ލިޔުނީ: އެޗް. ޑީ އިސްދޫ ސްކޫލްގެ ދަރިވަރުންގެ ޖަމްޢިއްޔާއާއި، ޕްރިފެކްޓް ބޯޑް 2013 ވަނައަހަރަށް
އިފްތިތާޙް ކޮށްފިއެވެ.


މިކަމަށްޓަކައި އިސްދޫ ސްކޫލްގައި މިރޭވަނީ ޚާއްޞަ
ޖަލްސާއެއް ބާއްވާފައެވެ. މިޖަލްސާގެ ޝަރަފްވެރި މެޙްމާނަކީ، އިސްދޫ ކަލައިދޫ
ސްކޫލްގެ ޕްރިންސްޕަލް ޙުސައިން ޝަރީފް އެވެ. މިރޭ 8:30 ގައި އިސްދޫ ސްކޫލްގެ ގޯތިތެރޭގައި ބޭއްވި މިޖަލްސާގައި، ކީރިތި ޤްރްއާނުގެ
ބަރަކާތުން ޖަލްސާފެށީ، ގްރޭޑް 7 ގެ ދަރިވަރު ޢާއިޝަތު މިތުރާއެވެ. ކިޔެވި
އާޔަތްތަކުގެ ދިވެހި ތަރުޖަމާ އިއްވީ، ގްރޭޑް 8 ގެ ދަރިވަރު މުޙައްމަދު
ޝިރުފާންއެވެ. މަރްޙަބާ ދެންނެވުމާއި، ޖަލްސާ ތަޢާރަފް ކުރުމުގެ ގޮތުން
ވާހަކަފުޅުދެއްކެވީ ގްރެޖްއޭޓް ލީޑިންގ ޓީޗަރ ޢަލީ ނިޔާޒުއެވެ. ޢަލީ ނިޔާޒުގެ
ވާހަކަފުޅުގައި ލީޑަރުންނަކީ ކޮބައިކަމާއި، ލީޑަރެއްގެ ކިބައިގައި ހުންނަންވީ
ސިފަތަކުގެމައްޗަށް އަލިއަޅުވާލެއްވިއެވެ. އެއަށްފަހު ވާހަކަފުޅުދެއްކެވީ ސްކޫލްގެ
ޕްރިންސިޕަލް ޙަސަން ރިސާދުއެވެ. ޕްރިންސިޕަލްގެ ވާހަކަފުޅުގައި، ދަރިވަރުންގެ
ޖަމްޢިއްޔާގެ ބައެއް މަޤާމުތަކަށް ކުރިމަތިލެއްވި ބައެއް ދަރިވަރުން އިންތިޚާބުގެ
ކުރިން އަދި އިންތިޚާބު ބޭއްވުމަށްފަހު ބައެއް ދަރިވަރުން ތަފާތު ސަބަބުތަކާހެދި
ވަކިކުރައްވަންޖެހުނުކަމަށާއި އަދި މިހާރު މަޤާމުތަކުގައި ތިބި ދަރިވަރުންގެ ފަރާތުންވެސް
އެފަދަ ކަންތައް ފާހަގަކުރެވިއްޖެނަމަ މަޤާމުން ވަކިކުރައްވާނެކަމަށާއި، އެކަމާ
ވަރަށް ބޮޑަށް ހިތާމަކުރައްވާކަމަށް ވިދާޅުވިއެވެ. އެއަށްފަހު އޮތީ މަޤާމުތަކަށް
ހޮވުނު ފަރާތްތަކަށް މަޤާމު ޙަވާލުކޮށްދެއްވުމެވެ. މަޤާމު ޙަވާލުކޮށްދެއްވީ އިސްދޫ
ދާއިރާގެ އަތޮޅު ކައުންސިލަރ އިބްރާހީމް ޙަމީދުއެވެ. މަޤާމުތަކަށް
ހޮވުނުފަރާތްތަކާއި، ޕްރިފެކްޓަރުންނަށް މަސްއޫލިއްޔަތާއި، ޝޭސް ޙަވާލުކޮށްދެއްވާ،
ދަރިވަރުންގެ ޖަމްޢިއްޔާއާއި، ޕްރިފެކްޓް ބޯޑް އިފްތިތާޙް ކޮށްދެއްވީ، ޝަރަފްވެރި
މެޙްމާން ޙުސައިން ޝަރީފް އެވެ. އެއަށްފަހު އޮތީ ޝަރަފްވެރި މެޙްމާނުގެ
ވާހަކަފުޅުދެއްކެވުމެވެ. ޝަރަފްވެރި މެޙްމާނުގެ ވާހަކަފުޅުގައި، މަޤާމުތަކަށް
ހޮވުނު ފަރާތްތައް ނޫން އެހެން ދަރިވަރުންވެސް އިސްނަގައިގެން ކަންކަމުގައި
ކުރިމަތިލުމަށް ހިތްވަރު ދެއްވިއެވެ. އަދި ހޮވުނު ދަރިވަރުން މަސްއޫލިއްޔަތު
އަދާކުރުމަށް ސަމާލުކަން ދިނުމަށާއި، މިއަހަރުގެތެރޭގައި ސްކޫލުގައި ސްކައުޓް
ޙަރާކާތްފެށުމަށް އެދިވަޑައިގެން އެކަމަށް އިލްތިމާސްކުރެއްވިއެވެ. އަދި 2012 ވަނަ
އަހަރު ސްކޫލް ހޯދި ކާމިޔާބީއަށްޓަކައި ހިތްހަމަޖެހޭކަމަށާއި، އެކަމަށްޓަކައި އުފާކުރައްވާކަމަށް
ވިދާޅުވިއެވެ. މި ޖަލްސާގައި ޕްރިފެކްޓަރުންނަށް އެކުދިންގެ އެއްބަސްވުން
ޙަވާލުކޮށްދެއްވީ، ސްކޫލްގެ އިސްލާމްޓީޗަރ މުޚްތާރު ޙުސައިންއެވެ. ޝުކުރު
ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ، ގްރެޖްއޭޓް ލީޑިންގ ޓީޗަރ އަޙްމަދު
ރަޝީދުއެވެ. މިޖަލްސާގައި ރަށު ކައުންސިލަރުންނާއި، ސްކޫލްގެ ގިނަޢަދަދެއްގެ
ދަރިވަރުންނާއި، 2012ވަނަ އަހަރުގެބޯޑު މެންބަރުންނާއި، ބެލެނިވެރިންނާއި،
ޓީޗަރުން ބައިވެރި ވިއެވެ.
Post a Comment