![]() |
| ދުންފަތުގެ އިސްތިޢުމާލުކުރުމަކީ، ޞިއްޙަތަށް ގެއްލުންހުރި ކަމެކެވެ. |
ވަރަށް ފަހުން
ޔޫނުސް ( އަސްލު ނަމެއް ނޫން ) ބަލިވެގެން ޑަކްޓަރަށް ގެންދިޔައެވެ.
އެހީތެރިޔަކަށް ދިޔައީ އޭނާގެ ދެވަނަ ފިރިހެންދަރި ރާމިޒު އެވެ.
ޑަކްޓަރ: މީނާއަށް ވަނީ ކިހިނެއްތަ؟
ޔޫނުސް:
ތިޔައީ އަޅެފަހެ ޑަކްޓަރެއްތަ؟ ބަލިމީހާއަށް ވާގޮތްވެސް ތިއަހަނީ
އެމީހާކައިރީގަވިއްޔަ ބަލަ މީހުން ބުނޭ ރަނގަޅު ޑަކްޓަރެއްވިއްޔާ، ބަލިމީހާހަމަ ފެންނަ އިރަށް އޭނާގެ ބަލި އެނގޭނޭ
ޑަކްޓަރ: އާނ
އަހަންނަކީވެސް ޑަކްޓަރެއް އެކަމު ތިޔަބުނާހާ މޮޅެއްނޫން ބަލި
މީހާއަށް ވާގޮތްތައް ކިޔާދިނީމަ އެބައްޔަށް ފަރުވާކުރަން އެނގެނީ
ޔޫނުސް:
އެންމެ ރަނގަޅު މިއުޅެނީ ވަރަށް ބޮޑަށް މޭގަ ރިއްސާތީ އަވަހަށް ބޭހެއްގެނޭ ދޭންވާނީ ބޯބޭހެއް އިނގޭ މަށަކަށްތި ހަފައިގެން ކާބޭހެއް ނުކެވޭނެ
ޑަކްޓަރ: އާނ
މިއޮތީ ޓެސްޓް ހަދަން މިޓެސްޓް ހަދައިގެން ނަތީޖާ ހިފައިގެން އާދޭ އޭރުން ދެން
ފަހުން ބޭހެއް ލިޔެދޭނަށް
ކުޑަ
ވަގުތުކޮޅެއްފަހުން:
ޔޫނުސް:
މިއޮތީ ޓެސްގެ ނަތީޖާ ދެން އަވަހަށް ބޯބޭހެއްދީ
ޑަކްޓަރ:
ތިބޭފުޅާ ރަނގަޅުކުރަންޖެހޭ ކަމެއް ޓެސްޓުން އެބަ ދައްކާ
ޔޫނުސް:
ހާސްވެފައި އެއީ އަނެއްކާ ކޮންކަމެއްތޯ؟
ޑަކްޓަރ:
އަވަހަށް ސިނގިރޭޓުބުއިން ހުއްޓާލާ އެހެންނޫނީ ފުއްޕާމެޔަށް ވަރަށް ބޮޑަށް
ގެއްލުން ލިބިދާނެ
ޔޫނުސް:
ވަރަށް ހަމަޖެހިލާފައި ބަލަ ކުރީފަހަރު މޭގަ ރިއްސާތީ ޑަކްޓަރަށް
ދެއްކީމަ ބުނީ ސިނގިރޭޓު ބުއިމަ ވާގޮތެކޭ އެހެންވެ އެދުވަހުން ފެށިގެން އެ ސިނގިރޭޓްބުއިން ހުއްޓާލައިފިން
ޑަކްޓަރ:
އެކަމު ހާދަ ބޮޑަށް ދުމުގެ އަސަރު ފުއްޕާމެޔަށް ކޮށްފަ އެބަހުއްޓޭ އަނެއްކާ މަސްކައްކާ
ތަނެއްގަ މަސައްކަތުގަ އުޅެނީތަ؟
ޔޫނުސް: ނޫން
ތިކަހަލަ މަސައްކަތެއް ނުކުރަން ދުމުގެ އަސަރެއް މިހާރު ހުރެގެން ނުވާނެ
ރާމިޒު:
ބައްލަވާ ޑަކްޓަރ އަޅުގަނޑުގެ ބައްޕަގާތު ވަރަށް ކިޔައިގެން ސިނގިރޭޓް
ބުއިން ހުއްޓާލީ،މިހާރުބޮނީ ބިޑި، ސުއްޓާ، ދުންގުޑުގުޑާ، އޭގެއިންވެސް ތިބުނާފަދަ ގެއްލުމެއް ވެދާނެތޯ؟
ޑަކްޓަރ:
ސިނގިރޭޓް ހުއްޓާލިޔެއްކަމަކު ތިޔަ ބޮނީ ބިޑި، ސުއްޓާ، ދުންގުޑުގުޑާ ދެން ކިހިނެއްވާނީ، ކަމަކު ނުދާނެ އަވަހަށް ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލާ އޭރުންތި މޭގަރިއްސުންވެސް ރަނގަޅުވެދާނެ

Post a Comment