުޅު ބަލާކަށް ނުހުރެ ގިފިއްޔާ ދިމާލަށް ދުވެފައި ދެވުނު ގޮތެއްވެސް ނޭނގުނެވެ. ” ކިހިނެއްވީ ކިހިނެއްވީ ” ހަސަންފުޅު ގޮވާލުމުން ހަލީމާފުޅަށް އަގައިން އަޑެއްވެސް ބޭރެއް ނުވެއެވެ. އިސާރާތުން ދައްކަނީ ވަޅުތެރެއެވެ. ބަލާކަށް ނުހުރެ ދުވެފައިގޮސް ހަސަން ފުޅު ވަޅުތެރެޔަށް ފުންމާލިއެވެ. އޭރު ވަޅުތެރޭގައި އޭނާގެ ދަރިފުޅު ބަކަތަޅަނީއެވެ.
ހަސަން ފުޅުގޮސް ވަޅުގެ ފެން ގަނޑުގައި ޖެހުމާއެކު ވަޅުން ފުންމައިގެން އެރި އެއްޗެއް ހަސަން ފުޅުގެ މުޅި މޫނުގަޔާ ލޮލުގައި ވަކިއަޅައިގަތުމުން ލޮލެއް ނުހުޅުވުނެވެ. އޭރުވެސް އެ އެއްޗަކު މުޅިގައިގާ ވަކިއަޅަމުން ދެއެވެ. އެތައް އިރަކުން އެއެއްޗެއް ބޯމައްޗަށްއަރާ ފުންމައިގެންގޮސް ވަޅުން އެރިވަގުތު ހަލީމާފުޅުގެ ގައިގާވެސް ވަކިއަޅާފައި ނިކުމެގެން ރައްކާވެއްޖެއެވެ. އެއީ ފުދޭވަރެއްގެ ސައިޒުން ބޮޑު ބުޅަލެކެވެ. ހިސަބުގަނޑުގެ މީހުނަށް އެގޭ ގިފިލީގައި އަޑުފައްގަނޑު ގަދަވެގެން އަވަސް އަވަހަށް އައިރު ހަލީމާފުޅު އޮތީ ބިރުންގޮސް ޚަބަރު ހުސްވެފައެވެ. ދެތިންމީހުންވެގެން ހަސަން ފުޅު ވަޅުން ނެގިއިރު އެފަކީރުގެ މޫނުގަޔާ މޭމަތީގަޔާ ހަމެއް ނެތެވެ. ކުޑަކުޑަ ލަތީފާ ހަމަ އަރާމުގައި އޭނާގެ އެނދުގައި ރީތިކޮށް ނިދާލާފައި އޮތެވެ.

Post a Comment