ޕްރީ ސްކޫލް ޓީޗަރުންނާއި ފަށާ ތަޢުލީމު ނުވަތަ ޕްރައިމަރީ ޓީޗަރުންނަށް
މަތީގައިވާ ސުވާލަކީ ދަރިވަރުންގެ ފަރާތުން ވަރަށް ގިނައިން ކުރިމަތިވާނެ
ސުވާލެކެވެ. މިހެން މިދެންނެވީ އަޅުގަނޑުވެސް ޕްރައިމަރީ ގްރޭޑްތަކަށް
އިނގިރޭސި ބަސް ކިޔަވައިދިނުމުގައި ހޭދަކުރި ފަސް އަހަރުގެ
ތަޖުރިބާއަށްވެސް ބަލާފައެވެ. ދަރިވަރުންނަށް 'ބީ' އާއި 'ޑީ' މި ދެ އަކުރު
އޮޅުންއަރާގޮތް ވުމަކީ ވަރަށް ޢާއްމު ކަމެކެވެ. ނާރސަރީ ދަރިވަރުންގެ
އިތުރުން ގްރޭޑް 1 ން ފެށިގެން 5 ގެ ދަރިވަރުންގެ ކިބައިންވެސް މިކަން
ފާހަގަ ކުރެވެއެވެ.
އަޅުގަނޑު މިހާރުވެސް ޓިއުޝަންދެމުން އަންނަ ދެ ދަރިވަރަކު ވަރަށް ގިނައިން މި ދެ އަކުރު އޮޅުވާލައެވެ. މި ދަންނަވާ ދެ ކުދިންނަކީ ގްރޭޑް 2 ގެ ދަރިވަރަކާއި 4 ގެ ދަރިވަރެއްގެ ވާހަކައެކެވެ. މިއަދު ބުނެދިނަސް މާދަމާވެސް ހުންނާނީ ހަނދާން ނެތިފައެވެ. ކުރިން ދެންނެވިފަދައިން އަޅުގަނޑު އުނގަންނައިދިނުމުގައި ހޭދަކުރި ފަސް އަހަރު މުޅިންވެސް ކިޔަވައިދިނީ ޕްރައިމަރީ ގްރޭޑް ތަކަށް އިނގިރޭސި ބަސް ކަމަށް ދެންނެވިޔަސް ދޮގަކަށް ނުވާނެއެވެ. އެ ދުވަސްވަރު އަޅުގަނޑުގެ ބައެއް ދަރިވަރުންގެ ފަރާތުން މި ދެއަކުރު އޮޅުވާލުމުގެ މައްސަލަ ހައްލުކުރުމަށް ރަނގަޅު 'ޓެކްނީކެއް' ލިބޭނެ ނަމައޭ ވަރަށް ގިނައިން ހިތަށް އެރިއެވެ. ނަމަވެސް އެ ދުވަސްވަރަކީ ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޙަޔާތުގައިވެސް އަދި ޚުދު އަޅުގަނޑުގެވެސް އިންޓަރނެޓަށް މިހާރުހައި އަހުލުވެރި ޒަމާނެއް ނޫނެވެ. އެހެންކަމުން އެކަމަށް މާ އެދެވޭ ހައްލެއް ހޯދުން ދަތިކަމަކަށް ވެފައި އޮތީކަމަށްވެސް ވެދާނެއެވެ.
ކޮންމެއަކަސް 'ޑީ' އާއި 'ބީ' ގެ ފަރަގު ދަރިވަރުންނަށް އޮޅުން ފިލުވައިދިނުމަށް ވަރަށް ފައްކާ ގޮތްތަކެއް އިންޓަރނެޓް ހާވަނިކޮށް އަޅުގަނޑަށް ފެނުމާއި އެކު އެ ގޮތްތައް ހިއްސާ ކޮށްނުލައި އަޅުގަނޑަށް ހުރެވޭވަރެއް ނުވިއެވެ. އެހެންކަމުން މި ލިޔުމުގައި މި ބަލައިލަނީ 'ދަ ފަރސްޓް ގްރޭޑް ޕެރޭޑް' ނަމަކަށް ކިޔާ 'ބްލޮގް' އެއްގައި ޝާއިޢު ކޮށްފައިވާ ލިޔުމެއްގެ މައްޗަށެވެ.
