މައި ޞަފްޙާ » » ލ. މާބައިދޫ ބަނދަރުހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ލ. މާބައިދޫ ބަނދަރުހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

Sunday, April 21, 2013 | 5:06 AM

ލ. މާބައިދޫ ބަނދަރު ހެދުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ހައުސިންގ ޑރ. މުޙައްމަދު މުޢިއްޒު އެވެ. އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަހްމަދު އަދުހަމް ޢަބްދުﷲ އެވެ. ސޮއިކުރުމުގެ މިރަސްމިއްޔާތު އޮތީ މިއަދު ހައުސިންގ މިނިސްޓްރީގައެވެ. އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ހައުސިންގ މިނިސްޓަރ ވިދާޅުވީ "ލ. އަތޮޅުގައި ހެދި ފުރަތަމަ ބަނދަރަކީ، މާބައިދޫ ބަނދަރުކަމާއި، މި ބަނދަރަކީ، ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ހަދާ ބަނދަރެއް ކަމަށާއި، މިއީ ރަށްރަށުގެ އިޖުތިމާޢީ ބޭނުމަށް ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމަށެވެ. އަދި ބަނދަރު ހެދި ވީހާ ވެސް އަވަހަކަށް މި ބަނދަރުގެ ފަސޭހަކަން ރައްޔިތުނަށް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވި އެވެ." 700 ފޫޓް ދިގު 260 ފޫޓް ފުޅާ މިބަނދަރު ހެދުމަށް ދިވެހި ސަރުކާރުގެ ބަޖެޓުން 41.8 މިލިއަން ރުފިޔާ ހޭދަކުރުމަށްވަނީ ހަމަޖެހިފައެވެ. މިބަނދަރުގެ މަސައްކަތް މިއަހަރުގެ ޖޫންމަހުގެތެރޭގައި ފެށުމަށްވަނީ ހަމަޖެހިފައެވެ. މިއީ ލ.މާބައިދޫގައި ކުރިން ހަދާފައިވާ ބަނދަރު ސުނާމީ ކާރިޘާގައި ވަރަށް ބޮޑަށް ހަލާކުވެފައިވާތީ ހެދުމަށް ހަމަޖެހިފައިވާ ބަނދަރެކެވެ.                                   


Share this article :

Post a Comment

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews