މައި ޞަފްޙާ » » ބާބިލް ބޯޓުން އެއްލައްކަ ރުފިޔާ ވަގަށް ނެގި މީހެއްގެ މައްސަލަ ޕީޖީއަށް ފޮނުވައިފި

ބާބިލް ބޯޓުން އެއްލައްކަ ރުފިޔާ ވަގަށް ނެގި މީހެއްގެ މައްސަލަ ޕީޖީއަށް ފޮނުވައިފި

Thursday, August 29, 2013 | 2:59 AM

މާލޭ ދެކުނު ފަރާތު ފަޅުގައި އަޅާފައި އޮތް ބޯޓަކުން އެއްލައްކަ ރުފިޔާ ވަގަށް ނެގި މީހެއްގެ މައްޗަށް ދަޢުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.


ފުލުހުން މިއަދު ބުނީ އެ މައްސަލާގައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ލ. އިސްދޫ މަތަރަސްމާގެ، ޔޫސުފް މުނާޒު،30،ގެ  ކަމަށެވެ.

ޔޫސުފް މުނާޒުގެ މައްޗަށް ދަޢުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައި ވަނީ މި އަހަރުގެ ޖުލައި 23 ވަނަ ދުވަހުގެ ވަގުތެއްގައި ލ. އަތޮޅާއި މާލެ އާއި ދޭތެރޭ ދަތުރުކުރާ "ބާބިލު" ނަމަކަށް ކިޔާ ބޯޓުން އެއް ލައްކަ ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ތުޙުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ.

އެ ބޯޓުން އޭނާ ވަގަށް ނަގާފައިވާ އެއް ލައްކަ ރުފިޔާގެ ތެރެއިން މިހާތަނަށް 54000 އަށް ވުރެ ގިނަ ރުފިޔާ ހޯދައި އޭގެ ވެރިފަރާތާ ފުލުހުން ވަނީ ހަވާލުކޮށްފަ އެވެ.

އެ ވައްކަން ކޮށްފައި ވަނީ ބާބިލު ބޯޓުގެ އިންޖީނު ރޫމްގެ ތަޅުދަނޑި ބޭނުންކޮށްގެން ތަޅު ހުުޅުވުމަށް ފަހު އެތެރެއަށް ވަދެގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ޔޫސުފް މުނާޒަކީ، މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމާއި ޢަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ ފަރާތެއް ކަަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އޭނާގެ މައްޗަށް ޑައިމޯފިން ބޭނުން ކުރުމުގެ ކުށާއި، މަނާކުރެވިފައިވާ މަސްތުވާތަކެތި ބޭނުން ކުރުމާއި، އެތަކެތި އަތުގައި ބެހެއްޓުމާއި، އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ ކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

  ޔޫސުފް މުނާޒުއަކީ، ޢަމުރަށް ނުކިޔަމަންތެރިވުމުގެ ކުށް ޝަރީޢަތަށް ސާބިތުވެގެން ހަތަރު މަސް ދުވަހަށް އޭނާ ޖަލަށް ލުމަށް 2009 ވަނަ އަހަރު ޖިނާއީ ކޯޓުން ހުކުމް ކޮށްފައިވާ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ބާބިލް ބޯޓުން ވައްކަން ކުރި ކަމުގެ ތުހުމަތުގައި ޔޫސުފް މުނާޒުގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕީޖީ އަށް ފޮނުވާފައި ވަނީ މިމަހުގެ 27 ވަނަ ދުވަހު އެވެ.
Share this article :

Post a Comment

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews