މައި ޞަފްޙާ » » ވަގުބުޅާ

ވަގުބުޅާ

Thursday, March 14, 2013 | 11:36 PM

ލިޔުނީ: އެޗް.ޑީ

އަލިފުޅު އަކީ ވަރަށް ނިދި ބަލި މީހެކެވެ. އެއްރެއަކު އަލިފުޅު ނިދާފައި އޮއްވާ އަލިފުޅުގެ ދޮށީ ފިރިހެންދަރިފުޅު ޙަސަނު ގިފިއްޔަކަށް ދާން ބޭނުންވެގެން ހޭލެވިއްޖެއެވެ. އަދި ވަރަށް ބިރުންހުރެ ގިފިއްޔަށް ހަމަ ވަނުމާއެކު
ޙަސަނު: ވަރަށް ބާރަށް ރޮއިގެންފައި ބައްޕާ، ބައްޕާ، ބުޅާ
ނިދީގައި އޮތް އަލިފުޅު ފުންމައިގެން ތެދުވެ ގޭދޮރު ބަންދުކުރަން ގެންގުޅޭ އޮބި ދަނޑި ގަނޑުނަގާ އަތަށް ހެޔޮވަރު ކޮށްލަމުން
އަލިފުޅު: ކޮބާ ދަރިފުޅާ ބުޅާ
ޙަސަނު: ބައްޕާ އެއޮތީނު އެހެރަފެންނަ އަށިމަތީގަ
ޙަސަނު ބުޅާއޮތް ދިމާލަށް އިނގިލި ދިއްކޮށްލަމުން ބުންޏެވެ. އަލިފުޅު، ބަލާކަށް ނުހުރެ ދުވެފައިގޮސް ބުޅާ އޮތް އަށިކައިރީ ހުއްޓުނުއިރުވެސް ބުޅާ ދުވެ ފިލާކަށް ނޫޅެއެވެ.
އަލިފުޅު: ހުރެބަލަ މިރޭ ކުޅި ދައްކާލާނަން މިވަގު ބުޅާގަނޑު ކޮންމެރެއަކު މަގޭ ޙަސަނު ބިރުގަންނަވަނީ ކީކޭ ހީވެގެންތަ ތިއުޅެނީ؛ އަލިފުޅު ބުޅަލާ ދިމާލަށް އެއްޗެހި ކިޔަމުން ބުޅަލުގައި ތަޅަމުން ގެންދާ އަޑަށް އަންހެނުން ނިދާފައި އޮއްވާ މީހަކު މާބާރަށް ހަޅޭއްލަވާއަޑާއި، އެއްޗެއްގައިތަޅާއަޑު އިވިގެން ހޭލެވިގެން ގޭތެރެއަށް ބަލާލި އިރު އަލިފުޅުވެސް ޙަސަނުވެސް ފެންނާކަށް ނެތެވެ. އަވަސް އަވަހަށް ބޭރަށް ނުކުތްތަނާ ފެނުނީ އަލިފުޅު، ވަރުގެ ކޮޅަށް މާނޭވާ އަރުވަމުން އަށިމަތީގައި އޮތް އެއްޗެއްގައި އޮބިދަނޑިގަނޑުން ތަޅާތަނެވެ.
އާމިނަ: ބަލަ އަލިފުޅާ ކިހިނެއްތަ ވެގެން ތިއުޅެނީ
އަލިފުޅު: މިއުޅެނީ މި ވަގު ބުޅާގަނޑުގެ އުނދަގޫ މިރޭވެސް ޖެހިގެން ޙަސަނު ގިފިއްޔަށް ދާން ހަމަ ނުކުތްތަނާ މީތި މިތާ އޮތްތަން ފެނިގެން އެފަކީރު އެހެރީ ގިފިއްޔަށްވެސް ނުދެވިފަ މީހަކު އަޅެ ރުޅިޔެއް ނާންނާނެތަ؟
އާމިނަ: ނޫނޭ އަލިފުޅަށް ހަމަ ސާބަސް
އަލިފުޅު: ކިހިނެއްތަވީ އެއޮތީ ތަޅާ، ތަޅާ، ފިސް ފިސް ކޮށްލާފަ ދެން ގައިމު ނުދިރޭނެ
އާމިނަ: ޙަސަނު ހަމަ ބުނާއިރަށް އަލިފުޅު އޮބިދަނޑިގަނޑު ހިފައިގެން ނުކުމެ ތިޔަ ތަޅާ ފިސް ފިސް ކުރީ މަ މިއަދު ހަވީރު ވަލަށްގޮސްފައި ގެނައި ހިތްތަލަ ކޮޅުވިއްޔަ
އަލިފުޅު: އެހެންތަ؟ ނޭނގޭނެނު މިތާގަ ހިތްތަލަ މުޅި، ބާއްވާނެކަމެއް މަވެސް ނިދީގައި އޮއްވާ ޙަސަނު ބުޅަލޭ ކިޔާފަ ރޮއިގަތީ، މާ ބާރަކަށްވިއްޔަ ދެން ކުއްލިޔަކަށް ނިކުމެ ތަޅައިގަތީ
ދެންކުރާނެކަމެއްނެތް ތިކަން ތިއޮތީ ވެފައި މަހީކުރީ ވިދާ ވައްތަރު ހުރީމަ ހަމަ އަސްލުވެސް އެ ވަގުބުޅާކަމަށް

Share this article :

Post a Comment

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews