މޫސާފުޅަކީ، ވަރަށް ހީވާގި މީހެކެވެ. ޢުމުރުން ދުވަސްވެފައި ހުއްޓެއްކަމަކު އޭނާގެ މުރާލިކަމަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ޢާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ
މަސްކައްކާ ހިއްކުމެވެ. އެއްދުވަހަކު މޫސާފުޅު މަސްކެއްކުމުގެ މަސައްކަތުގައި ވަރަށް އަވަދިނެތިވެ އުޅެނިކޮށް މޫސާފުޅުގެ ކާފަދަރިޔަކު ރޮމުން އައިސް ބުނީ ބޮޑުބެ މިދިމާ އަތިރިމަތީގައި ހޭނެތިފައި އޮތްވާހަކައެވެ. މޫސާފުޅު: ކާކު ދަރިފުޅުގާތުގަ ބުނީ ބޮޑުބެ އޮތީ ހޭނެތިފައޭ؟އަކްރަމް: އެވާހަކަބުނީ ބޮޑުބެ، އޭނަ ބުނީ ކާފަކައިރީގަ ބުނާށޭ ބޮޑުބެ މިތާ އަތިރިމަތީ ހޭނެތިފައި އެބައޮތޭ
މޫސާފުޅު: އަވަސް އަވަހަށް ދުވެފައި އަތިރިއަށް ދިޔައެވެ. އަދި އޭނާގެ އެއްބަނޑު އެއްބަފާ ކޮށްކޮ ޢަލީ ބިންމައްޗަށް ވެއްޓިފައި އޮއްވާ ފެނުނެވެ. ޢަލީ ބެލުމުގެ އެއްމެހާ ޒިންމާއެއް އަދާކުރަނީ މޫސާފުޅެވެ. ސަބަބަކީ، މޫސާފުޅަކީ ޢާއިލާގެ އެންމެ އިސްމީހާކަމަށް ވެފައި، ޢަލީ އަކީ މީހަކާ އިނދެގެން އުޅޭ މީހަކަށް ނުވެފައި، ޢަލީގެ ދަރިޔަކުވެސް ނެތީމައެވެ. މޫސާފުޅު: ޢަލީއަށް ދެތިންފަހަރު ގޮވާލުމުންވެސް ޚަބަރެއް ނުވިޔެއެވެ. ނަމަވެސް މޫސާފުޅަށް އޭރުވެސް ޔަޤީންވާ އެއްކަމެއް އޮތެވެ. އެއީޢަލީ އޮތީ ހޭނެތިފައި ނޫންކަމެވެ. އެކަމަކު ގޮވާ ގޮވާ ޚަބަރެއް ނުވުމުން މޫސާފުޅު ޢަލީގެ ކައިރިއަށްޖެހިލާ މޫނުގައި ފިރުމާލިއެވެ. އެވަރުންވެސް ޢަލީ ހަމަ އޮތްގޮތަށް އޮތީއެވެ.
މޫސާފުޅު: ޢަލީ، މިހާރު ކަލެއަށްވެސް އެނގޭނެ އަހަރެން މިއަދުވެސް ވަރަށްބައިވަރު މަސްގަނެފައިހުރިކަން އަދި އިރުއޮށްސެންވާއިރަށް އެ ކަށްކާވެސް ނުނިމޭނެކަން. ދެން ކަލޭ މިތާ ހޭނެތިފައިއޮތީމަ މަކިހިނެއް މިތާ އިންނާނީ؟ ހިނގާ ގެޔަށްދާން އޭރުން ފައްޖެހި އެނދުގައި ކަލޭ ހޭނެތިފައިއޮތަސް މަށަށްވެސް ފެންނާނެ، އެހެންނޫނަސް ކަލޭމިހާރު ހޭނެތިފައިތި އޮތީ ތިކަހަލަ ކަމެއްވެގެން މީހަކު އޮންނަ ކަހަލަ ތަނެއްގައެއްވެސްނޫން. އެއީ ބޮލާދިމާ މަތީގައިތި އޮތީ ހިކި ކާށި އިހަލެއް،މޫސާފުޅު ހަމަ އެހެންބުނުމާއެކު
ޢަލީ: ފުންމައިގެން ތެދުވެ މަހޭނެތިގެންނޭ މިތަނަށް ވެއްޓުނީ އަދި މަ ވެއްޓުނުއިރު މިތާ ކައިރީގައިހުރި އަކްރަމް ކައިރީބުނީމޭ އެވާހަކަ، އަހަންނަށްވެސް ނޭނގުނީ ހޭނެތިގެން ވެއްޓުނުއިރު މިރުކުގައި ހިކި ކާށި އިހަލެއް އޮތްކަމެއް ދެންފަހަރަކުން އެހެނެއް ނުވާނެ އެވަރު ބަލާނަން
މޫސާފުޅު: މަށަށް އޭރުވެސް އެނގޭ ކަލޭ ހޭނެތިގެން ވެއްޓުނުއިރު ބަލާވެސް ނުލާކަން ތިވެއްޓުނީ އަޅެ ދެންވެސް ހޭނެތިގެން ވެއްޓޭއިރު ވެއްޓެންވާނީ ރަނގަޅުތަނަކަށް އިނގޭ
ޢަލީ: ހަމަ ތަންކޮޅަކަށް ހިނގާލުމަށްފަހު ރީތި ހިޔަލަކާ ދިމާވީތަނާ ހޭނެތިގެން ވެއްޓުނެވެ.
މޫސާފުޅު: ތިތަން އެންމެ ރަނގަޅު ހޭނެތިގެން ވެއްޓިފަ އޮންނަން ތީހަމަ ރަނގަޅު ހިޔަލެއް، އެހެންބުނުމަށްފަހު ގެޔަށްއައިސް މަސައްކަތާއިގެން މަސްޣޫލު ވެއްޖެއެވެ.

Post a Comment