މައި ޞަފްޙާ » » ޏަމް ޏަމް 1

ޏަމް ޏަމް 1

Friday, March 15, 2013 | 8:00 PM

ލިޔުނީ:މަރްޔަމް މިބައިގައި މިގެނސްދެނީ ޢުމުރުން 6 މަހާއި، 1 އަހަރާއި ދެމެދުގެ ކުދިންނަށް ކާންދޭން ތައްޔާރުކޮށްފައިވާ ރެސިޕީތަކެކެވެ.
ފުޅި ފުޅިއާއި ދަޅުދަޅުގައި ހުންނަ ތައްޔާރީ ކާނާގެ ބަދަލުގައި ޚަރަދު ކުޑަކޮށް އަލުގަނޑުމެންނަށް ފަސޭހައިން ލިބެން ހުންނަ ބާވަތްތައް ބޭނުންކޮށްގެން ތުއްތު ދަރިފުޅުގެ ހަށިގަނޑަށް ބޭނުންވާ ބައިތައް ހިމެނޭގޮތަށް ކާނާ ތައްޔާރުކޮށްދިނުމަކީ ވަރަށް މުޙިއްމު ކަމެކެވެ. އެގޮތުން މިބައިގައި މިގެނެސްދޭ ކާނާތަކުގައި ތުއްތު ދަރިފުޅަށް ކޮންމެހެން ބޭނުންވާ ބައެއް ބާވަތްތައް ހިމަނާފައި ވާނެއެވެ.                             
މިކާނާ ތައްޔާރުކުރާއިރު ނުވަތަ ކައްކާއިރު ބަލާނީ ވީހާވެސް މަދުން ފެންއަޅައިގެން ކިރިޔާ ރޯފިލާވަރުގެ ފެންފޮދެއްގައި ކެއްކޭތޯއެވެ. އެއީ ފެންގަނޑުގެ ތެރެއަށް ތަރުކާރީކޮޅުގައިވާ ވިޓަމިންކޮޅު ދާނެތީއެވެ. ޗަސްކުރާއިރު ރަނގަޅަށް އޮމާންވާވަރަށްވުރެ ހިކިނަމަ ކެއްކި ފެންފޮދެއް ނުވަތަ މިނެރަލް ވޯޓަރފޮދެއް އަޅާލާށެވެ.                                  
ކައްކާއިރު އަބަދުވެސް ބަލާނީ ޢާއްމުކޮށް ތުއްތު ދަރިފުޅަށް އެއްފަހަރަށް ނުވަތަ ދެފަހަރަށް ކާންދޭވަރުގެ އެތިކޮޅެއް ކެއްކޭތޯއެވެ. އެއީ ގިނައިން ކައްކާފައި ބާކީ ގިނައިރުވުމުން ތާޒާކަން ކެނޑޭނެތީއެވެ. އަދި ކާށި ކިރު އަޅާ ބާވަތައް ކައްކާނީ 1 ފަހަރަށް ވާވަރަށެވެ.          
      
ބަރަބޯ ބަކުން 1
ބޭނުންވާ ތަކެތި
¼ ޖޯޑު  ހަނޑޫ (ދޮވެފައި)
1 އިންޗީގެ 2 ބަރަބޯކޮޅު (ކޮށާފައި)
3 ގްރީން ބީންސް (ފެހިތޮޅި) (ކުދި ކުދިކޮށް ކޮށާފައި)
1 އަލުވި (ކުޑަ) (ކުދި ކުދިކޮށް ކޮށާފައި)
2 އިންޗީގެ ކުކުޅުމަސްކޮޅެއް(ހިމުންކޮށް ކޮށާފައި)
ތައްޔާރުކުރާނެގޮތް
ކުޑަ ކުޑަ ތެއްޔަކަށް ފެންފޮދެއް އަޅާފައި އުނދުންމައްޗަށްލާ އެފެންފޮދު ކެކިގަތުމުން ހުރިހާ ބާވަތްތައް އެއްކޮށް އަޅާފައި ރަނގަޅަށް ރޯފިލަންދެން ކަށްކާށެވެ. (ފެން އަޅާނީ ފެން ގިނަނުވެ ރޯފިލާ ވަރަށެވެ.) ދެން ބޭބ ފުޑް މިކްސަރުން ފުނޑުކޮށްފައި ތުއްތު ދަރިފުޅަށް ކާންދޭށެވެ. (މުގުރާއިރު ހިކޭގޮތް ވާނަމަ މިނެރަލް ވޯޓަރ ފޮދެއް ނުވަތަ ކެއްކި ފެންފޮދެއް އަޅާފައި ސަމުސަލުން ފަސޭހައިން ކާންދެވޭވަރަށް ބަހައްޓާށެވެ.) ބާކީ ހުރި ނަމަ ފުޅި އަކަށް ނުވަތަ މަތި ޖެހި އެއްޗަކަށް އެޅުމަށްފަހު ފްރިޖްގައި ބަހައްޓާށެވެ.
Share this article :

Post a Comment

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews