މައި ޞަފްޙާ » » ލ. އަތޮޅު ކައުންސިލްގެ ޔައުމިއްޔާ 1

ލ. އަތޮޅު ކައުންސިލްގެ ޔައުމިއްޔާ 1

Sunday, August 18, 2013 | 9:52 AM







`

ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
           ފޮނަދޫ
         ދިވެހިރާއްޖެ. 

26 ފެބުރުއަރީ 2011 ގައިބޭއްވުނު އަތޮޅުކައުންސިލްގެ ފުރަތަމަ ޖަލްސާގެ ޔައުމިއްޔާ
  
ޖަލްސާއަށް ހުށަހެޅުނު މައްސަލަތަކާއި ނިންމުނުގޮތް
މި ޖަލްސާއަށް ހުށަހެޅުނީ މައިގަނޑު 2 މައްސަލައެވެ.

1-     ވަގުތީގޮތުން އޮފީސް ޙަވާލުވާނެ ބޭފުޅަކު ހޮވުން.

މިމައްސަލަ ރިޔާސަތުން ހުށަހެޅުއްވުމުން ގަމުދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ފޮނަދޫ ދާއިރާގެ މެމްބަރު އިބްރާހީމް އަނީސްގެ ނަން ހުށަހަޅުއްވާ ފޮނަދޫދާއިރާގެ މެމްބަރު ޝާހީން އިސްމާޢީލާއި ، މާވަށު ދާއިރާގެ މެމްބަރު އަޙުމަދު މުޢިއްޒު ތާއީދުކުރެއްވުމުން އަދި އިތުރު ނަމެއް ހުށަހަޅުއްވާފައި ނުވާތީ ވޯޓަށް އެހުނެވެ. ހުރިހާ މެމްބަރުންގެ އިއްތިފާޤުން ފޮނަދޫ ދާއިރާގެ މެމްބަރު އިބްރާހީމް އަނީސް އޮފީސް ޙަވާލުވާނޭ ބޭފުޅެއްގެ ގޮތުގައި ހޮވުނެވެ.

2-     ސަރުކާރުން ހުށަހަޅާ މައްސަލަ – ކައުންސިލްހިންގާ ވަގުތީޤަވާޢިދު ފާސްކުރުން.

މިމައްސަލަ ހުށަހެޅުމުން ހުރިހާމެމްބަރުން މަޝްވަރާކުރެއްވުމަށްފަހު ނިންމެވީ މިފަދަ ޤަވާޢިދެއް ފާސްކުރުމުގެ ކުރިން ޤަވާޢިދު ރަނގަޅަށް ބަލާ ޤާނޫނާ ތަޢާރަޒްވާކަމެއް ވާނަމަ އެކަމެއް އިސްލާޙް ކުރުމަށްފަހު ނޫނީ  ފާސްކުރަން ނުފެންނަކަމަށެވެ. އެހެންކަމުން މި ޤާވާޢިދު ރަނގަޅަށް ބެއްލެވުމަށްފަހު ޤަވާއިދަށް ގެންނަން ފެންނަ އިސްލާޙްތަކާއެކު 28 ފެބުރުއަރީ 2011 ވާ ހޯމަދުވަހު ހެނދުނު 9:00 ގައި ޖަލްސާއެއް ބާއްވާ ކައުންސިލް ހިންގުމުގެ ވަގުތީ ގަވާޢިދު ފާސްކުރުމަށް ނިންމުމަށްފަހު ޖަލްސާ ނިންމާލެވުނެވެ.  
މިޖަލްސާ ނިމުނީ 11:40 ގައެވެ.


                                          އިބްރާހީމް އަނީސް
                                       ކައުންސިލްގެ ވަގުތީ ރައީސް



  ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުން


·        މާވަށު ދާއިރާގެ މެމްބަރ    އަލްފާޟިލް އަޙުމަދު މުއިއްޒު
·         

·        މާވަށު ދާއިރާގެ މެމްބަރ    އަލްފާޟިލް މުމްތާޒު ފަހުމީ
·         

·        ފޮނަދޫ ދާއިރާގެ މެމްބަރ    އަލްފާޟިލް ޝާހީން އިސްމާޢީލް
·         

·        ގަމުދާއިރާގެ މެމްބަރ      އަލްފާޟިލް މުޙައްމަދު ފާއިދު
·         

·        ގަމުދާއިރާގެ މެމްބަރ      އަލްފާޟިލް މުޙައްމަދު ރަޝީދު
·         


ނޯޓް: މިއީ ހައްދުންމަތީ އަތޮޅު ކައުންސިލްގެ ޖަލްސާތަކުގެ ޔައުމިއްޔާތައް މިސައިޓް ބައްލަވާ ފަރާތްތަކަށް ޚިއްޞާކުރުމަށް ފެށި ސިލްސިލާ ލިޔުންތަކުގެ ތެރެއިން ފުރަތަމަ ލިޔުމެވެ. މިބައިގައި މިގެނެސްދޭ ޔައުމިއްޔާ ތަކަކީ އަތޮޅު ކައުންސިލްގެ ރަސްމީ ލިޔުންތައް ލިޔެފައިވާ ޢިބާރާތުން ގެނެސްދޭ ލިޔުމެކެވެ
Share this article :

Post a Comment

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews