އިންޑިއާގެ ސިޓީއެއް ކަމަށްވާ ޗެންނާއީގައި ފުލުހުންގެ ޚިދުމަތަށް އަލަށް ނެރެގެން ބޭނުން ކުރަމުން ދިޔަ އުޅަނދެއް ހަލާކުކޮށްލިކަމުގެ ތުހުމަތުގައި ތިން ބަކަރި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ، އުޅަނދު ފަހަރަށް ގެއްލުން ދިނުމުގެ ވަރަށް ގިނަ މައްސަލަތަކެއް ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ތިބި ހައްޔަރު ކޮށްފައިވާ ތިން ބަކަރިތަކާއި ގުޅިގެން ހުށަހެޅިފައިވާ ކަމަށާއި، އެހެން ނަމަވެސް ފުލުހުންގެ އުޅަނދަކަށް ގެއްލުން ދިނުމުން އެ ތިން ބަކަރިއަށް އިތުރު ފުރުސަތެއް ދެވެން ނޯންނާނެ ކަމަށެވެ.
އިންޑިއާގެ ނޫހެއްކަމަށްވާ ޓައިމްސް އޮފް އިންޑިއާ ބުނެފައިވަނީ، މި ތިން ބަކަރިއާއި ގުޅޭ ގިނަ އަދަދެއްގެ ޝަކުވާތައް ފުލުހުންނަށް ލިބިފައިވާ ކަމަށާއި، އޭގެ ތެރޭގައި މަގުމަތީ ދުއްވާ އުޅަނދު ފަހަރަށް ގެއްލުން ދޭ އެތައް މައްސަލައެއް ހިމެނޭ ކަމަށެވެ. އަދި އެންމެ ފަހުން ހުށަހެޅުނު ޝަކުވާތަކުގެ ތެރޭގައި އާއްމު އިޖުތިމާއީ އަޚުލާގާއި ޚިލާފު ކަންތައްތަކެއް ކަލިޕޮކު ޑިސްޓްރިކްޓުގައި ހިންގި ކަމުގެ ޝަކުވާ ހިމެނޭ ކަމަށް އެ ނޫހުން ބުނެފައި ވެއެވެ.
މައްސަލައިގެ ތަހުޤީޤު މިހާރު ހިނަގަމުންދާ ކަމަށާއި، މި ކަމާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ތިން ބަކަރި އެކަނި ކަމަށެވެ. އަ ދި އެ ތިން ބަކަރީގެ ވެރި ފަރާތް ހާޒިރުކޮށް ޖަނަވާރު ގެންގުޅުމުގައި އިހުމާލުވެފައިވާތީ އެ ޖަނަވާރުތައް ކަމާއި ގުޅުން ހުރި ފަރާތްތަކާއި ހަވާލުކުރުމަށް އަމުރުކުރާނެ ކަމަށް ބުނެފައި ވެއެވެ. ޓައިމްސް އޮފް އިންޑިއާ

Post a Comment