މައި ޞަފްޙާ » » ނިދާފައި އޮތް މީހެއްގެ ބޯ ފަޅާލުމުން ސީރިއަސް ހާލަތުގައި

ނިދާފައި އޮތް މީހެއްގެ ބޯ ފަޅާލުމުން ސީރިއަސް ހާލަތުގައި

Tuesday, March 12, 2013 | 11:57 PM

ލ. ގަމު ތުނޑީ މަގެއްގެމަތީ ބަޔަކު ހުއްޓިގެން
ލިޔުނީ: އެޗް.ޑީ

 ލ. ގަމު ގެއެއްގެ ތެރޭގައި ނިދާފައި އޮތް މީހެއްގެ ބޮލުގައި ތޫނު އެއްޗަކުން ޖަހައި ބޯ ފަޅާލުމުން، އެމީހާއަށް ގަމު ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.  ގަމު ތުނޑީ އަވަށުގައި ރޭ ދަންވަރު ހިނގި އެ ހާދިސާގައި                        
ނިދާފައި އޮއްވައި ޒަޚަމްކޮށްލި 54 އަހަރުގެ މީހާއަށް ފަރުވާ ދެމުން އަންނަ ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނީ " އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށާއި، އަދިވެސް ހޭނަރާކަމަށާއި، އަދި ލޭ މަނާނުވެ ހާލު ދެރަވަމުންދާ ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ." ގަމު ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި މުހައްމަދު ޢަބުދުއް ޞަމަދު މިއަދު ވިދާޅުވީ 54 އަހަރުގެ މީހާގެ ބޮލުގެ ކަނާތްފަރާތުގައި އެއްޗަކުން ވަރަށް ބާރަށް ޖެހުމުގެ ސަބަބުން ބޮލުގެ ނާށި ގަނޑުން ހަތަރު ތަނެއް ފަޅައިގެން ގޮސް ރެނދުލާފައިވާ ކަމަށެވެ. އަދި ކަންފަތާ ނޭފަތުން ލޭ ފައިބާއިރު ބްލަޑް ޕްރެޝަރު (ބީޕީ) ހުރީ ވަރަށް ދަށުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޞަމަދު ވިދާޅުވީ ވެންޓިލޭޓާގެ އެހީގައި އޭނާއަށް ފަރުވާދެމުން އަންނައިރު އަދިވެސް ހޭނަރާ ކަމަށެވެ. ސީރިއަސް ހާލަތުގައި އޮތް އެމީހާ ވީހާ އަވަހަކަށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާއިރު، އެންމެ އަވަހަށް ވެސް އެމީހާ ފޮނުވާލެވެން އޮތީ މިއަދު ހަވީރު ކަމަށް ޞަމަދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރޭ ދަންވަރު ވެސް އޭނާގެ ހާލު ސީރިއަސްކަމުން މާލެ ފޮނުވާލަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އައިލެންޑް އޭވިއޭޝަނާ ނުގުޅިގެންނާއި، ފަހުން ގުޅުނުއިރު ޖާގަ ހަމަޖެހުނީ މިއަދު ހަވީރަށް ކަމަށެވެ. އަދި އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި ގެންދަން ބެލިއިރު، ހެލިކޮޕްޓަރު މައްސަލައެއް ޖެހިގެން އޮތީ ގްރައުންޑްކޮށްފައި ކަމަށް ސަމަދު ވިދާޅުވި އެވެ. ފުލުހުން ބުނީ ރޭދަންވަރު 12:00 ހާއިރު ހިނގި އެހާދިސާއާ ގުޅިގެން 28 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް އެ މާރާމާރީ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ގަމުން ވާހަކަ ދެއްކި މީހަކު ބުނީ ރޭ ދަންވަރު އެމާރާމާރީ ހިނގަން ދިމާވީ އަންހެނެއްގެ މައްސަލައާ ގުޅިގެން ކަމަށެވެ. މި ޙަމަލާގައި ޒަޚަމްވެފައިވަނީ، ލ. ގަމު އަސުރުމާގޭ މުޙައްމަދު ޙަސަން 54 އަހަރު އެވެ.    އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ މުހައްމަދު ހަސަނަށް ހަމަލާދިނީ އަލަށް އާބާދުވެގެން އުޅޭ ސަރަހައްދުގައި ހުންނަ ވިދާތަރި ގޭގެ ސިޓިން ރޫމްގައި ނިދާފައި އޮއްވައި ކަމަށް އެ ގޭ އަންހެން މީހާ ބުނާ ކަމަށެވެ
"އޭނާ އެ ގެއަށް ދަނީ އަންހެން މީހާއާ އޮންނަ ގުޅުމެއްގެ ސަބަބުން ކަމަށް ވޭ. އަންހެން މީހާ ބުނަނީ މުހައްމަދު އޮތީ ސިޓީން ރޫމްގައޭ. އޭނާ އޮތީ ކޮޓަރީގައޭ.  ހަމަލާ ދިންކަން އޭނާ އަށް ވެސް އެނގުނީ އޭނާގެ ދަރިއަކު ބޭރުން އައިސް މުހައްމަދު ފެނިގެން ހަޅޭލަވައިގަން އަޑަށް ކަމަށް އޭނާ ބުނަނީ. ނަމަވެސް ހަމަލާ ދިނީ ކޮން އިރަކު ކާކު ކަމެއް ނޭނގެޔޭ،" އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ
                           

Share this article :

Post a Comment

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews