މައި ޞަފްޙާ » » ސަފީރުކަމުގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރައްވައިފި

ސަފީރުކަމުގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރައްވައިފި

Sunday, March 10, 2013 | 7:33 AM

ލިޔުނީ: އެޗް.ޑީ


       އިންޑިޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.                                                 
       ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެ މަތިން އިންޑިޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު އައްޔަންކުރައްވައިފިއެވެ. މިމަޤާމަށް  ރައީސުލްޖުމްހޫރިއްޔާއަށްޔަންކުރެއްވި ބޭފުޅަކީ،މ. ފުންފިނި މުޙަންމަދު ނަޞީރުއެވެ. މިމަޤާމަށް އެމަނިކުފާނު  ޢައްޔަން ކުރައްވައި އެމަނިކުފާނަށް ސަފީރު ކަމުގެ ފަތްކޮޅު މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ދެއްވާފައިވަނީ އެކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައިބޭއްވި ރަސްމިއްޔާތެއްގައެވެ.                                                                       ފަތްކޮޅު ދެއްވުމަށް ފަހު، އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސަފީރަށް ތަހުނިޔާ ވިދާޅުވި އެވެ. އަދި ދިވެހިރާއްޖެއާއި އިންޑީޔާއާ ދެޤައުމުގެ މެދުގައި އުފެދިފައިވާ ގާތް ގުޅުން، މިހާރަށް ވުރެ އިތުރަށް ވަރުގަދަ ކުރައްވައި، ދިވެހިންނަށް އިތުރު ފައިދާ އާއި މަންފާ ލިބޭނެ ގޮތަކަށް މަސައްކަތްޕުޅު ކޮށްދެއްވުމަށް ސަފީރުގެ މަޤާމަށް ޢައްޔަންކުރެއްވި މުޙައްމަދު ނަޞީރުގެކިބައިން ރައިސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.                                                                                      
Share this article :

Post a Comment

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews