މައި ޞަފްޙާ » » ގޮތް ނޭނގޭ ޕާރުސަލް

ގޮތް ނޭނގޭ ޕާރުސަލް

Saturday, July 6, 2013 | 7:46 AM

އަޅުގަނޑުގެ ވަރަށް ގާތް ރައްޓެއްސަކަށް މިދިޔަ ހަފްތާގައި ދިމާވިކަމެކެވެ. އޭނާ ވަޒީފާ އަދާކުރަނީ ޖެހިގެންއޮންނަ ރަށުގައެވެ. ފެރީއަށްއަރާ ފުރަން ތައްޔާރުވެލިތަނާ މީހަކުއޭނާގެ ރައްޓެއްސަކަށް ދިނުމަށް ޙަވާލުކުރި ޕާރުސަލެކެވެ. އެ ޕާރުސަލް ޙަވާލުކުރުމަށްފަހު އޭގައިހުރީ ކޮންއެއްޗެއްކަމެއް ނުބުނެއެވެ. އަދި ރަޙްމަތްތެރިޔާވެސް އޭގައިހުރީ ކޮން އެއްޗެއްތޯ ނާހައެވެ. އެހެންކަމުން އެރަށަށްދުރުވެ، އޮފީހުގެ ވެރިމީހާއަށް ޚާއްޞަކޮށްފައިވާ ކޮޓަރީގައި އެއްކަލަ ޕާރުސަލް ރައްކާކުރިއެވެ. އެއީ އޭގެ ވެރިމީހާ އެބަލައިނާންނާތީއެވެ. ކޮންމެއަކަސް އެދުވަހު އޮފީސް ނިމޭގަޑިޖެހުނުއިރުވެސް އެއްކަލަޕާރުސަލްބަލައި އޭގެ ވެރިމީހާއަކަށް ނާދެވުނެއެވެ. އެހެންކަމުން ކޮޓަރީގައި ޕާރުސަލް ބެހެއްޓުމަށްފަހު ރަޙްމަތްތެރިޔާ އެނބުރި ރަށަށް ދުރުވީއެވެ. އަނެއްދުވަހުއޮފީހަށް ނުކުންނަވަންވެގެން އެރަށަށްދުރުވެ ކޮޓަރިއަށް ވެންނެވިއިރު ވަރަށް ޒާތެއްގެ ކުނިވަހެއް ކޮޓަރިތެރޭގައި ހުރުމުން ވަރަށް ބޮޑަށް ހޯދާ ބެލިއިރުވެސް އެކުނިވަސް ދުވަނީ ކޮން އެއްޗަކުންކަމެއް ފާހަގައެއް ނުކުރެވުނެވެ. އެހެންކަމުން އެއީ ކަކުނި ނުވަތަ އެނޫންވެސް އެއްޗެއް މަރުވެގެން ދުވާ ވަހެއްކަމަށް ނިންމެވިއެވެ. އަދި އޮފީހަށް ނުކުމެ އިންނަވަނިކޮށް އެއްކަލަ ޕާރުސަލްގެ ވެރިމީހާ އޮފީހަށްއައިސް ވެރިމީހާޔާ ބައްދަލުކޮށް އެޕާރުސަލް ކޮބައިތޯ ސުވާލުކޮށްފިއެވެ.  
ރަޙްމަތްތެރިޔާ: ކަލޭ އިއްޔެގަ އެބަލައިނައިމަ އަހަރެން ހުންނާނެ ކޮޓަރީގަ ބަހައްޓާފަ އެއީ މީހަކު ޙަވާލުކުރި އަމާނާތެއްވިއްޔާ                                          
ޕާރުސަލްގެ ވެރިޔާ: ވަރަށް ހިނިއައިސްފަ އާނއާނ މީހުންދޭ އަމާނާތް ޖެހޭނެ ރަށްކާކުރަން އެކަމު އެއީ ކޮން އެއްޗެއްތޯ އޭނާކުރެން އެހިންތަ؟                                
ރަޙްމަތްތެރިޔާ: ނޫން ނާހަން އެހެންނޫނަސް އޭނަދޯ ބުނަންޖެހޭނީ މީ މިވެނި އެއްޗެކޭ
ޕާރުސަލްގެ ވެރިޔާ: ދެން އެންމެ ރަނގަޅު އިއްޔެގަ ނުލިބުނީމަ ތީގެ ބޭނުން މިހާރަކު ނުކުރެވޭނެ، އެމީހާ ގުޅާފަ ބުނި ތިޔަ ޕާރުސަލް ޙަވާލުކުރިވާހަކަވެސް، އެކަމު ގޭމީހުން ބަލިވެ އުޅޭތީ ބަލާނާދެވުނީ ތިވީގޮތް ވަރަށް ދެރަ                            
ރަޙްމަތްތެރިޔާ: ދެންހިނގާ އެބަލައިދަމާ، މިހެން ބުނުމަށްފަހު ދެމީހުން އެކުގައިގޮސް ކޮޓަރިއަށް ވަދެ ޕާރުސަލް ދޭންވެގެން އެއާ ކައިރިވެލިއިރު އެއްކަލަ ކުނިވަސް ދުވަނީ ޕާރުސަލުންކަން ޔަޤީންވެއްޖެއެވެ. މީ ކޯއްޗެއްތަ؟ މީގެއިން ކުނިވަސް ދުވާހެން ހީވަނީ                 
ޕާރުސަލްގެ ވެރިޔާ: އާނ ތީ އިއްޔެގަ މަހެއްބާނަން ދާންކަމަށް ކަރު ގޮހޮރު ކޮޅެއް ފޮނުވާށޭ ބުނީމަ އޭނަ ފޮނުވި ކަރު ގޮހޮރު ކޮޅެއް                                   
ރަޙްމަތްތެރިޔާ: ދެން އެކަމު މިކަހަލަ ތަކެތި މީހުންނާ ޙަވާލުކުރާއިރު ބުނަންވާނެދޯ؟ މުޅި ތަނުންވެސް ދުވަނީ ކުނިވަސް، ކިހާ ދެރަކަމެއްމީ ދެންވެސް ތިކަހަލަ ކަންތައް މީހުންލައްވާ ނުކުރުވާތި މިހެންބުނެ ވަރަށް ނަޞޭޙަތްތެރި ވިއެވެ.                    
ކޮންމެއަކަސް ދެދުވަސްވަންދެން ފޮރުވައިގެން ގެންގުޅުނީ ކަރު ގޮހޮރު ކަން މި އެނގުނީ އަދި ކިރިޔާއެވެ.                                                     

Share this article :

Post a Comment

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews