މައި ޞަފްޙާ » » ފުލުހުންގެ އިދާރީ މަސައްކަތް ކުރާނެ އާންމު 75 މީހުން ހޯދަން އިއުލާންކޮށްފި

ފުލުހުންގެ އިދާރީ މަސައްކަތް ކުރާނެ އާންމު 75 މީހުން ހޯދަން އިއުލާންކޮށްފި

Tuesday, June 25, 2013 | 8:17 AM

ފުލުހުންގެ ތެރޭގައި ސިވިލް މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހުރި 75 މީހަކު ހޯދުމަށް އިޢުލާންކޮށްފި އެވެ.

ފުލުހުންގެ އިދާރާއިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ އާއްމުންގެ ތެރެއިން ފުލުހުންގެ އިދާރާގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ މުއްދަތު މިމަހުގެ 23 ފެށިގެން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ސިވިލް މުވައްޒަފުންގެ ގޮތުގައި ފުލުހުންގެ އިދާރާ އަށް ހޯދުމަށް އިޢުލާންކޮށްފައިވާ 75 މީހުން މަސައްކަތް ކުރަމުން ގެންދާނީ ފުލުހުންގެ އިދާރީ މަސައްކަތްތައް ކުރުމުގައި ކަމަށާއި އެމީހުން އެއްވެސް ވަރަކަށް ފުލުހުންގެ ރަސްމީ އޮޕަރޭޝަންތަކުގައި ބައިވެރިނުވާނެ ކަމަށެވެ.

ސިވިލް ސާވަންޓުންގެ ގޮތުގައި ހަރަކާތްތެރިވާ އެ މުވައްޒަފުންނަށް ފުލުހުނަށް ލިބިދޭ އިނާޔަތްތައް ނުލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސިވިލް މުވައްޒަަފުން ވެއްދުމުގެ ބޭނުމަކީ މިހާރު ފުލުހުންގެ އިދާރާގައި އިދާރީ މަސައްކަތް ކުރަމުން އަންނަ ފުލުހުން ފުލުހުންގެ އޮޕަރޭޝަންތަކަށް ނެރުން، ސިވިލް މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފުލުހުންނަށް ލިބިދޭ ހުރިހާ އިނާޔަތްތަކެއް ނުލިބޭނެ. މިސާލަކަށް ފުލުސް މީހާގެ އަނބިދަރިންނަށް ބޭސްކުރުމުގެ ކަންތައްތައް ފުލުހުންގެ އިދާރާ އިން ކޮށްދިން ނަމަވެސް ސިވިލް މުވައްޒަފަށް އެ އިނާޔަތެއް ނޯންނާނެ. އަދި އެ މުވައްޒަފުން މަސައްކަތް ކުރާނީ ޔުނީފާމެއް ނެތި،" އޮފިޝަލް ވިދާޅުވި އެވެ.

އެ ވަޒީފާ އަށް ކުރިމަތި ލުމުގެ ޝަރުތުތަކުގެ ތެރޭގައި ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި މަނާ ކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުމާއި ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހަކު ކަމުގައި ވެގެންނުވާނެ ކަމަށް ބުނެފައިވެ އެވެ.
Share this article :

Post a Comment

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews