މައި ޞަފްޙާ » » މިރުހުލީ ސޮސެޖް

މިރުހުލީ ސޮސެޖް

Friday, April 5, 2013 | 2:33 PM

ބޭނުންވާ ތަކެތި
10 ސޮސެޖް
6 ހިކިމިރުސް
1 ފިޔާ
2 ލޮނުމެދު
1 ލިނބޯ
ލޮނުކޮޅެއް
1 ސައިސަމުސާ އަސޭމިރުސް

ތައްޔާރުކުރާނެގޮތް
ހިކިމިރުސް، ފިޔާ، އަސޭމިރުސް، އެއްކޮށް މިކްސަރުގެ ކުޑަބަޔަށް އަޅާފައި ފުނޑާލާށެވެ. ދެން ލޮނާއި، ލުނބޯހުތް ލައިގެން މޮޑެފައި ސޮސެޖުގައި ހާކާފައި ބަހައްޓާށެވެ. ތަވަޔަކަށްކުޑަ ތެޔޮފޮދެއް އެޅުމަށްފަހު މިރުސްލާފައިހުރި ސޮސެޖުތައް ތަވާގައި އަތުރާލާފައި ދޭފަތުން ފުރޮޅަމުން ކަށްކާލާށެވެ.                                                   
ނޯޓް: އެއްވެސް ބާވަތެއްގެ ތަރުކާރީއެއް ކަށްކަން ބޭނުންކުރާ ފެންފޮދު އުކާނުލާށެވެ. ބަތް، ނުވަތަ ރިހަ ކަށްކަން އެފެން ބޭނުންކުރެވިދާނެއެވެ. އެއީ އެފެނުގައި އެތައްބައިވަރު ވިޓަމިން އެކުލެވިގެންވާތީއެވެ.                                              

Share this article :

+ comments + 1 comments

Anonymous
June 25, 2013 at 2:04 AM

1 ލުނބޯ
މަނިކުފާނޫ ލިނބޯ ކިޔަނީ

Post a Comment

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews