އަހަރެންނަށް އަހަރެންގެ މިމަޤާމަށް އާދެވުނީ މީގެ ގިނަ އަހަރުތަކެއް ކުރީންނެވެ. ގިނަބައެއްގެ ހިއްމަތާއި މިންނަތުންނެވެ. އޭރުގެ ވަޒީރުއް ދާޚިލިއްޔާގެ މަޤާމުގައި ހުންނެވި އިބްރާހިމް ނާޞިރު އިސްވެ ހުންނަވާ ކުރެއްވި މަސައްކަތް އަހަރެން ފާހަގަކޮށްލަމެވެ. އެދުވަހުންފެށިގެން ދާދިމިދާކަށް ދުވަހާ ޖެހެންދެންވެސް އަހަރެންގެ ޙަޔާތް ވޭތުކުރަމުންދިޔައީ ފުރިހަމަ ހައިބަތާއި ޝަރަފާއެކުގައެވެ. ޤަދަރާ އިޚްތިރާމް ލިބިގެންވާ ޙާލުގައެވެ. އެހެނަސް މިއަދު ގިނައިން ކުރެވެނީ ބާކީވެ، އެކަހެރިވަމުންދާ ކަމުގެ ވޭނީ، ހިތާމަވެރި އިޙްސާސްތަކެވެ. ވެހޭ ބޯ ވާރެއާއި، ޖެހެމުންދާ ގަދަ ވައިގާ، އަދި ދޭ ގަދައަވިން އަހަރެންނަށް ސަލާމަތްވެވޭނެ ހަމަ އެއވެސް ގޮތެއް ނޯވެއެވެ. އަހަރެން ކުރިންވެސް މިޤައުމުގައި އުޅުނީމެވެ. ނަމަވެސް ބައެއްގެ އަޅުވެތިކަމުގައެވެ. އެއްވެސްކަހަލަ މިނިވަންކަމެއް، ޙިމާޔަތްދޭނެ މީހަކުވެސް ނެތިއެވެ. އޭރު އެކިމީހުން އަހަރެންނަށް އެކިކަހަލަ ވައްތަރުޖައްސާ އެކިކަހަލަ ގޮތްތައް ހަދަމުންދިޔަކަން ދިވެހި ތާރީޚްހެކިދޭނެއެވެ.
އަދި ނުވިތާކަށް ދެކުނުގެ ހަތަރު އަތޮޅު މީހުން އިސްވެ ތިބެގެން އަހަރެންގެ ބަދަލުގައި އަހަރެންގެ މަޤާމަށް އެހެން މީހަކު އިސްކުރިއެވެ. އެދުވަހު ވަރަށް ދެރަވިއެވެ. ވާނީވެސް އެހެންތާއެވެ. އަހަރެންގެ މަޤާމު އެދުވަހު ވަގުތީގޮތުންނަމަވެސް ގެއްލުނީމައެވެ.
ކަން މިހެން ވެފައިވަނިކޮށް...... އާދެ،
މީގެ އަހަރުތަކެއް ކުރިންއައި ޖުލައި މަހެއްގެ 26 ވަނަ ދުވަހަކީ މުޅި ރާއްޖެއަށް އެލިބިގެންދިޔަ އުފަލާއި ހިންހަމަޖެހުމުގެ ރަމްޒެއްކަމުގައި އަހަރެން ވެގެންދިޔަ ދުވަހެވެ. އެފަޚުރާއި ޢިއްޒަތުގެ ފަހަތުގައި ވީ ކާބަފައިންގެ އަގު ވަޒަން ނުކުރެވޭނޭ ޤުރުބާނީއެވެ. އެބޭކަލުން އަހަރެން ޙިމާޔަތް ކުރުމަށް އެ ކުރެއްވެވި ޖިހާދަށްޓަކައި ނިޙާޔަތަށް ޝުކުރުވެރިވަމެވެ. މިއަދު އެއުފާ ދެމެހެއްޓުމަށް ތިބީ ކާބަފައިންގެ ތިޔަ ދަރީންނެވެ. އަހަރެން މިއީ އެ އުފަލުގެ ރަމްޒެއްގެ ގޮތުގައި ކީރިތި ﷲ މިންވަރުކުރެއްވި ފަރާތެވެ.
އަހަރެންގެ ހަށިގަނޑުން އިސްލާމީ ޝުޢޫރާއި ދިވެހިވަންތަކަން ދައްކުވައިދެއެވެ. ކާބަފައިންގެ މަތިވެރި ޤުރުބާނީ ރަމްޒުކޮށްދެއެވެ. މިއީ ދިވެއްސަކަށް ނުފުދޭ މިންވަރެއްތޯއެވެ؟ ފުދެއެވެ. މިކަންވާނީ މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މުޅި ދުނިޔެއަށް ދައްކުވާ ސާބިތުކޮށްދީފައެވެ. ދުނިޔޭގެ އެތަން މިތަނުގައި އަހަރެން މިދިވެހިރާއްޖެ ތަމްސީލުކުރާއިރު އަހަރެންވެސް އުފާވެއެވެ. އެހެނަސް މިއަދު އަހަރެންނަށް ހިތާމަކުރުން ޙައްޤެވެ. ހަމައެކަނި ހިތާމަކުރަނީއެއް ނޫނެވެ. އަހަރެންނަށް ލިބެންވާ، ޚައްޤުވާ، އިޚްތިރާމާއި ޤަދަރު ކުޑަކުރެވޭތީއެކަމާ ދެރަވެ ގިސްލާ ރޮމެވެ. އެހެން ޤައުމުތަކުގެ މީހުންނަށް އަހަރެންނަށްވުރެ އިޙްތިރާމުކުރާތަން ފެންނާތީއެވެ. މިހާރުވެސް ޚާއްޞަ މުނާސަބަތާއެކު އަހަރެންނެރެ މީހުން ވަރަށް ކަމޭހިތައެވެ. ނަމަވެސް ދިވެހި ރައްޔިތުން އަހަރެންނަށް މީގެ ކުރިންއޮތް އިތުބާރު ކޮބައިތޯ ސުވާލު އުފެދެއެވެ. އަދި ކިތަންމެ އަހަރުތަކެއް ވޭތުވެދިޔަޔަސް ޤައުމަށްޓަކައި ހަމަ މިގޮތުގައި އަހަރެން ދެމި ހުންނާނަމެވެ. އަހަރެންގެ އިލްތިމާސަކީ އަދި ނަސޭޙަތަކީވެސް، މިޤައުމު މީގެކުރިން ދެތިން ފަހަރަކު ތަޖުރިބާ ކޮށްފައިވާ ފަދަ ހެއްލުންތަކުން އެއްކިބާވެ އެކަތިގަނޑަކަށްވާށެވެ. އެއިރުން އެންމެ މަތިވެރި ހައިބަތާއި، ޝަރަފާއިއެކު އަރެންވެސް މޭފުއްޕާލާނަމެވެ. ދިވެހި ޤައުމިއްޔަތުގެ ރަމްޒުކަމުގައިވާ "ދިވެހި ދިދަ"އިގެ ޒިންމާ އަބަދަށް އަދާކުރާނަމެވެ. އުފަލާއި ފަޚްރުވެރިކަމާއެކު އެންމެންވެގެން ޤައުމީ ޖަލްސާތަކުގައިކިޔަމުން ތިޔަގެންދާ " ޤައުމީ މިއެކުވެރިކަންމަތީ ތިބެގެން ކުރީމެ ސަލާމް، ޤައުމީބަހުން ގިނަ ހެޔޮދުޢާކުރަމުން ކުރީމެ ސަލާމް، ނަޞްރާ ނަޞީބާ ކާމިޔާބުގެ ރަމްޒަކަށްހިމެނޭ، ފެއްސާ، ރަތާއި،ހުދާ އެކީ ފެނުމުން ކުރީމެ ސަލާމް، ކިޔުމަށްފަހު އަހަރެންނަށް ދޭންވާ ޤަދަރު ދޭށެވެ.
އަދި ނުވިތާކަށް ދެކުނުގެ ހަތަރު އަތޮޅު މީހުން އިސްވެ ތިބެގެން އަހަރެންގެ ބަދަލުގައި އަހަރެންގެ މަޤާމަށް އެހެން މީހަކު އިސްކުރިއެވެ. އެދުވަހު ވަރަށް ދެރަވިއެވެ. ވާނީވެސް އެހެންތާއެވެ. އަހަރެންގެ މަޤާމު އެދުވަހު ވަގުތީގޮތުންނަމަވެސް ގެއްލުނީމައެވެ.
ކަން މިހެން ވެފައިވަނިކޮށް...... އާދެ، މީގެ އަހަރުތަކެއް ކުރިންއައި ޖުލައި މަހެއްގެ 26 ވަނަ ދުވަހަކީ މުޅި ރާއްޖެއަށް އެލިބިގެންދިޔަ އުފަލާއި ހިންހަމަޖެހުމުގެ ރަމްޒެއްކަމުގައި އަހަރެން ވެގެންދިޔަ ދުވަހެވެ. އެފަޚުރާއި ޢިއްޒަތުގެ ފަހަތުގައި ވީ ކާބަފައިންގެ އަގު ވަޒަން ނުކުރެވޭނޭ ޤުރުބާނީއެވެ. އެބޭކަލުން އަހަރެން ޙިމާޔަތް ކުރުމަށް އެ ކުރެއްވެވި ޖިހާދަށްޓަކައި ނިޙާޔަތަށް ޝުކުރުވެރިވަމެވެ. މިއަދު އެއުފާ ދެމެހެއްޓުމަށް ތިބީ ކާބަފައިންގެ ތިޔަ ދަރީންނެވެ. އަހަރެން މިއީ އެ އުފަލުގެ ރަމްޒެއްގެ ގޮތުގައި ކީރިތި ﷲ މިންވަރުކުރެއްވި ފަރާތެވެ.

Post a Comment