މައި ޞަފްޙާ » » ތިން ބޭފުޅުންނަށްވެސް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަން

ތިން ބޭފުޅުންނަށްވެސް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަން

Thursday, November 14, 2013 | 7:33 AM

އިއްޔެ ހުވާކުރެއްވި ލ. އަތޮޅުގެ 3 މެޖިސްޓްރޭޓުން - ކ-ވ: މުޙައްމަދު މުނާޒް، އިސްމާޢީލް މާހިރު، އަޙްމަދު ނިޔާޒް

ނޮވެމްބަރ 7 ގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން މެޖިސްޓްރޭޓްކަމުގެ މަޤާމަށް ޢައްޔަނުކުރެއްވި 11 ބޭފުޅުން ހުވާކުރެއްވުމާ، ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވައިފި އެވެ.

މެޖިސްޓްރޭޓް ކޯޓުތަކަށް މެޖިސްޓްރޭޓުން ހޯދުމަށް ކުރެވުނު ނަންބަރު C/1/2013/10195(19 އޯގަސްޓް 2013) އިޢުލާނާ ގުޅިގެން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެގެން އެކަމަށްޓަކައި ކަނޑައަޅާފައިވާ ކޮމެޓީން އިންޓަވިއުކޮށް ކޮމިޝަނަށް ހުށަހެޅި ހުށަހެޅުމަށް ރިޢާޔަތްކޮށް، އެދިވަޑައިގެންފައިވާ ބޭފުޅުންގެ ތެރެއިން 11 ބޭފުޅުން ހުވާކުރެއްވުމާ، ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވައިފިއެވެ.

އިއްޔެ ހުވާކުރެއްވި ބޭފުޅުންގެ ތެރެއިން ލ. އަތޮޅުގެ 3 ބޭފުޅުންނަކީ:- ލ.މާވަށު މެޖިސްޓްރޭޓް ކޯޓުގެ  އިސްމެޖިސްޓްރޭޓް ކަމުގެ މަޤާމަށް ހަޖައްސާފައިވާ ލ. މާވަށު އެންދެރިމާގޭ އިސްމާޢީލް މާހިރު އާއި، ތ.ކިނބިދޫ މެޖިސްޓްރޭޓް ކޯޓުގެ  އިސްމެޖިސްޓްރޭޓް ކަމުގެ މަޤާމަށް ހަމަޖައްސާފައިވާ ލ. އިސްދޫ މުރިނގު މުޙައްމަދު މުނާޒް އާއި ތ.މަޑިފުށި މެޖިސްޓްރޭޓް ކޯޓުގެ  އިސްމެޖިސްޓްރޭޓް ކަމުގެ މަޤާމަށް ހަމަޖައްސާފައިވާ ލ. އިސްދޫ ޒުނޯރިޔާ އަޙްމަދު ނިޔާޒް އެވެ.

މިކަމަށްޓަކައި އިއްޔެ ހަވީރު ބޭއްވި ޙާއްޞަ ރަސްމިއްޔާތުގައި މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓް ކަމުގެ މަޤަށް އައްޔަންކުރެވި ބޭފުޅުންނަށް މަޤާމުގެ ހުވާލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފެވެ. އަދި އެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅުދެއްވީ މިރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައީސުލް ޖުމްހޫރިއްޔާ އައްޔަނު ކުރައްވާފައިވާ މެންބަރު އަލްއުސްތާޛާ ލަޠީފާ ޤާސިމް އެވެ.

މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނާ ދެއްކެވި ވާހަކަ ފުޅުގައި ފަނޑިޔާރުންގެ ޒިންމާއާ މަސްއޫލިއްޔަތަކީ ބޮޑު މަސްއޫލިއްޔަތެއްކަމާއި، އެހެންކަމުން ކޯޓުތަކުގެ ހައިބަތާއި ގަދަރަށް އުނިކަން ނާންނާނެފަދަ ގޮތަކަށް ފަނޑިޔާރުންގެ ޢަމަލުތައް ބެހެއްޓުމަށް ގޮވާލެއްވިއެވެ. މިރަސްމިއްޔާތުގައި ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި ފަނޑިޔާރުންގެ މަސައްކަތަކީ ގޮންޖެހުންތައް ގިނަ މަސައްކަތެއްކަމާއި އެހެންނަމަވެސް އެ ވާޖިބު އަދާކުރަންވަނީ ކެއްތެރިކަމާ އިޚްލާސްތެރިކަމާއެކުގައި ކަމުގައި ވިދާޅުވިއެވެ.
Share this article :

Post a Comment

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews