މައި ޞަފްޙާ » » ފަސްކޯޓަކަށް މެޖިސްޓްރޭޓުން ޢައްޔަންކޮށް މަޤާމުގެ ފަތްކޮޅު އަރުވައިފި

ފަސްކޯޓަކަށް މެޖިސްޓްރޭޓުން ޢައްޔަންކޮށް މަޤާމުގެ ފަތްކޮޅު އަރުވައިފި

Sunday, March 24, 2013 | 11:11 AM

ނޯޓް: މިޚަބަރާއި، ފޮޓޯ ނަގާފައިވަނީ ސަން އޮންލައިން އިންނެވެ.
ފަސް މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން އައްޔަންކޮށް މަގާމުގެ ފަތްކޮޅު އަރުވައިފި އެވެ

މިއަދު އައްޔަން ކުރި ފަސް ފަނޑިޔާރުންނަކީ ރ. އުނގޫފާރު ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އެއަތޮޅު ކަނދޮޅުދޫ މާވަހަރުގޭ މުހައްމަދު ސާދިގު އާއި އދ. މަހިބަދޫ ކޯޓުގެ މެޖިސްޓްރޭޓްކަމަށް އެރަށު ދުންފިނިގޭ އާމިނަތު ނިޔާޝާ އާއި ފ. ފީއަލީ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް އެއަތޮޅު ނިލަންދޫ ބިއްދޮށުގޭ އަލީ އަހްމަދާއި ލ. އިސްދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް އެ އަތޮޅު ގަން ތުނޑީއަވަށު އުލާ އަބްދުލްފައްތާހު އަބްދުލްޣަފޫރު އަދި ޏ. ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އެރަށު މިސްކިތްމަގު ބަހާރީ އަހްމަދު އަކްރަމެވެ.                        

އެބޭފުޅުންގެ ތެރެއިން ފީއަލީ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރެއްވި އަލީ އަހްމަދަކީ މީގެ ކުރިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އަދި އިސްދޫ ކޯޓުގެ އިސް މެޖިސްޓްރޭޓްކަމަށް އައްޔަން ކުރެއްވި އަބްދުލް ފައްތާހަކީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ލީގަލް އޮފިސަރަކަށް ހުންނެވި ބޭފުޅެކެވެ.  
ޖުޑީޝަލް ސާވިސް ކޮމިޝަންގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އެ ބޭފުޅުންނަށް ފަނޑިޔާރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް އެވެ. އަދި ހުވާކުރެއްވުމާއެކު އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސައިން އެވެ.                                             

Share this article :

Post a Comment

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews