އެމެރިކާއަށް ހޮނު އަޅައި، އެރިޒޯނާގެ ޖަންގަލިތަކުގައި ރޯވި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި، 19މީހަކު މަރުވެއްޖެ އެވެ. މިއީ 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު 11ގެ ހާދިސާއަށްފަހު އަލިފާން ނިއްވާ މީހުން އެހާ ގިނައިން މަރުވި ފުރަތަމަ ފަހަރެވެ.
އެރިޒޯނާގެ ކަމާބެހޭ އޮފިޝަލުންނާ ހަވާލާދީ މިޑިޔާ ރިޕޯޓުތައް ބުނާ ގޮތުން މި 19 މީހުން މަރުވެފައި ވަނީ، އެރިޒޯނާގެ ހުޅަނގު އުތުރުގައި އޮންނަ ފީނިކްސްއާ 130 ކިލޯ މީޓަރު ދުރުގައި އޮންނަ ޔާނެލްގައި ދިރިއުޅޭ ރައްޔިތުންނާއި އެ ސަރަހައްދުގެ ގެދޮރު އަލިފާނުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަން އުޅުމުގެ ތެރޭގަ އެވެ.
މި ދިޔަ ހުކުރު ދުވަހު ހޮނުއެޅުމުގެ ސަބަބުން އެރިޒޯނާ ޖަންގަލީގައި ހިފި އަލިފާންގަނޑު، ވައިގަދަވުމުގެ ސަބަބުން ހަލުއި ކަމާއެކު ފެތުރެމުންދާއިރު މިހާތަނަށް އެ އަލިފާނުގެ ސަބަބުން 200 ވަރަކަށް ގެ އަނދާފައިވެ އެވެ.
އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވީ، ގައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ޖާނުން ގުރުބާންވި ފަޔަރފައިޓަރުންނަކީ، ގައުމުގެ ބަތަލުން ކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުން އެ ރިޒޯނާގެ ޖަންގަލިތަކުގައި މިހާރު އަނދަމުންދާ އަލިފާނަކީ 1933 ވަނަ އަހަރުގެ ފަހުން އެ ގައުމަށް ކުރިމަތިވި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެވެ. އަދި ސެޕްޓެމްބަރު 11ގެ ހާދިސާއަށްފަހު އަލިފާން ނިއްވާ މީހުން އެހާ ގިނަ އަދަދަކަށް މަރުވި ފުރަތަމަ ހާދިސާ ކަމަށެވެ.
އަލިފާނުގެ ސަބަބުން ހުޅަނގު އެމެރިކާއާއި ކެލިފޯނިޔާ ހިމެނޭ ސަރަހައްދުގެ ހޫނުމިން ގާތްގަނޑަކަށް 54 ޑިގްރީ ސެލްސިއަސްއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

Post a Comment