`
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ފޮނަދޫ
ދިވެހިރާއްޖެ.
28 ފެބުރުއަރީ
2011 ގައިބޭއްވުނު އަތޮޅުކައުންސިލްގެ ދެވަނަ ޖަލްސާގެ ޔައުމިއްޔާ
2011 ފެބުރުއަރީ 28 ވަނަދުވަހު ހެނދުނު 09:00 ގައި އަތޮޅު ކައުންސިލްގެ
ދެވަނަ ޖަލްސާ އަތޮޅުއޮފީހުގެ ޖަލްސާކުރާމާލަމުގައި ބޭއްވުނެވެ. ޖަލްސާގެ ރިޔާސަތު
ބެލެހެއްޓީ އަޅުގަނޑެވެ. އަތޮޅުކައުންސިލް މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވި
6 މެމްބަރުންވެސް ޖަލްސާއަށް ޙާޟިރުވެވަޑައިގެންނެވިއެވެ. އަދި މިޖަލްސާގައި
އަތޮޅުވެރިޔާގެ އެހީތެރިޔާ މުޙައްމަދު ޖަމީލު ބައިވެރިވިއެވެ. ޖަލްސާ ފެށުމުގެ
ގޮތުން ޖަލްސާގެ އެޖެންޑާ މެމްބަރުންނަށް އިއްވުމަށްފަހު މައްސަލަތަކައިގެން ކުރިއަށްދިއުމުގެ ކުރިން
ޖަލްސާގެ އެޖެންޑާއަށް އިސްލާހެއް ގެންނަންފެނޭތޯ ބެލުމަށްފަހު އެއްވެސް
އިސްލާހެއް ހުށަހެޅިފައިނުވާތީ އެޖެންޑާކުރެވިފައިވާ ކަންތައްތަކާއި
މަޝްވަރާކުރެވުނެވެ. ޖަލްސާގެ ސެކްރެޓޭރިއެޓް ބެލެހެއްޓީ އެޑްމިނިސްޓްރޭޓިވް
އޮފިސަރ ޙުސައިން ޙަބީބާ، އ.އެޑްމިނިސްޓްރޭޓިވް އޮފިސަރ މޫނިސާ ޖައުހަރީއެވެ.
ޖަލްސާއަށް ހުށަހެޅުނު މައްސަލަތަކާއި ނިންމުނުގޮތް
މި ޖަލްސާއަށް އެޖެންޑާ ކުރެވިފައިވަނީ 3 މައްސަލައެވެ.
1-
ކައުންސިލް
ހިންގާ ވަގުތީޤަވާއިދު ފާސްކުރުން.
ކައުންސިލްހިންގާ
ވަގުތީ ޤަވާއިދުގެ 34 ވަނަ މާއްދާއަށް އިސްލާހެއް ގެންނަން ފެންނަކަމަށް
މާވަށުދާއިރާގެ މެންބަރު މުމްތާޒް ފަހުމީ ހުށަހެޅުއްވުމުން މެންބަރުންގެ މެދުގައި
މަޝްވަރާކުރުމަށްފަހު ނިންމެވީ 34 ވަނަ މާއްދާއަށް އަންނަނިވިގޮތަށް
އިސްލާހުގެނައުމަށެވެ. "ކައުންސިލުން ކަންކަން ނިންމުމުގައި ރައްޔިތުންގެ
ލާބައާއި މަންފާއަށް އިސްކަންދޭންވާނެއެވެ. ކައުންސިލްގެ ކަންތައްތައް
ނިންމަންވާނީ ސަރުކާރުގެ ސިޔާސަތުތަކާއި، ޤައުމީ ތަރައްޤީގެ ޕްލޭނާއި
އެއްގޮތްވާގޮތުގެމަތިން އެކަމަށް އިސްކަންދީގެން އަތޮޅު ކައުންސިލުން
ނިންމަވާގޮތެއްގެ މަތިންނެވެ."
ޤަވާއިދުގެ 50
ވަނަ މާއްދާ "މެންބަރުން ސަލާމްބުނުން" މިމާއްދާގައި
ބަޔާންކުރެވިފައިވާގޮތުގެމަތިން މެންބަރަކު ސަލާމްބުނަންޖެހިއްޖެ ހާލަތެއްގައި
ޢަމަލުކުރަންޖެހޭ ވަކިގޮތެއް ކަނޑއެޅިފައިއޮތުން މުހިންމުކަމަށް ފޮނަދޫ ދާއިރާގެ
މެންބަރު ޝާހީން އިސްމާއީލް ހުށަހެޅުއްވުމުން އެކަމާއިމެދު މެންބަރުންގެ މެދުގައި
މަޝްވަރާކުރެއްވުމަށްފަހު ނިންމުނީ މެންބަރަކު ސަލާމްބުނަންޖެހޭފަދަ
ހާލަތެއްމެދުވެރިވެއްޖެނަމަ އެކަން ކައުންސިލްގެ އިދާރާއަށް އަންގާނީ
އެސް.އެމް.އެސް އަކުން ނުވަތަ ފޯނުކޯލަކުން ކަމަށެވެ.
ޤަވާއިދުގެ 49
ވަނަ މާއްދާ "މެންބަރުން
ޗުއްޓީނެގުން" މިމާއްދާގައި މެންބަރުންނަށް ލިބިދެވޭ ޗުއްޓީތައް
ބަޔާންވެފައިހުރުން މުހިންމުކަމަށް ފެންނަކަމުގައި ގަމުދާއިރާގެ މެންބަރު
މުޙައްމަދު ފާއިދު ހުށަހެޅުއްވުމުން މެމްބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމުނީ 49 ވަނަ
މާއްދާއަށް އަންނަނިވިގޮތަށް އިސްލާހުގެނައުމަށެވެ. "ކައުންސިލްގެ ކޮންމެ
މެންބަރަކަށްވެސް ކައުންސިލްގެ މަސައްކަތަށް ދަތިނުވާގޮތުގެ މަތިން، ސަރުކާރުގެ
ބަންދުދުވަސްތައް ނުހިމެނޭގޮތަށް އަހަރަކު 30 (ތިރީސް) ދުވަހުގެ ޗުއްޓީ
ހައްޤުވެގެން ވެއެވެ. މީގެ އިތުރުން ވަޒީފާއާއިބެހޭ ޤާނޫނުގައި ބުނާ އާއިލީ
ޒިންމާގެ ޗުއްޓީ ފިޔަވާ އެހެން ހުރިހައި
ޗުއްޓީއެއް ހައްޤުވެގެން ވެއެވެ. މިގޮތުންކައުންސިލްގެ މެމްބަރުންނަށް ހައްޤުވާ
ޗުއްޓީ ދޭނީ ކައުންސިލްގެ މަސައްކަތަށް ދަތިނުވާގޮތުގެމަތިން ކައުންސިލްގެ
ރައީސެވެ. ކައުންސިލްގެ ރައީސަށް ޗުއްޓީދޭނީ ކައުންސިލުންނެވެ."
މެންބަރުން
ހުށަހެޅުއްވި 3 އިސްލާހަށްފަހު އިތުރު އިސްލާހެއް އޮތްތޯބެލުމަށް ހުށަހެޅީމެވެ. އިތުރު އިސްލާހެއް ފާހަގަކުރެވިފައި ނެތްކަމަށް
މެންބަރުން ވިދާޅުވުމުން ހުށަހެޅުނު 3 އިސްލާހާއިއެކު ވަގުތީ ޤަވާއިދު
ފާސްކުރުމަށް ވޯޓަށްއަހާ ހާޟިރުވެތިބި މެންބަރުންގެ އިއްތިފާގުން އެ 3
އިސްލާހާއިއެކު ވަގުތީ ޤަވާއިދު ފާސްކުރެވުނެވެ.
2-
ޢާއްމު ޖަލްސާ
ބާއްވާނެ ދުވަސް ކަނޑައެޅުން.
ޖަލްސާތައް ބާއްވާނެ ދުވަސް ކަނޑައެޅުމަށްޓަކައި ވާހަކަދެއްކުމަށް
ފުރުޞަތު ހުޅުވާލުމުން މެންބަރުން ގެ ޚިޔާލުހުށަހެޅުއްވިއެވެ. މިގޮތުން ކޮންމެ
ހަފްތާއެއްގެވެސް އާދީއްތަ ނުވަތަ ބުރާސްފަތި މި ދެދުވަހުންކުރެ ދުވަހެއްގައި
ޖަލްސާ ބާއްވަން ފެންނަކަމަށް މާވަށު ދާއިރާގެ މެންބަރު އަޙުމަދު މުޢިއްޒު
ހުށަހެޅުއްވިއެވެ. އަޙުމަދު މުޢިއްޒުގެ ހުށަހެޅުއްވުމުގައިވާ ބުރާސްފަތިދުވަހަކީ
ޖަލްސާ ބާއްވަން ލަސްދުވަހެއްކަމުގައި ފޮނަދޫ ދާއިރާގެ މެންބަރު ޝާހީން އިސްމާޢީލް
ހުށަހެޅުއްވިއެވެ. ސަބަބަކީ ބުރާސްފަތި ދުވަހުގެ ބައްދަލުވުމުގައި ތަންފީޒް
ކުރަންޖެހޭ އެއްވެސްކަމެއް ނިންމިއްޖެނަމަ ވިދިގެން ބަންދު ދެ ދުވަސް އަންނާތީ ތަންފީޒުކުރުމުގައި ދިގުލާނެގޮތް
ވެދާނެތީއެވެ. އަދި މިދެދުވަހުގެ ބަދަލުގައި ޢާއްމު ބައްދަލުވުން ބާއްވަން
ހޯމަދުވަސް ރަނގަޅުކަމުގައިވެސް ޝާހީން އިސްމާޢީލް ހުށަހެޅުއްވިއެވެ. މިހުށަހެޅުއްވުމާމެދު މެންބަރުންގެ މެދުގައި
މަޝްވަރާކުރުމަށްފަހު ނިންމެވީ ކޮންމެ ހަފްތާއެއްގެވެސް ހޯމަ ދުވަހަކީ ކައުންސިލްގެ
ޢާއްމުޖަލްސާ ބާއްވާދުވަސް ކަމަށެވެ. އަދި ހޯމަދުވަހަކީ ސަރުކާރުގެ ރަސްމީބަންދު
ދުވަހަކާ ދިމާވާނަމަ ޖެހިގެން އަންނަ ރަސްމީ ދުވަހު ޖަލްސާ ބެއްވުމަށެވެ. ޖަލްސާ
ފެށޭގަޑިއަކީ ހޯމަދުވަހުގެ 9:00 ކަމަށާއި ތަން ބަދަލުނުވާހާ ހިނދަކު
ޖަލްސާއޮންނާނީ ކައުންސިލްގެ އިދާރާގައިކަމަށެވެ.
އަދި މީގެއިތުރުން ކުއްލި ބައްދަލުވުމެއް ބާއްވަންޖެހިއްޖެ ނަމަ
ލޯކަލްކައުންސިލްގެ ޤަވާޢިދުގައިވާ ގޮތުގެމަތިން އެބައްދަލުވުންތައް ކުރިއަށް
ދާނެކަމަށެވެ.
3-
އަތޮޅު
ކައުންސިލްގެ ފުރަތަމަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ފުރަތަމަ ޖަލްސާގެ ޔައުމިއްޔާ
މެންބަރުންނަށް ހުށަހަޅާ އިސްލާހެއް އޮތްތޯއެހުނެވެ. ޔައުމިއްޔާއަށް އެއްވެސް
އިސްލާހެއް ހުށަނޭޅި ހާޟިރުވެތިއްބެވި މެންބަރުންގެ އިއްތިފާގުން ޔައުމިއްޔާ
ފާސްކުރެވުނެވެ.
·
އެހެނިހެން
މައްސަލަތައް:
1-
ރަށުކައުންސިލްތަކުން
ފަރުނީޗަރުގެ ދަތިކަން ހުރުމުން އެކަން
ހުށަހަޅުއްވާފައިވާކަމުގައި ފާހަގަކޮށް އަޅުގަނޑު އެކަން ހުށަހެޅީމެވެ. އަދި
މާމެންދޫ ކައުންސިލްގެ އިދާރާއިން ފަރުނީޗަރުގެ ދަތިކަން ވަރަށްބޮޑަށް
ހުރުމާއިއެކު އެކަން ފޮނަދޫ ދާއިރާގެ މެންބަރު ޝާހީން އިސްމާޢީލް
ހުށަހަޅުއްވާފައިވާކަމަށާއި އަދި އެހެން ބައެއް ކައުންސިލްތަކުންވެސް ފަރުނީޗަރގެ
ދަތިކަމުގެ ވާހަކަ ހުށަހަޅުއްވާފައިވާކަމަށް އަޅުގަނޑު ދެންނެވީމެވެ.
2-
ކައުންސިލްގެ
ޖަލްސާތަކުގައި ޒިންމާދާރުވެރިޔާ ބައިވެރިވާގޮތަށް މެންބަރުންގެ މެދުގައި
މަޝްވަރާކޮށް ހަމަޖެއްސުނެވެ.
3-
ކައުންސިލްގެ
ބަޖެޓް ލިބޭތޯބެލުމަށް މަސައްކަތް ކުރުމަށް ނިންމުނެވެ.
4-
ކައުންސިލްގެ
މަސައްކަތްތަކައިގެން ކުރިއަށްދާންވެއްޖެކަމަށާއި މިގޮތުން އެކިއެކި
ދާއިރާތަކުގައި ހުރި ކަންކަމަށް އެކިއެކި ބޭފުޅުންކަނޑައަޅައިގެން މަސައްކަތް
ކުރަންވެއްޖެކަމުގައި އަޅުގަނޑު ހުށަހެޅީމެވެ.