'ބީ' އަކުރާއި 'ޑީ' އަކުރު އޮޅުން އެރުމަށް އިނގިރޭސިބަހުން ކިޔައި އުޅެނީ 'ލެޓަރ ރިވަރސަލްސް' (އަކުރު އޮޅުވައިލުން) އެވެ. މިގޮތަށް ދަރިވަރުން އޮޅުވައިލަނީ ހަމައެކަނި އަކުރެއް ނޫނެވެ. ބައެއް ބަސްބަސްވެސް އޮޅުވާލައެވެ. b ގެ ބަދަލުގައި d ބޭނުން ކުރެވެއެވެ. ހަމަ އެހެންމެ އޭގެ އިދިކޮޅަށްވެސް ބޭނުންކުރެއެވެ. tac ގެ ބަދަލުގައި cat ބޭނުން ކުރެވެއެވެ. އިނގިރޭސި ބަސް އުނގެނެން ފަށައިގަންނައިރު މިފަދަ ގޮތަކަށް އޮޅުވާލުމަކީ އެހައި ކަންބޮޑުވާން ޖެހޭ ކަމެއް ނޫންކަމަށް ބަސް އުނގަންނައިދިނުމުގެ ތަޖްރިބާކާރުން ވިދާޅުވެއެވެ. ނަމަވެސް ބައެއް ފަހަރަށް މިކަމަކީ ދަރިވަރުގެ ކިބައިގައި ލާރނިސް ޑިސޭބިލިޓީ އެއް ނުވަތަ އުނގުނުމުގައި ނުކުޅެދުންތެރިކަމެއް ހުރުން ކަމަށް ހީވެދާނެއެވެ. ނުވަތަ ނިއުރޮލޮޖިކަލް ޑިސްފަންކްޝަނެއް (ނާރުތަކުގެ ނިޒާމުގެ މަސައްކަތް ކުރުމުގައި މައްސަލައެއް) ހުރުން ކަމަށްވެސް ހީވެދާނެއެވެ. އަދި ހަމަ އެހެންމެ ޑިސްލެކްސިކް (އުނގުނުމުގައި ނުކުޅެދުންތެރިކަމެއް ހުރުމުގެ ވައްތަރެއް) ހުރީ ކަމަށްވެސް ހީވެދާނެއެވެ. ނަމަވެސް އަކުރު ނުވަތަ ބަސް އޮޅެން މި ޢުމުރުގެ ކުދިންގެ ފަރާތުން ފެނުން އެއީ ހައިރާންވާން ޖެހޭ ކަމެއް ނޫނެނެވެ.
އަކުރު ނުވަތަ ބަސް އޮޅުވައިލުމަށް ވަރަށް ގިނަ ހައްލުތައް'ދަ ފަރސްޓް ގްރޭޑް ޕެރޭޑް''ބްލޮގް' ގައި ހިމަނާފައި ވެއެވެ. އެގޮތުން ބްލޮގް ލިޔުންތެރިޔާ ބުނާގޮތުން އޭނާގެ ކުލާސް ކޮޓަރީގައި ދަރިވަރުންނަށް ހަނދާން ކޮށްދިނުމުގެ ގޮތުން އަބަދުވެސް ފެންނަ ހިސާބުގައި ތިރީގައިވާ ޕޯސްޓަރު ބަހައްޓައެވެ.
މިފަދަ ޕޯސްޓަރެއް ބެހެއްޓުމުން މި ދެއަކުރު އޮޅުން އެރުން ކުޑަވެގެން ދާނެކަމަށް ބެލެވެއެވެ. މީގެ އިތުރުން ދަރިވަރުން ކައިރީގައި އަންނަނިވި އިބާރާތްކޮޅު ބުނެދީފައި ބޭއްވުމުންވެސް ދެ އަކުރުގެ ތަފާތު ހަނދާނުގައި ބެހެއްޓުމަށް އެހީއަކަށް ވާނެއެވެ.
“Little B faces away from Big B because he’s been a bad, bad boy” and the “Big D faces the little D because he is so doggone good.”
" ކުޑަ 'ބީ' (ސިމްޕަލް ބީ)
އަބަދުވެސް ހުންނަނީ ބޮޑު 'ބީ' (ކެޕިޓަލް ބީ) އާއި ދުރަށް މޫނު
އަނބުރައިގެންނެވެ. ތިކުދިންނަށް އެނގޭތަ އެއީ ކީއްވެކަން؟ އެއީ ކުޑަ 'ބީ'
އަކީ ވަރަށް ގޯސް (ބޭޑް)، ގޯސް (ބޭޑް) ފިރިހެން ކުއްޖެއް (ބޯއީ). އަދި
އެނގޭތަ؟ ބޮޑު 'ޑީ' (ކެޕިޓަލް ޑީ) ހުންނަނީ ކުޑަ 'ޑީ' (ސިމްޕަލް ޑީ) އާއި
ދިމާއަށް ކުރިމަތިލައިގެން. އެއީ އޭނަ ވަރަށް (doggone) ރަނގަޅު ވީމަ."
މިފަދަ ގޮތަކަށް މަތީގައިވާ ޢިބާރާތްތައް މާނަ ކޮށްދެވިދާނެއެވެ. ނަމަވެސް
މިހެން ކިޔައިދިނުމުން ހަނދާނުގައި ބެހެއްޓުމަށް ފަހަރުގައި އުނދަގޫ
ވެދާނެއެވެ. ސަބަބަކީ ދަރިވަރުންނަށް ފެންނަ ފެނުމުން މާ ފަސޭހައިން
ދަސްކުރެވޭތީއެވެ. އެހެން ކަމުން ބްލޮގް ލިޔުންތެރިޔާ ބުނަނީ މަތީގައިއެވާ
ޢިބާރާތްކޮޅު ހިމަނައިގެން އެހެން ޕޯސްޓަރެއް ތައްޔާރުކޮށް ބެހެއްޓުމުން
ދަރިވަރުންނަށް ފަސޭހަ ވެގެންދާނެ ކަމަށެވެ. އެގޮތުން ލިޔުންތެރިޔާ
ކުލާހުގައި ބޭނުންކުރުމަށް ހަދާފައިވާ ދެ ޕޯސްޓަރު ހިމަނާލާނަމެވެ.
މީގެ އިތުރުންވެސް ވަރަށް ގިނަ ތަފާތު ގޮތްތައް މި ސިފަކޮށްފައި ވެއެވެ.
މީގެ އިތުރުންވެސް ވަރަށް ގިނަ ތަފާތު ގޮތްތައް މި ސިފަކޮށްފައި ވެއެވެ.



Post a Comment