އެއާޕޯޓު އޮފީސް (ހ) އަކީ ހުޅުލޭ އެއާޕޯޓު ހެދުމުގެ މަސައްކަތް ހިންގި
އޮފީހެވެ. މި އޮފީސް ވަޒީރުލް އައުޒަމް އޮފީހުގެ ދަށުގައި ހުރި
ދުވަސްވަރުގެ ވަރަށް މަޖާ ވާހަކައެއް އަޅުގަނޑުގެ ރައްޓެއްސަކު
ކިޔައިދިނެވެ.
އެދުވަސްވަރު މާލޭގެ އިއްޒަތްތެރި ބޭފުޅަކު ހުޅުލެއަށް އަރައިވަޑައިގަތުމުގެ ފާހެއް ބޭނުންފުޅުވެގެން ވަޒީރުލް އައުޒަމުގެ އޮފީހުގެ ބޭފުޅެއްގެ އަރިހުގައި ދަންނަވާފައި އެފާސް ބަލައި، ކުއްޖަކު ފޮނުއްވައިފި އެވެ. މިފޮނުއްވި ވަގުތަކީ އެއާޕޯޓު އޮފީހުގެ މަސައްކަތު މީހެއްގެ ވަޒީފާ ދެއްވަން ނިންމެވި ކުއްޖާ ވެސް އެތަނަށް އަންނަން އަންގަވާފައިވާ ވަގުތެވެ. ނަމަވެސް އެގަޑި ޖެހުނުއިރު މަސައްކަތު މީހެއްގެ ވަޒީފާ ލިބެންވީ ކުއްޖާ ނައިސް އުޅެނިކޮށް އެއާޕޯޓަށް އެރުމުގެ ފާސް ހޯއްދަވަން އެބޭފުޅާ ފޮނުއްވި ކުއްޖާ އައިސް އެ އޮފީހަށް ވަދެއްޖެ އެވެ.
އޭރު އޮތީ ވަޒީފާއާ ބެހޭ ބައިގެ ވެރިޔާ ސެކްރެޓަރީ ގާތުގައި އެއާޕޯޓު ވަޒީފާ އަށް ހަމަޖެހުނު ކުއްޖާ މިހާރު އަންނާނެޔޭ ވިދާޅުވެފަ އެވެ. ވީމާ އޭނާ އައިމާ އޭނާ އަވަހަށް އެއާޕޯޓު އޮފީހަށް ފޮނުވާދޭށޭ ވެސް ވިދާޅުވެފަ އެވެ. ވެރިޔާގެ މި އޯޑަރު އައިމާ ސެކްރެޓަރީ ލަސްނުކޮށް ތިރިޔަށް ފޭބިއިރު ކުއްޖާ އިނީ އައިހެވެ.
އެހެންކަމުން އެންމެ އަވަހަށް ހުޅުލެ އަށް ދާން ތައްޔާރުވެފައި އޮތް "ސީމާސްޓަރު"ން އޭނާ ހުޅުލެއަށް ފޮނުވާލާފައި އެއާޕޯޓު އޮފީހުގައި ވެސް އެވާހަކަ ދަންނަވައިފި އެވެ.
ސީމާސްޓަރު ހުޅުލެއަށް ލެފުމާ އެކު އެއާޕޯޓު އޮފީހުން އޭނަޔާ ހަވާލުވާންވީ މީހާ އެތަނަށް އައިސް ހުއްޓެވެ. އޭނާ ހަމަ ފެނުމާ އެކު ވަގުތުން އޭނަޔާ ހަވާލުވެ އޭނާ އޮފީހަށް ގެންގޮސްފި އެވެ.
ދެން ސެކްރެޓަރީ އޭނާ ގޮވައިގެން އައިސް ސަރުދާރަށް ގޮވާލައިފި އެވެ. ސެކްރެޓަރީ ސަރުދާރު ގާތުގައި ބުންޏެވެ. "މިހިރީ އޭނާ އައިހެވެ. މީނާ ގޮވައިގެން ގުދަނަށް ގޮސް ދެން ކުރަން ހުރި ކަންތައް ކުރުވާށެވެ."
މިކުއްޖާ ހިތަށްއެރި އެވެ. މިދެން އެހައި ބޮޑު ކަމެއް ހެއްޔެވެ؟ މިއައީ މިތަނުން ލިބޭ ކުޑަކުޑަ އެއްޗެއް ބަލާ ވިއްޔާ އެވެ. އަޖައިބުވެ އަންތަރީސްވެއްޖެ އެވެ. އެފާސް އެމީހުން ގެނެސް އަހަރެން އަތަށް ދެނިކޮށް އެ ނިމުނީ ނޫން ހެއްޔެވެ؟ މިގޮތަށް ދިގުދަންމަދަންމާ ތިބުމުގެ ބޭނުމަކީ ދެން ކޮބައިބާވަ އެވެ؟
މީނާ ހުރީ ހިތާހިތުން މިބަހުސް ކުރާށެވެ. މިހާރު ގޮތަށް ބުނާ ނަމަ ނޭނގި ނަމަވެސް އޭނަޔަށް ހުރެވުނުކަމަށްވީ މިހާރު 'ހަނުހުރުމޭ' މިކިޔާ ގޮތަށެވެ. މިބަހުސް ކުރަން ހުއްޓާ ސަރުދާރު އައިސް މީނާއަށް ހަނާއަޅައިލާ އެކޮޅަށް އައުމަށް ގޮވާލައިފި އެވެ. މީނާ ވެސް އޮޅުކޮށްގެން ގެންގުޅޭ އެއްޗެއް ފަދައިން އޭނާ ފަހަތުން ހިނގަމުން ހިނގަމުން ހިނގައްޖެ އެވެ.
ދެން އެދިޔަ ގޮތަށް ގޮސް ވެއްދީ ގުދަނަކަށެވެ. ސަރުދާރު ބުންޏެވެ: "މިއޮތް ދެހަންދަރު ބަސްތާ އުފުލޭތޯ ބަލާބަލާށެވެ." (އެދުވަސްވަރު މަސައްކަތު މީހުން ލައްވާ މީހުން ހޮވަނީ މި ބަސްތާ އުފުލުވައިގެންނެވެ.)
އެވަގުތު އޭނާ ރުޅިއަރައިގެންފައި ބުންޏެވެ: "އެފާސް ލިބޭނީ ދެ ހަންދަރު ބަސްތާ އަހަރެން އުފުލައިގެން ކަމަށް ވަނީ ވިއްޔާ އެބޭފުޅާ ވިދާޅުވިޔަސް އަހަރެން ތިޔަ ގެންދާކަށް ބޭނުމެއް ނޫނެވެ."
ސަރުދާރު ހައިރާންވެފައި އަހާލި އެވެ: "ތިޔަދައްކަނީ ކޮން ފާހެއްގެ ވާހަކައެއް ހެއްޔެވެ؟ ތިޔައީ މިތާ މަސައްކަތު މީހަކަށް އައި މީހެއް ނޫން ހެއްޔެވެ؟"
އޭނާ ބުންޏެވެ: "އާނއެކެވެ. އަހަރެން އައީ މަސައްކަތު މީހަކަށް ނޫނެވެ. އަހަންނަކީ މިވެނި ބޭފުޅަކު ވިދާޅުވެގެން އެއާޕޯޓަށް އެރުމުގެ ފާހެއް ހޯދަން އައި މީހެކެވެ."

މަޞްދަރު: ހަވީރު

Post a Comment