އަދި އެކަމުގައި މެންބަރުންގެ ލަފާފުޅަކަށް އެދުނީމެވެ. މީގެއިތުރުން
ކައުންސިލްގެ މަސައްކަތްތައް ފަހުން ހިނގަމުންދާނީ ކޮމިޓީތަކެއްގައިކަމަށް ވެސް
އަޅުގަނޑު ދެންނެވީމެވެ.
5-
މަސައްކަތްތައް
ބަހައިލައިގެން ކުރިއަށް ގެންދަން ފެންނަކަމަށް މާވަށު ދާއިރާގެ މެމްބަރު އަޙުމަދު
މުޢިއްޒު ހުށަހެޅުއްވިއެވެ.
6-
ސެކްޝަންތަކަކަށް
ބަހައިލައިގެން މަސައްކަތް ކުރިއަށްގެންދިޔުމުން ކުރިޔަށްދިޔުމަށް ފަސޭހަވާނެކަމަސް
ގަމު ދާއިރާގެ މެންބަރުރު މުޙައްމަދު ފާއިދު ހުށަހެޅުއްވިއެވެ.
7-
ފައިސާގެ
ޗެކްތަކުގައި ސޮއިކުރެއްވުމަށް ޢަމަލުކުރާނެގޮތެއް ހަމަޖެއްސުމަށް އަޅުގަނޑު
ހުށަހަޅައި، އެކަމަށް ނިންމުނީ ކައުންސިލްގެ ރައީސާއި ނާއިބް ރައީސް ހޮވެންދެން އަތޮޅުވެރިޔާގެ
އެހީތެރިޔާ މުޙައްމަދު ޖަމީލާއި، އާއިޝަތު އިލްމުއްނިސާ ސޮއިކުރައްވާގޮތަށެވެ.
8-
ކައުންސިލްގެ
މެންބަރުންގެ އެކޮމަޑޭޝަން ހަމަޖެއްސުމުގައި ގޮތެއް ނިންމުމާއި ބެހޭގޮތުން
މެންބަރުންގެ މެދުގައި މަޝްވަރާކޮށް ނިންމުނީ އަތޮޅުގެ ހުސްކުރުމުން އެކަން ހަމަޖެހިގެންދާނެތީ
އަތޮޅުގެ ހުސްކުރުމަށް މިނިސްޓަރ އޮފް ސްޓޭޓް،މެދުދެކުނު ޕްރޮވިންސް އަޙްމަދު
މުޖުޠަބާއަށް ދެންނެވުމަށެވެ. މިކަމާއިގުޅިގެން ސްޓޭޓް މިނިސްޓަރަށް ސިޓީއެއް
ފޮނުއްވުމަށް ކައުންސިލްގެ މެންބަރުން ނިންމެވިއެވެ.
9-
ކައުންސިލްގެ
ބޭނުމަށްފިޔަވާ އެހެން ކަންކަމަށް ކައުންސިލްގެ ލާންޗް ދޫކުރާނެ އުސޫލްތަކެއް
ކަނޑައެޅުމާބެހޭގޮތުން ވާހަކަދެއްކުމަށްފަހު ނިންމުނީ ކައުންސިލްގެ ރަސްމީ
ޖަލްސާއަކަށް ހުށަހަޅައިގެން އެކަން ނިންމުމަށް ޖަލްސާއަކަށް އެޖެންޑާ ކުރުމަށެވެ.
އަދި މިހާރުން މިހާރަށް ހުށަހެޅިފައިވާ ދަތުރުތަކަށް އެދަތުރަކަށް ޚަރަދުވާނޭ
ޕެޓްރޯލް ދިނުމުން ދަތުރުކޮށްދޭގޮތަށް މެންބަރުން މަޝްވަރާކޮށް ނިންމެވިއެވެ.
މިޖަލްސާ
ނިމުނީ 10:37 ގައެވެ.
އިބްރާހީމް އަނީސް
ކައުންސިލްގެ ވަގުތީ ރައީސް
ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުން
·
މާވަށު
ދާއިރާގެ މެމްބަރ އަލްފާޟިލް އަޙުމަދު
މުއިއްޒު
|
·
|
·
މާވަށު
ދާއިރާގެ މެމްބަރ އަލްފާޟިލް މުމްތާޒު ފަހުމީ
|
·
|
·
ފޮނަދޫ
ދާއިރާގެ މެމްބަރ އަލްފާޟިލް ޝާހީން އިސްމާޢީލް
|
·
|
·
ގަމުދާއިރާގެ
މެމްބަރ އަލްފާޟިލް މުޙައްމަދު ފާއިދު
|
·
|
·
ގަމުދާއިރާގެ
މެމްބަރ އަލްފާޟިލް މުޙައްމަދު
ރަޝީދު
|
·
|

Post a Comment