ލިޔުނީ: އެޗް.ޑީ
ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ
މޭނާ ހައްސާނު މިމަހުގެ 7 ވަނަ ދުވަހު ހައްޔަރުކޮށްފިއެވެ.
އިސްދޫލައިވްއަށް ކަށަވަރުވެފައިވާ
ގޮތުގައި މޭނާ ހައްސާން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާގެ އުފަންރަށް ނ.ހޮޅުދޫންގައި
ހުއްޓާ މިމަހުގެ 7 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައެވެ. ނަމަވެސް މިކަމާއި
ބެހޭގޮތުން ފުލުހުން އެއްވެސް އެއްޗެއް ނުބުނެއެވެ.
ނުވަދިހައިގެ ކުރީކޮޅު ނެރުނު އޭނާގެ
އަމިއްލަ ދެ އަލްބަމް ކަމަށްވާ މޯލްޑިވްސް ފެންޓަސީ އާއި،
މޯލްޑިވްސް އެކްޓަސީ އިން މުޅި ރާއްޖެއަށް މަޝްހޫރުވެގެން
ދިޔަ ހައްސާން މީގެ ކުރިންވެސް އެކި ފަހަރުމަތިން މަސްތުވާތަކެތީގެ
މައްސަލައިގައި ހައްޔަރުކޮށްފައިވެއެވެ.
ހައްސާންގެ
މިއުޒިކް ކެރިއަރ ހަލާކުވެގެން ދިޔައީވެސް މަސްތުވާތަކެތީގެ އަވާގައި
ޖެހިގެންކަމަށް މިއުޒިކްގެ ދާއިރާގައިމަސައްކަތކުރާ ގިނަ ބަޔަކު ގަބޫލުކުރެއެވެ. 
Post a Comment