![]() |
| މެލޭޝިޔާގެ މިސްކިތެއްގެ ފޮޓޯއެއް |
ރާއްޖޭގެ ނުވަ ރަށެއްގައި މިސްކިތް ޢިމާރާތް ކުރުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިނިސްޓް އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން ހުޅުވާލައިފިއެވެ
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ އެދިވަޑައިގަތުމަށް، މިސްކިތް ޢިމާރާތް ކުރުމަށް މިނިސްޓްރީ އޮފް ފިނޭންސަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލި ނުވަ ރަށަކީ، 1 ހދ. ނޭކުރެންދޫ، 2 ށ.ފީވަށް، 3 ނ. މާޅެންދޫ، 4 ނ. ޅޮހީ، 5 ރ. އިންނަމާދޫ، 6 ރ. އަނގޮޅިތީމް، 7 ތ. ގާދިއްފުށި، 8 ލ. މާވަށް، 9 ލ. ކުނަހަންދޫ، އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިފަހަރު މިސްކިތް ޢިމާރާތްކުރާ ނުވަ ރަށުގެ ތެރެއިން ތ. ގާދިއފުއްޓާއި، ލ. ކުނަހަންދޫގައި ޢިމާރާތްކުރާ މިސްކިތަކީ، އިސްލާމިކްމިނިސްޓްރީގެ މިސްކިތު ފަންޑުން ޚަރަދުކޮށްގެން ޢިމާރާތްކުރާ ދެމިސްކިތެވެ. އަނެއް ހަތް މިސްކިތް ޢިމާރާތްކުރުމަށް ހަމަޖެހިފައިވަނީ، ސަޢޫދީ ސަރުކާރުގެ ހިލޭ އެހީ ލިބިގެންނެވެ.
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، މީޑިޔާގައި ވިދާޅުވެފައިވަނީ" ސަޢޫދީ ސަރުކާރުގެ ހިލޭ އެހީ ލިބިގެން ޖުމްލަ 15 ރަށެއްގައި މިސްކިތް ޢިމާރާތްކުރުމަށް ހަމަޖައްސާފައިވާކަމަށާއި، އެމިސްކިތްތައް ޢިމާރާތްކުރުމަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައ ވާކަމަށެވެ. އަދި ސަރުކާރުގެ ބަޖެޓުން ހޭދަކުރައްވައިގެން މިއަހަރު 10 ރަށެއްގައި މިސްކިތް ޢިމާރާތްކުރަން ހަމަޖައްސާފައި ވާކަމަށެވެ."
ރާއްޖޭގައި މިސްކިތް ޢިމާރާތް ކުރުމަށް ސަޢޫދީ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދެއްވާ 27 މިލިއަން ރުފިޔާގެ އެއްބަސްވުމުގައި މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ފުރަތަމަ ދުވަހު ސަޢޫދީ ސަރުކާރާއި، ދިވެހި ސަރުކާރާއި ދެމެދު ވަނީ ސޮއިކޮށްފައެވެ.

Post a Comment